ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިސްވެރިން އަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ މިއަރުގެ ފޯރަމް އަންނަަ މަހުގެ ތިން ވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފި އެވެ.

މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ހޮޓެލް ބްރޭންޑުތަކުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް މޯލްޑިވްސްގައެވެ.

މި ފޯރަމްގައި ފަތުރުވެރިކަމާ ގުޅުން ހުރި ކަންތަކާއި މި ދާއިރާ އަށް ދިމާވާ ގޮންޖެހުންތައް، އަދި އެ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތަކާއި މި ދާއިރާގެ ފުންނާބު އުސް މާހިރުންގެ ތަގުރީރުތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ހޮޓެލް ސޭފްޓީ އެންޑް ސެކިއުރިޓީއާއި ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގެ އިތުރުން ޓޫރިޒަމް ދާއިރާއަށް ހުރި ތައުލީމީ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ.

އޭގެ އިތުރުން، ރީޖަނަލް އެއާޕޯޓްތަކާއި އެކު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކުރިއެރުންތަކާއި، ގެސްޓް ޓްރާންސްފާތަކަށް އަންނާނެ ބަދަލުތަކާއި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މި ފޯރަމުގައި މަޝްވަރާ ކުރެވިގެންދާނެ އެވެ.

މި އަހަރުގެ ބައްދަލުުވުމުގައި އަބްދުލް އަޒީޒް އަބްދުލް ހަކީމް (އެންޑީ. އަޒީ) އާއި ޕާލޭ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެގްޒެކެޓިވް ޑިރެކްޓަރު، ޝާހީނާ އަލީ ތަގުރީރު ދެއްވާނެ އެވެ. އެ ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާނީ ތިމާވެއްޓާ ގުޅޭ ގޮތުންނެވެ.

ޖީއެމް ފޯރަމުގެ ބައިވެރިންނަށް؛ ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި، ކިއުއެންޑްއޭ ސެޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު