ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރުވެފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރު ހުސުނުއްސުއޫދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕޭންގައި ބައިވެރިވަމުން އެބަގެންދަވައެވެ.

"މިނިވަން" ކޮމިޝަނެއްގެ ގޮތުގައި ރައީސް ޞާލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސުއޫދާއި ޝަރުޢީ ދާއިރާގެ ނިންމުންތައް ނިންމުމުގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހޭ ރިއްފަތު ސިޔާސީ ޕާޓީއެއްގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވުމުން ބައެއް ފަރާތްތަކުން ގެންދަވަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

ސުއޫދާއި ރިއްފަތު ވަނީ މިދިޔަ ހަފްތާ ބަންދުގައި ތުޅާދޫ ދާއިރާއަށް ވަޑައިގެން ހިސާން ހުސައިންގެ ކެމްޕޭން ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފައެވެ.

ނަން ހާމަނުކުރާ ގޮތައް "ވަގުތު" އަށް މައުލޫމާތު ދެއްވި ޤާނޫނީ ވަކީލަކު ވިދާޅުވީ ސުއޫދާއި ރިއްފަތު އެމްޑީޕީގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވުމަކީ އެބޭފުޅުންގެ މަގާމުގެ ޒިންމާ މިނިވަންކަމާއި އެކު އަދާނުކުރެވޭނެ ކަމުގެ ހެއްކެތް ކަމަށެވެ.

"ޤާނޫނީ ގޮތުން މަނާ ކަމެއް ނޫންނަމަވެސް އެބޭފުޅުންގެ ޒިންމާތައް އަދާކުރައްވާ ގޮތާއި ބެހޭ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު މިކަމުގެ ސަބަބުން ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަކަށް ނުފެނޭ އެންމެ ފަހުން ބަންޑާރަނައިބަކަށް ހުންނެވި އަނިލް ވެސް މިފަދަ ގޮތަކަށް ސިޔާސީ އެއްވުންތަކުގައި ބައިވެރިވި ތަނެއް." އޭނާ ވިދާޅުވިއެވެ.

އިތުރު ވަކީލަކު ވިދާޅުވީ ސުއޫދާއި ރިއްފަތަކީ މިފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެ ގަދައަށް ގޮވާލެއްވި ބޭފުޅުން ކަމަށާއި ނަމަވެސް މަގާމާއި ބާރު ލިބިވަޑައިގަތުމުން އެބޭފުޅުން އެކަން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭންގައި ބައިވެރިވަމުންދާ ދިއުމާއި ގުޅޭގޮތުން ސުއޫދާއި ރިއްފަތުގެ ބަހެއް ނުލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ލާދީނީ މީހުން މަރުވެގެން އެކަން ކޮނެމެވެސް ބައެއްގެ ބޮލުގައި އަޅުވައިގެންތާ މިބައިމީހުންގެ ވައުދު ފުއްދޭނީ. ތިޔާ ކޮމިޝަން އަކީ ކޮރްޕްޓް ކޮމިޝާނެއް އަދި ކޮމިޝަންގަ ތިބީ ކޮރަޕްޓް ބައެއް

    90
    8
  2. ިއެޗް އާރު އެމް

    ލަނޑަޔާވާނީހަމަލަނޑިޔާ

    86
    5
  3. ޝާން

    ބަލަގަ ސުއޫދު ބަލަނީ ގޮތްނޭގޭ މަރުތަކާއި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަ. ސުއޫދު އަށް މިނިވަންކޮށް އެކަން ނުކުރެވެންވީ އިންތިހާބު ގަ ބައިވެރިވާ ކެންޑިޑޭޓް ނުވަތަ އެމްޑީޕީ އިން އެކަންކޮށްފައިވާނަމަ.

    26
    77
    • ރާއްޖެ

      އަފްރާޝީމް މަރުގަ އެމްޑިޕީގެ އަތެއް ނެތް ކަމެއް ކިހިނެތް އެނގުނީ؟

      24
      2
  4. ދުމޭ

    ރިފްއަތަކީ ނަޒާހަތްތެރިކަމުގެ ކުނޑި ފުކެއްވެސް ހުރިމީހެއްނޫން. ދައުލަތުން މާމުޔާއެއްކޮށް ދިރުވާލި 78 މިލިއަން ރުފިޔާ އާއި. 22 މިލިއަން ރުފިޔާ އަކީ ސީދާ ރިފްއަތު ވީ ޚިޔާނާތެއް. އޭނާ ކުރިންވަކީލެއްގެ ގޮތުންވަކާލާތުކުރި ހުރިހާ ކޭސްތަކެއް މިހާރު އިސްތިއުނާފުކުރުމީ އިއްތިފާގެއް ނޫން. އިސްތުނާފުކޮށް ދައުލަތުން މުޅިކޭސް އެއްކޮށް ދޫކޮށްލައިގެން ދައުލަތުގެ ޚަޒާނާއިން އެފައިސާ އެދަނީ ދޫކުރަމުން. ފައިސާނެތިއްޔާ ލޯނުނަގާއިގެންވެސް ދޫކުރަމުން.

