އިންތިހާބުތަކާ ދިމާކޮށް، ވޯޓުލާން ކަނޑައެޅާފައިވާ ދުވަސް ފަސް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ބުނެފައިވާނީ ޕީޕީއެމް އިން މަޖިލިސް އިންތިހާބުގެ ކެމްޕޭން ކުރުމަށް ވަގުތު ނެތުމުން އިންތިހާބު ފަސްކޮށްދިނުމަށް އެދި ކޯޓު އަމުރެއް ހޯދަން އުޅޭކަމުގެ އަޑުތަކެއް އިވުމާ ގުޅިގެން އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީި އަންން ހޮނިހިރު ދުވަހު އެވެ.

އޭނާ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ އިންތިހާބެއް ބޯމަތިވާ ދަނޑިވަޅުގައި އިންތިހާބު ފަސްކުރަން ކޯޓަށް ދިއުމަކީ، ހިތާމަހުރި ކަމެއް ކަމަށާއި، އޭގެ ސަބަބުން އެތައް ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބި، ކެމްޕޭން ސްޓްރެޓަޖީއަށް އަސަރު ކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ވާދަވެރި ކަމާއެކު މޮޅާއި ބަލި ގަބޫލުކުރަންޖެހޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އިން އިންތިހާބު ފަސް ކުރަން އުޅޭކަމުގެ އަޑުތަކެއް އެރުމާއިއެކި ރައީސް ސާލިހު ވެސް ވަނީ އެ ފުރުސަތު ނުދޭނެކަމަށް ބުނެފަ ރައްދު ދެއްވާފައެވެ. އޭގެ އިތުރުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އެކަމާ ގުޅެގޮތުން ޓްވީޓެއް ކުރައްވާފައެވެ.

އޭނާގެ ޓްވީޓްގައި ބުނެފައިވަނީ އިންތިހާބު ފަސްކުރަންޖެހޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށާއި ގާނޫނުގައި ބުނެފައިވާ މުއްދަތު ކެމްޕޭން ކުރުމަށް ދީފައިވާނެ ކަމަށެވެ. އަދި އިންތިހާބު ފަސް ކޮށްފިނަމަ އިތުރު 20 މިލިއަން އެއްހާ ރުފިޔާ ހަރަދުވެގެންދާނެ ކަމަށް ވެސް އޭނާ ކުރެއްވި ޓްވީޓްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސެން

    ޕީޕީ އެމަށް ވެސް އެހެންޕާޓީތަކަށް ލިބުނު މުއްދަތު ވަާނީލިބިފައެވެ. އިތުރު އެއްވެސް މުއްދަތެއް ދޭކަށްނުޖެހެޭނެއެވެ.

    12
  2. ފޮންޓޭ

    އަޖާބެއް. ބޫންބޫން ސިޔާސީގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ ގެ ވެރިޔާ ގޮޅިޔަންލާ މާލީ ތަނަވަސްކަން އޮބިއޅާލާ ދެންތިބިހާ ބަޔަކު ކުރުގަޅުވާލާފަ ސްޓްރެޓަޖީއަން އަސަރޭ ބޯހަލާކު

  3. ރައްޔިތު ބެއްޔާ

    އަލީ ވަހީދަށް ކޮން ކަމެއް !ވެރިކަން ފެއިލްވެދާނެ ހެން ހީވީ މާ އިގިރޭސި ވިލާތު ގައި ހުރެވޭނެ! އަނެއްކާ ވެސް ބަޔަކު ގުރުބާން ވެގެން ލިބުނީމާ މިނިސްޓަރ ކަމުގައި ހުރެވޭނެ ! މި މީހުނަށް ދުނިޔެ ފަސޭހަ ކަމާ އެވެ .

  4. ލާމު

    މިއީދޯ ކެބިނެޓަށް ދޫކޮށްލި ފަންޏަކީ.