ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހާޒިރުވުމަށް އަންގައިފިއެވެ.

މުނާޒު އެޗްއާރްސީއެމްއަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

އޭނާ ހާޒިރުކުރަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނޭގެއެވެ.

އެޗްއާރްސީއެމްްއަށް އަބަދުވެސް ޖަލުތަކުގައި ހިންގާ ކަންތައްތަކާއި ގުޅޭގޮތުން މައްސަލަތައް ހުށަހެޅެއެވެ. އަދި އެ ކޮމިޝަނުން ޖަލުތަކުގައި ހިނގާ ކަންކަން ބެލުމަށާއި، ޖަލުތަކުގެ ހާލަތު ބެލުމަށް އެ ޖަލުތަކަށް ޒިޔާރަތް ކުރެއެވެ.

އެގޮތުން ދާދިފަހުންވެސް، އެ ކޮމިޝަނުން ވަނީ މަޖިލީހުގެ ބައެއް މެންބަރުންނާއެކު އެކު ގޮސް ޖަލުތަކުގެ ހާލަތު ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި

    މުނާޒަކީ ތަނެއް ހިންގޭ ވަރުގެ މީހެއް ނޫން އަދި ޖަލުތަކާއި ގުޅޭ ގޮތުން އަލިފު ބާވެސް އިނގޭ މީހެއް ނޫން...... އެކަން އެތާނގެ އޮފިސަރުންނަށް އިނގޭނެ މިހާރުވެސް ކޮސް ހަދަމުން ދަނީ އެކަން އެތަނުގެ މުވައްޒަފުން ގާތު އަހާލުމުން އިނގޭނެ