އިންޖީނުލީ އުޅަނދު ދުއްވުމުގެ ދުވެއްޔާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު. ލ. ގަން އަދި ފޮނަދޫ ގުޅޭ ގޮތަށް ހަދާފައިވާ ބޮޑު މަގުގައިވެސް ހެލްމެޓް އަޅަން މަޖުބޫރު ވެއްޖެއެވެ.

ހެލްމެޓް އަޅަން މިދިޔަ މަހު 10 ވަނަ ދުވަހުން ފެށިގެންވެސް ހެލްމެޓް އަޅަން މަޖުބޫރު ކުރި ނަމަވެސް، ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅަނީ މިރޭ 12:00އިން ފެށިގެންނެވެ. ރާއްޖޭގައި ހިމެނޭ އެންމެ ބޮޑު އެއް މަގު، ގަން ފޮނަދޫ ބޮޑު މަގަކީ މީގެ ކުރިން، މަދުން ނޫނީ ހެލްމެޓް އަޅައިގެން މީހުން ދުއްވާ މަގެއް ނޫނެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އެގޮތުން އިންޖީންލީ އެއްގަމު ދުއްވަން ޖެހޭ ޤަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ އޭ-01 އާއި އޭ-0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާއިރު ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ހެލްމެޓް ވާން ޖެހޭނެއެވެ.

ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

ބްރިޖު ސަރަހައްދާއި، ހައިވޭގައި އެކްސިޑެންޓްތައް ގިނަވެ، ގާނޫނަށް ގެނައި އިސްލާހާއެކު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވަނީ މަދުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމޭ

    ކޮންފަދަ ބޮޑު އުދަގުލެއް މީހުންނައް ތިޔަ ޖައްސަނޫ.. މިވަރުގެ އުދަގޫ މީހުންނައް ކުރާކައް ނުވާނެ.. ރައީސް ޔާމީން ތިޔަ މަގުހެދިޔަކަސް .ނީގާޑުވެސް ފޯއްގާޑުވެސް އަޅުވާ..

    2
    4
  2. އިންޓެލް

    ވަރަށް ދެރަ. ޙެލްމެޓް ގަންނާކައް ނުލިބޭ މިކެޓަގެރީގެ. މިހިސާބުން.