ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

ނަމަވެސް އެމަނިކުފާނު ހެކި ނައްތާލަން އުޅުނު ކަމަށް ބުނެ މިހާރު ދައުވާ އުފުލާފައިވާއިރު، ހައްޔަރުކޮށްފައިވާ މައްސަލާގެ ތަހުގީގު ނިންމައި މިހާތަނަށް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެރޭގައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހު ނިމުމަކަށް އަންނައިރު، އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ ކޯޓުން އިތުރު ކުރަމުންނެވެ.

އެގޮތުން މިހާރު ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދުވެސް ވަނީ އިތުރުކޮށްފަ އެވެ.

މިއީ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ. ރައީސް މައުމޫން ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށްވެ،

ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވާ އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މައުމޫން ހަމީދު ރާއްޖެއިން ބޭރުގައި ވަޑައިގެން ހުންނެވުމުން އަޑުއެހުން ފަސްކޮށް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަރީނާ

    މުޅި މިޤަވްމު ފަސާދަކޮށް ފިތުނަވެރިކުޅަ މީހަކީ މިއީ!

  2. ޢަޒާން

    ޤާނޫންއަސާސީގެ 48 49 ރައީސްވަނީ ހިފަހައްޓާފަ ދެން ކޮން ޤާނޫނެއްގެ ދަށުން ތިކަމެއް ތިޔަ ހިންގަނީ

  3. ކުޑަވަނީ

    ވ ހަޑި ދެންް މައުމޫނުވެސް ދޯ- އަނިޔާވެރިވި މީހުންނަށް ައަނިޔާލިބެން ވާނެ ތީ މީހުންނަށް އަނިޔާވެރި ވި މީހެއް ދުނިޔޭގަތިބި މީހުން މިތަން ދެކޭނެ