"ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ގެ ނަމުގައި މިއަދު ސަރުކާރު ކުންފުންޏެއް އުފައްދަވައިފިއެވެ.

މިއަދު އުފެއްދެވި މިކުންފުންޏަކީ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީ.އައި.އެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އެއްކޮށް، ދެ ކުންފުނިން ކުރަމުންގެންދިޔަ މަސައްކަތް އެއްކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އުފެއްދެވި ކުންފުންޏެއްކަމަށް ސަރުކާރުން ބުނެއެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) އަކީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ މާލޭގައި ސިނާއީ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ހައްލެއް ހޯދުމަށް ސިނާއީ ސަރަހައްދެއްގެ ގޮތުގައި ތިލަފުއްޓާއި ވިލިމާލެއާ ދެމެދު އޮތް ގުޅިފަޅު ހިއްކައިގެން ތަރައްގީކުރަން އުފެއްދެވި ކުންފުންޏެކެވެ.

"ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ގަރާރަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިރާން

    ރަސްމީ ކަންކަމުގައި ދިވެހިބަސް ބޭނުން ކުރުމަށް ވަކާލާތު ކުރައްވާފައި ދިވެހި އަކުރުން ބޭރުކަރަކަރައިގެ ބަސްތައް ބޭނުން ކުރުމަކީ މާމޮޅުގޮތެއް ކަމުގައިވަނީތޯ؟