ދާއިރާތައް ތަރައްގީ ކުރުމުގައި، ހުސެއިން މުހައްމަދު ލަތީފް، އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ފަދަ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ފާހަގަކޮށްލެވޭކަމަށް ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިގޮތަށް ވިދާޅުވީ، މިއަދު ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ، އަދުރޭ، ހުސައިން، އިބްރާހީމް ޝުޖާއު އަދި މުހައްމަދު ޝާހިދު (ޝާޑު) ފަދަ ބޭފުޅުންނަަކީ ސިޔާސީ ތަޖުރިބާ ހުރި މަޖިލީސްގެ ހިދުމަތުގައި ފާހަގަކޮށްލެވޭ އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި ދާއިރާ ތަރައްގީ ކުރުމުގައި މި ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑުކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިފަދަ ބޭފުޅުން މަޖިލީހުގައި ތިއްބެވުމަކީ ކުރިއަށް އޮތް ދައުރުގެ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެންމެ ބޭފުޅުންނަށް ކާމިޔާބަށް އެދެމެވެ". ޑރ. ޝަހީމްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ހަތަރު ބޭފުޅުންވެސް މި ފަހަރު މަޖިލީހަށް ކުރިމަތިލައެވެ.

އެގޮތުން ހުސައިން މުޙައްމަދު ލަތީފް މިފަހަރުވެސް ވާދަކުރައްވަނީ ފަރެސްމާތޮޑާ ދާއިރާއަށެވެ. އަދި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)ވެސް މިފަހަރު ވާދަކުރައްވަނީ ފޮނަދޫ ދާއިރާއަށެވެ.

އަދި ހުޅުދޫ ދާއިރާއަށް މިފަހަރުވެސް މުހައްމަދު ޝާހިދު (ޝާޑް) ވާދަކުރައްވާާއިރު، އިބްރާހިމް ސުޖާއުވެސް މިފަހަރު ވާދަކުރައްވަނީ ބާރަށު ދާއިރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާAhmed

    ޝަހީމު ތިހެންބުނެފިނަމަ ތިއެންމެން ތިހޮވިނިމުނީ.
    ލަލަލާ. ބަލަގަ މިހާރު ހަމަކޮންމެ މީހަކަށްވެސް އެގެއޭ އެއްފަހަރު ދީނާ ޤައުމަށްޓަކައި އަނެއްފަހަރު ރަގަޅު ވަޡީފާއަކައްޓަކައި އަގައަރުވާމީހަކު އެހުރީ ބޮލުރޮދި ކެޑިފަކަން. މިނައެއްނޫންތަ ޓީވީގަ ބުނީ ދެނެއް ސިޔާސީ ޕޯޑިއަމް ތަކުން ނުފެންނާނެއޭ ދެން ދެމިހުންނާނީ
    އިސްލާމްދީނަށް ޚިދުމަތް ކުރުމުގައޭ. ލަދުހަޔާތްކުޑަކަން ހާމަވަނީ.

    5
    4