އައި.ޖީ.އެމް.އެޗް ސަރަޙައްދުގައި ހުރި ގުދަނެއް ފަޅާލައިގެން ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެއް ކަމށެވެ.

އަދި މިދެމީހުން ހައްޔަރުކޮށްފައިވަނީ މާރިޗް 30 ވަނަ ދުވަހުގެ 06:20 ހާއިރު މާފަންނު ބިސްބުރު ކައިރިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުން މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ބިސްބުރު ކައިރިން ސައިކަލެއްގައި ދިޔަ ދެމީހެއްގެ އަމަލުތައް ހުރިގޮތުން އެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މިމީހުންގެ އަތުގައި އޮތް ބޮޑު ކަޅު ކޮތަޅެއްގެ ތެރެއިން ސިނގިރެޓު ކޭހަކާއި، ގުދަނުގެ ދޮރު ހަލާކުކުރުމަށް ބޭނުންކުރިކަމަށް ބެލެވޭ އާލާތްތަކާއި އެ ގުދަނުގައި ހަރުކޮށްފައިހުރި ކަމަށް ބެލެވޭ ތަޅުތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޖ 38 އަހަރުގެ މީހާއަށް ފަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު 44 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.