މިހާރުވެސް މާމިގިލި ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ ގާސިމް އިބްރާހިމްގެ މަސައްކަތް މަޖިލީހުގައި ފާހަގަކޮށްލެވޭކަމަށް، ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިގޮތަށް ވިދާޅުވީ، އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔުނު ޕޯސްޓެއްގައެެވެ.

ޑރ. ޝަހީމް ވިދާޅުވީ، ގާސިމްއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންގެ ތެރެއިން ބޭފުޅެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މަޖިލީހުގައި ގާސިމްގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށްްވެސް ޝަހީމް ވިދާޅުވިއެވެ.

"ގާސިމްއަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަމާއި، އިސްލާހީ ބަދަލުތައް ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. ކުރިއަށް އޮތް މަރުހަލާގައި މަޖިލީސްގައި ގާސިމް ފަދަ ތަޖުރިބާ ހުރި ގައުމީ ވިސްނުމުގެ ބޭފުޅުން ތިއްބެވަމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ". އެ ޕޯސްޓުގައި ޝަހީމް ލިޔެފައި ވެއެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނެވުމަކީ ކަށަވަރުކަމެއް ކަމަށެވެ. އަދި މަޖިލީސް އިންތިހާބުގައި ގާސިމްއަށް ފުރިހަމަ ކާމިޔާބީއަށްވެސް ޑރ، ޝަހީމް ވަނީ އެދިފައެވެ.

މަޖިލިސް އިންތިހާބުގައި ގާސިމް ވާދަކުރައްވަނީ އދ. މާމިނގިލީ ދާއިރާއަށެވެ، މިއީ އޭނާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ދެވަނަ ދައުރެވެ.