ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރާ އަންެހެނުންނަށް ވިހެއުމާއި ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ ދޭން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމައިފިއެވެ.

އެލްޖީއޭ އިން ވިދާޅުވީ ވިހެއުމާ ގުޅިގެން އަންހެން ކައުންސިލަރުންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ދޭނެ ކަމަށެވެ. އަދި ދަރިއަކު ލިބުމުން ފިރިހެން މުވައްޒަފުންނަށް އެއް މަސްދުވަހުގެ ޗުއްޓީ ދޭނެ ކަމަށެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ. އަންހެން މުއައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުކޮށް، ފިރިހެން މީހާއަށްވެސް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ސަރުކާރުގެ ގިނަ މުއައްސަސާ ތަކުންނާއި ކުންފުނިތަކުންވެސް ވަނީ ނިންމާފައެވެ.

ރައީސް އެކަން އިއުލާނުކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އެކަން ނިންމަވާފައިވާ އިރު، އަމިއްލަ ކުންފުނިތަކުންވެސް ވަނީ އެގޮތަށް އަމަލު ކުރުމަށް ނިންމާފައެވެ.