މޯލްޑީވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ޤަބޫލްކުރާ ނާރސިންގ އެންޓްރަންސް ކްރައިޓީރިއާއި އަލުން އެކުލާލައިފިއވެެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ 10 މާރިޗު 2016 ގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ނަރުހުން ތަމްރީންވެ ކައުންސިލްގައި ރަޖިސްޓްރީކުރުމަށް އެކުލަވާލެވުނު އެންޓްރަންސް ކްރައިޓީރިއާ ކައުންސިލުން ވަނީ އަލުން މުރާޖާކޮށް 20 މާރިޗު 2018 ގައި ހެލްތް މިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކޮށްފައި ކަމަށެވެ.

އެކި ޤައުމުތަކުގެ ތަޢުލީމީ މަރުކަޒުތަކުގައި ނާރސިންގ ކިޔެވުމަށް ބައިވެރިވެވޭ ފެންވަރު ތަފާތުވުމާއިއެކު ރާއްޖޭގެ ނާރސިންގ ކައުންސިލުންވަނީ ކައުންސިލުން ޤަބޫލުކުރާ މިންގަނޑުތަކެއް ކަނޑައަޅާފައެވެ.

ރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ބެލެވޭނީ އެންމެ ދަށްވެގެން ކައުންސިލުން ނިންމާފާވާ އެންޓްރީ ކްރައިޓީރިއާ ހަމަވެގެން ނިންމާފައިވާ ކޯސްތަކުގެ ސެޓްފިކެޓްތައް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ނަރުހުން ރަޖިސްޓްރީކުރާ އެންޓްރަންސް ކްރައިޓީރިއާ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އަވައްޓެރި ގައުމުތަކުން ނަރުސް ކަން ކިޔަވައިގެން ރާއްޖެ އަންނަ ބައެއް ޒުވާނުންނަށް ރާއްޖެއިން ވަޒީފާ ނުލިބުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވެފައިވެއެވެ. އެހެން ދިމާވަނީ ރާއްޖޭގެ އިދާރާތަކުން ގަބޫލު ނުކުރާ މަރުކަޒުތަކުން ކޯސް ފުރިހަމަ ކުރާތީއެވެ.