    9
    1
  5. ވަހުތާން

    ރިފްއަތުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ޖެހޭ.

    14
    1
  6. އަހުމަދު /ގައްދޫ

    ވޭތުވެދިޔަ 3 މަސް އެންމެގިނަ މަރު /އެންމެ ގިނަ ފޭރުން .އެންމެ ގިނަ ވައްކަން /އެންމެ ގިނަ މަސްތުޥާތަކެތި.މައްސަލަތައް ބަލާ/އެންމެ ގިނައިން އަނިޔާވެރިކޮށް ވަޒީފާ އިން ކެޑުން /އެންމެ ގިނަ އަދަެއްގެ ލޯނު.އަދި 3 މަސްނުވޭ.5 އަހަރުވާއިރު ކަލޯ ގައުމު އޮންނާނެ ގޮތް ވިސްނާ.ލަދުޔަހާތް ހުރިނަމަ މިހާރު އިސްތިއުފާދޭނެ ތިޔަ ކޮމިޝަންތައް އަދި ރައީސް ސޯލިހު.ސޯލިހުވެސް ޔާގީންވާނެ މީހަކު މަރުފަލި ޖަހަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުަޒީރުކަމަށް އަންނަން ކަން..ބޮޑުތަނުން ބަލިކުރާނަން މަޖިލިސް އިންތިޚާބުގައި.އިންޝާަﷲ.މިވަރުގެ އަނިޔާވެރި ލާދީނީ ބައެއް އަސްލުވެސް ނުދެކެން..ވަރަށް ވެދުން

    8
    1
  7. ނުނނު

    ބަލަގަ ކަލޭމެންވެސް އުޅުނީ ހަމަ މިހެން ! ދެން ކޮން ވާހަކައެއް ދައްކާކަތައް.......

    5
    8
  8. ސުއޫދު

    ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށްބުނެ އައިސް ކޯޓުތަކުގަ ހުރި މިބައިގަނޑުގެ މައްސަލަތަށް އެއްކޮޅަށް ނިންމާ ރީތިކޮށް ގައުމު ދަވާލަނީ. މަރުގެ ތަޙުޤީޤީގަށް މިމީހުންގެ ކޮން ޤާބިލުކަމެއްތޯ ހުރީ އަހަރެން ސުވާލު އުފައްދަން. މޮޅެތި ނަން ނަމުގަ ކޮމިޓީތަށް ހަދައިގެން ނުހައްގު މުސާރަ ބަނޑުއަޅައިގެން ދުވަނީ މި ރީނދޫބައިގަނޑު

    8
    1
  9. އަހުމަދު

    ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ބަންޑާރަ ނައިބު ... އޭނާ ސިޔާސީ ކަންކަމުގައި ބައިވެރި ވެގެން ނުވާނެ. ސުއޫދަކީ ހަމަ ހަމަ ކަމާއި އިންސާފާއެކު ކަންކުރަން ވައުދުވީ މީހެއް މިފަދަ ކޮންމެ ކަމިޝަނެއް ގައި ތިބޭމީހުން ނަޒާހަތްތެރި ވާންވާނެ. ކުރިން ބްރޯޑް ކަމުގެ މެންބަރަކު ރައީސް ޔާމިން އިސްރަށްވެހިންނާއި ބައްދަލް ކުރަން ބޭއްވި ބައްދަލްވުންތައްޔާރު ކުރަން އުޅުނީތީ ކީހާ ވަރެއް ރާއްޖެ ޓީވީ އާއި ރޮޒައިނާ އެރުވި. މިހާރު މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ކޮންމެ ރެއަކު ލޮނުޒިޔާރަތް މަގުގައި ހުންނަ ނާދިރާގެ ކެންޕޭން އޮފީސް ތެރޭ އެއިންނަނީ މިކަން ފެންނަ މީހަކު މިހާރަކު ނެތް މިހާރު ހަމަ އޯކޭ...... ކޮބައިބާ ރޮޒައިނާ ކޮބައިބާ ރާއްޖެ ޓީވީ

    9
    1
  10. ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޕޕޕ

    އެމްޑީޕީ އެމެރިކާ އިސްރާއީލު ކުރާ ކޮންމެ ކަމެއް އެއީ ޑިމޮކްރަސީ...

    15
    1
  11. ބަދީޢު

    ކޮންމެވެސް ކަމެއްކުރަން ޖެހޭނޭ! އެހެންނޫނީ މުސާރަ ނުލިބޭނެ! މިއީ ރައީސް ސާލިހު ބުނާ އިންސާފަކީ މިހިރަގެން ފަޅާއަރަނީ!

    16
    1
  12. ހުބަރު

    މި ދިވެހި ޒުވާންކުދިން މިޔަހޫދީ އަންނީގެ ކިބައިން ސަލާމަތް ކޮށްދެއްވާ އެކުދިންނަށް ހެޔޮ ވިސްނުން ދެއްވާށި

    17
    1
  13. ސ

    ސުޢޫދަކީ އަބަދުވެސް ބޮޑުފަޅި ނަގާ މީހެކެވެ
    މަރުކޮމިޝަން ލީޑްކުރަން ސުޢޫދަށް ޖާގަ ދިނުމަކީ
    މިސަރުކާރުގެ އެއްވެސް ކަމެއްގައި ތެދުވެރިކަން
    ނެތްކަން ހާމަވާ ކެކެވެ.

