މަޖިލިސް އިންތިހާބު ފަސްކޮށްފި ނަމަ، އިތުރު 20 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމްއިން ކޯޓު އަމުރެއް ހޯދަން އުޅޭކަމަށް ބުނެ ނަމަވެސް އެ ފުރުސަތު ނުދޭނެމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް ގާނޫނުގައި ބުނެފައިވާ މުއްދަތު ދީފައިވާނެ ކަމަށާއި އިންތިޚާބު ފަސްކުރިޔަ ނުދިނުމަށް އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ފަސްކުރުމަށް މީގެކުރިން ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ. ނަމަވެސް އޭގެ ޖަވާބުގައި އީސީން ވަނީ އިންތިހާބު ފަސްކުރަންޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ބުނެ އެކަމަށް ހުރަސް އަޅާފައެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ދަނީ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅުގެ އިސްވެރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް ދެމުންއެވެ. އަދި ޖޭޕީ އޮތީ ސަރުކާރާއި އެކުތޯ ނުވަތަ އިދިކޮޅުގައިތޯ ބަލާ އެކަން ސާފު ކޮށްދިނުމަށް ޔޫތް މިނިސްޓަރ އަލީ ވަހީދު އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަޖެޓުން ބާކިވެގެން އެއުޅޭ 31 މިލިއަނުން 20 މިލިއަން ނަގާބަލަ. ރައްޔިތުންގެ ބައެއްގެ ހައްޤު ގެއްލުވާލީ ރައީސް ޔާމީން ބަންދު ކުރުމުންނާއި، ފައިސާ ފްރީޒް ކުރުމުންނާއި، ޗެނަލް 13 ގެ ފްރިކްއެންސީ ކަނޑާލުމުން. މިގައުމުގައި މުސްލިމުންނާ ދެކޮޅަށް މިހިންގަނީ ޖަރީމާ. ސަރުކާރަށް 100 ދުވަސް ނުވަނީސް 96 ހާސް މީހުންގެ ހައްްގުތައް ދުއްވާލާފި، 1 އަހަރު ތެރޭ ދިވެހި މުސްލިމުންގެ ދުވަސް ދުއްވާލާނެ. މިގައުމުގައި ސަލާމަތްކަން ލިބޭނީ ސެކިއުލަރ މީހުނަށް އެކަނި. އެއީ ޖަނަވާރުގެ އުޅުންއުޅޭ އެއްޖިންސުން ގުޅުންހިންގާ، މަގުމަތީގައި ބަދު އަޙްލާޤީ އަމަލު ހިންގާ، އެއްބަނޑު މީހުނާވެސް ޖިންސީ ގުޅުން ބޭއްވޭނެކަމަށް ވަކާލާތު ކުރާ ދައްޖާލުންގެ ބައިގަނޑެއް.

    18