އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތް ތަކުން މިއަދުން ފެށިގެން ޓެކްސް ދައްކަންޖެހޭ އުސޫލު ބަދަލުކޮށްފިއެވެ.

މީރާއިން ނެރުނު ޓެކްސް ރޫލިންގައި ވާގޮތުގެ މަތިން އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ މީރާ ކަނެކްޓް ނުވަތަ އެޓްއާރުޓީޖީއެސް މެދުވެރިކޮށެވެ.

މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ، ވިތްހޯލްޑިންގ ޓެކްސް، އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބީޕީޓީ ފަދަ ޓެކްސްތައް މީރާ ކަނެކްޓް މެދުވެރިކޮށް ދެއްވޭނެއެވެ.

މީރާއިން ދަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ޕޯޓަލް އެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތި 50 މިލިއަން ލިބޭ މީހުންގެ ލިސްޓް އާންމުކޮށްދީފާނަންތަ؟ އެހެން މިބުނީ ޓެކްސް ދައްކަންވުމުން 49 މިލިއަނަށްވުރެ ގިނައިން ލިބޭކަމަކަށް ތިއިން އެކަކުވެސް ނަހަދާނެ!

  2. އާދަނު

    ފުރަތަމަ ރާއްޖޭގަ ޓެކްސް ނަގަންވެގެން ކީ ރައްޔިތުން އަތުން ޓެކްސް ނުނަގާނޭ ހަމަ އެކަނި ވިޔަފާރި ތަކުން ނޭ ނަގަނީ މިހާރު ވެސް ރައްޔިތުން ނަށް އެޗެއް ގަންނަން ލިބެނީ ކަސްޓަމް ބޮޑު އަގެއް ލާފަ ފިހާރައިން ފައިދާ ލާފަ އަދި ޓެކްސް ވެސް ދައްކާފަ