މާލޭގައި ހަދަމުންދާ އިމާރާތެއްގެ ފަސް ވަނަ ބުރިން މަގު މައްޗަށް ދަގަނޑު ހޮޅިއެއް މިއަދު މަގުމައްޗަށް ވެއްޓިއްޖެއެވެ. ނަމަވެސް އެވަގުތު ހޮޅިދަނޑި ވެއްޓުނު ދިމާ މަގުމަތީގައި މީހަކު ނެތުމުން ނުރައްކާތެރި ހާދިސާއެއް ނުހިނގާ ވަނީ ސަލާމަތް ވެފައެވެ.

ފުލުހުން ވިދާޅުވީ އިނޮކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން މައްޗަންގޮޅީގައި ހަދަމުން އަންނަ ގެއަކުން 15 ފޫޓް ދިގު ދެ އިންޗި ފުޅާ ހޮޅިއެއް ވެއްޓިފައިވާ ކަމަށެވެ. ހޮޅި ވެއްޓުނީ ކޮޅަށެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ހޮޅިން ޖެހުނެވެ.

ފުލުހުން މިހާރު ވަނީ ހާދިސާ ހިނގި އިމާރާާތުގެ މަސައްކަތް ހުއްޓުވާފައެވެ. ފުލުހުން ވިދާޅުވީ ހޮޅި ވެއްޓުނު މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި އިމާރާތްތަކުން އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި އެތައް ހާދިސާއެއް މާލޭގައި ވަނީ ހިނގާފައެވެ. ނަމަވެސް އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތައް އިންތިޒާމްތައް ހަމަޖެއްސުމުގައި އިދާރާތައް ވަނީ ފެއިލް ވެފަައެވެ.

މާލޭގައި ހަދަމުން އައި އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު މިދިޔަ ޑިސެމްބަރުމަހު ވަނީ ނިޔާވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބޭސއ

    ތިވެސް އަޅުވަ ޔާމިންގެ ބޮލުގަ

  2. މުހައްމަދު

    ޖަޒީރާ ރާއްޖެވެފައި އެޖެންޑާ19 ގައި 100 ދުވަހުން ވައުދުތަށް މިގޮތަށް ފުއްދާލަނީބާ؟ ކޮބާތޯ ލިބުނު ކުރިއެރުމެއް ކޮބާތޯ ރައްޔިތުންނަށްލި ބުނު ސަލާމަތް ތެރިކަމެއް ދުވަހަކަށް ވުރެދުވަހެއްގެ ބިރުވެރިކަމުގައި ނާމާންކަން މިހިރަދަނީ ބޮޑުވަމުން ވައްކަމާ ފޭރުން އިންތިހާ ޖަގަހަ ހަދައިގެން މުޅިގައުމު ލޫޓުވުމާ ނާޗަރަގީކުޅުން ނަމާދުވަގުތެއް އެހެން ވަގުތެއް ބެލުމެއްނެއް މިވަރުކުރަނީ އިދިކޮޅަކުންނޫނޭ ހަމަސަރުކާރުންނާ ސަރުކާރަށް ތާއީދު ކުރާ ގުރޫޕުތަކުންނޭ އިދިކޮޅުން ކުރާހާކަމަކީވެސް ބަސްބުނުން އެކަނި މިސަރުކާރުގެ ދީނީއިލްމުވެރިން އެތިބީ ކޮންމެކަމެއް ވިޔަސްވަރިހަމަކޮށްގެން ވެރިކަންކުރުމުގަ ދެންތިބި ފަރާތްތަށް އެތިބީ ބީރުވެ މަންމަންހެދިގެން ސުބްހާނަﷲ ގައުމެއްވާނެތް

    6
    1