މާލޭ ވޯޓާ އެންޑް ސްވަރޭޖު ކުންފުނި (އެމްޑަބްލިއުއެސްސީ) އިން އޮންލައިން ކޮށް ހިދުމަތް ލިބޭ ގޮތް ތައާރަފްކޮށްފިއެވެ.

24 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މަލީހު ޖަމާލް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެމްޑަބްލިއުއެސްސީ ގެ ހިދުމަތްތަކަށްީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިއީ ކަސްޓަމަރުން އަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެ ކަމެކެވެ. ކިއުގައި މަޑު ނުކޮށް ގޭގައި ތިބެގެން މިފަދަ ހިމަތެއް ލިބުމަކީ ގިނަ ބަޔަކު އަބަދުވެސް އެދޭކަމެކެވެ. މި ހިދުމަތްތަށް އެދޭ ފޯމު އެމްޑަބްލިއުއެސްސީ ގެ ވެބް ސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މާލޭގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީ އިން ދަނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއެވެ. އޭގެ އިތުރުން އެ ކުންފުނީން ދަނީ އިންޖިނިއަރިން އަދި މެނުފެކްޗަރިން ދާއިރާގައިވެސް ބޮޑު ކުރި ހޯދަމުންނެވެ.

ފެން ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ބިލު ދެއްކޭނެ ފަސޭހަ ނިޒާމެއް ވެސް އެކުންފުނިން ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްމާލް

    ފެން ކަރަންޓު ށެލްޓަރ ފޫޑް މީ ބޭސިކް ނީޑްސް އަގު ހެޔޮކުރަން ބޭނުމިއްޔާ ޢާންމު މީހާއަށް ވެސް ފުރުސަތު ދެއްވާ...މޮނޮޕޮލި ގޮތް ގަނޑު ކަނޑުވާލަ ދެއްވާ....!