ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަމަށް ކަނޑައެޅި ތަސައްވަރުތައް ހާސިލްވެގެން ނުދާތަން ދެކެން ބޭނުން ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހއ. ފިއްލަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އޮތް ސަރުކާރަށް، އޭރުގެ މަޖިލީސް މެޖޯރިޓީ ގެއްލުމުން، ސަރުކާރުގެ ވައުދުތައް ފުއްދަން އޭރުވެސް އުނދަގޫވި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު އެ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނެއްކާވެސް މިފަހަރު ހިފައިގެން މިއައީ އެފަދަ މެނިފެސްޓޯއެއް. ރާއްޖެ ތަރައްގީ ކުރުމަށް މިހާރު ބޭނުންވެފައިވާ އެންމެ ފުރިހަމަ މެނިފެސްޓޯ ހިފައިގެން. އޭގެ ތަފްސީލުތައް މިއޮތީ އެޖެންޑާ 19 ގައި ހާމަކޮށްފައި. އަޅުގަނޑެއް ހަމަ ގައިމުވެސް މި ވެރިކަމުގައި ހުރެ ދެކޭކަށް ބޭނުމެއް ނުވޭ ރައްޔިތުންގެ މަޖިލީހުގު ތެރޭން މި ކަންތައްތައް ފެއިލްވެގެންދާތަން ބަލާކަށެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ވެރިކަން ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އަސާސީ ކަންކަން ފުރިހަމަވާނެ ކަމަށެވެ. އެގޮތުން މިވެރިކަމުގެ ފަސް އަހަރު ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަވާތަ

    ހާދަ ބިރެއްގަނޭ ކަލޭ ފެއިލްވެއްޖެ ރަޢިސް ޔާމީން ވަރެއް ނެތް

    22
  2. ކުކުޅޭ

    އީ ސީ ޝަރީފް ހުރިއްޔާ މެޖޯރިޓީ ހޯދަދޭނެ. އީ. ސީ ތެރެއިން ވެރިކަމަށް ވަޑައިގަނެވުނީމާ ރައްޔިތުން ކުރިމަތީ މޭ ކަރާނެ.

    18
  3. އަހުމަދު

    ކިނބޫ ލައްވާ ފެންގަޑުތެރޭގަ ނަރުތަށް ނުދަމަން ވެގެންނު ބާލަން މިއުޅެނީ ޔާމިން އޮތީ ނަރުދަމާތަކާ ބޮޑެތި ހޮސްޕިޓަލްތަކާ ޕާކުތަކާ ބްރިޖްތަކާ އިންޖީނުތަކާ އެޔާ ޕޯޓްތަކާ ފަތާފެންގަނޑުތަކާ 24 ބުރީގެ އިމާރާތްތަކާ ފްލެޓްތަކާ ބޭސްފަރުވާޔާ މިހުރިހާކަމެއް ކޮށްދީފަ އޮށްވާ ކަލެޔާ ކަލޭގެ އައުވާނުން ކަލޭގެ ޔަހޫދީގައުމުތަކުން ޔާމިން އެއީވަގޭ ކިޔާ ވަގުވޯޓުން ވެރިކަމަށް އައިސް އިނޑިޔާއަށް ގައުމުވިކަނީ

    19
  4. ާއދ.

    ކިބޫމިހާރު ތިހުރީ އަތައް ގޮވާފަ ދެން އުޅޭފައިބާަން ނުފާބައިފިއްޔާ ބާލާނީ ގަދަކަމުން އެގޭދޯ

  5. ސާމް

    ކަލޯ ވާނުވާ އެގޭތަ.. ވެރިކަން މަޖްލިސް ތެރެއަކުން ބަދަލެއް ނުކުރެވޭނެ.. ރައްޔިތުންގެ ވޯޓުން ބަދަލުކުރެވޭނީ.. މަޖްލިސް އިން ނަގާނީ ނޯ ކޮންފިޑެންސް ވޯޓް.. ހަމައިގަ ހުންނަވާ

  6. ދދދދދދ

    އެހެންތަ؟ ކަލޭ ބޭނުން ނުވަންޏާ އެހެނެއް ނުވާނެތާ.