އއ. ހިމަންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އަހަރެއްހާ ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ޕާރމެނެންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

43،687،336.57 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، 497 މީޓަރުގެ ބޭރު ތޮށްޓެއް ޖަހާނެއެވެ. 372 މީޓަރުގެ އެތެރެ ތޮށްޓަކާއި، 110 މީޓަރުގެ ރިވެޓްމެންޓް ޖަހާނެއެވެ.

އަދި ނެރުބައްތި ޖަހާ، އެއްގަމު ބައްތިއާއި އިންވެގެން ޕޭވްމުންޓް ޖެހުމާއި، ބަނދަފުންކޮށް، ބަނދަރު ސަރަހައްދުގައި ލައިޓްވެސް ޖަހާނެއެވެ. އަދި ބަނދަރުގައި ރޭމްޕެއްވެސް ހަދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނގަ ގަދަ މިތުރުން

    މަޖުލިސް.އިންތިހާބަށް ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ މީ އަނގަ ސަރުކާރު އަތުންފައިން ކުރިކަމެއް ނެއް މަޖްލިސް ހިސޯރުކުރަން މިހަފުތާގެ ތެރޭ މުޅިގްއުމު އެއާކަންޑިސަން ކޮށްލަނަމޭވެސް ބުނެފާނެ ބަލންތިބޭ އަނގައިން ވައުދު ފުއްދާ ސަރުކާރު ބޯހަލކު

  2. މިއަދު

    މިއިންތިޚާބުނިމުނީމަ ތިކަރުދާސްތައް ފެންނަގޮތަށް ބަހައްޓާދިނުން އެދެން

  3. ާަަައަބުދުﷲ

    ނުފެންނާނެ ސީފޮހޭކަރުދާސް

  4. ގޯނިބޭ

    ތީ ކުރީގެ ސަރުކާރު ތަކުން ކަޑަޖަހާ އުސޫލުން އިންތިހާބައް ކުރާކަންތައް. ކަމެއްވާ ބައެއް ނޫން ހުސްދެއްކުން ތެރިކަން ރައްޔިތުމީހާގެ ލޮލުގަ އަދުން