    15
    1
  14. ރަންރީނދޫ ލަޝްކަރު

    ހުރިހާ ކޮމިޝަނެއްގެ މީހުންވެސް ސަރުކާރުގެ ވުޒާރާތަކުގެ ވެރިންވެސް ފަނޑިޔާރުންވެސް އެމްޑީޕީއަށް ކެމްޕެއިންވެސް ކޮއްދެންވީ.. ވެރިކަމުގައި ހުރީ އިބްރާހިމް މުޙައްމަދު ސާލިޙް.. އެއީ އެމްޑީޕީގެ އެންމެ އިސްވެރިޔާ. ޙަޖަމް ކުރަން ދަސްކުރޭ.. ދެން މިފަހަރު ކެތްކުރޭ މީތެދޭ ހަަަޤީޤަތޭ ސާފްތެދެއްމީ..

    2
    7
  15. މިއަދު

    އެކަންކަމަށް އުފައްދާފައިހުރި މުއައްސަސާތަކުން ސަރުކާރަށް އެއްބާރުލުންނިލިބޭތީ ތިކޮމަޝަންތައް އުފެއްދީކަމަށް ރައިސްވިދާޅުވީ ތިހެންވެގެންދޯ އެއްބާރުލުންދިނުމަކީ އެމްޑީޕީގެ ކެންޕެއިނުޖަލްސާތަކުގައި ބައިވެރިވެ މީހުންނަށް ބިރުދެއްކުންކަމަށްވާނަމަ ތިކޮމިޝަންތަކުގެ އެއްބާރުލުން ވ ރަގަޅަށްތިދަނީ ލިބެމުން ސާބަސްއިބޫ ތިއީ މިގައުމުގައި އުފެދުު އެއްމެ ޚުދުމުހުތާރު ރައިސް

    14
    1
  16. ކު

    ތިޔަ ތަންތަން ހަމަ ހާދަ މިނިވަނީޔޭދޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    12
    1
  17. އޯޓިޒަމް

    ކޮމިޝަން ތަކުގެ މީހުން ކެމްޕެއިންގަ އުޅެނީ އެކަމާބެހޭ އިތުރު ތަމްރީން ހޯދާ ޕްރެކުޓިކަލް ބައި ފުރިހަމަ ކުރަން..

    9
    3
  18. ސުހައިލް

    މަރު ކޮމިޝަން މި ކޮމިޝަނުން ކެމްޕޭން

    9
    1
  19. މަޖިލިސް

    ނަމަނަމަ ތިކޮމިޝަންތަކަށް އިތުރު ބާރުތަކެއްނުދޭތި.

    7
    1
  20. ހަރާންކޯރު

    ގޮތް ނޭންގޭކަން ބެލުމަށް ސޫދު ބ އަށް ދިޔައީ. އިންތިހާބަކީ ގޮތެއް އެނގޭ އެއްޗެއް ނޫންވީމަ އެދިޔައީ. ސިޔާސީ ކަންކަމަކީ ދީނާ ދުރަށް ގެންދާ ހަނޑި މުޑުދާރު ޖަރާސީމެއް. އޭގައި ގިނައިން އުޅޭނީ ގައުމުގައި ހުރި ނުބައި ޖަރާސީމުތައް. ތީ އޭގެ ބައިގަނޑެއް.

    12
    1
  21. އލާ

    އެއީ މިނިވަނުން ނޫންކަން ކުރިންވެސް އެނގޭނެ އެމީހުން ކަންކަން ކޮށްފަ ހުރި ގޮތް ބަލާލީމަ.

    11
  22. ޥިންދު

    ދެން ކޮން އިންޞާފުވެރި ތަޙްޤީޤެެއްތޯ ކުރެވޭނީ. ޖުޑިޝަރީ މިނިވަންކުރަން އުޅެނީ މިފާޑައްތޯ. ކޮންމެ ބަޔަކުވެސް ޖުޑިޝަރީ މިނިވަންކުރަން އުޅެނީ އެބައެއްގެ ޕަޕެޓުން އެތަނަކަށް ނުލެވޭތީ. އުދުޅި ނުބޭނޭތީ.
    މީގެއިން އެނގެނީ މަރޭ ޖުޑިޝަރީ އޭ ކިޔައިގެން ދައްކާ ވާހަކަ.
    މި މަންޒަރުތަކުން އެމްޑީޕީއަށް ވޯޓުދޭން ނުޖެހޭ ކަން. މަންޒަރު ަަަަަަަަަަަަަ ވަރަށް ސާފު.

  23. ާއަލީ

    މިފެންނަނީ މޑޕ އިން އުފައްދާ ފައިވާ ކޮމިޝަންތަކުގެ މިނިވަންކަންހުރިވަރު މިކޮމިޝަންތަކަށް ގާނޫނީ ބާރުދީފިނަމަ ދެން ވާނެގޮތް ވިސްނަވާ ބާރުހޯދަންމިއުޅެނީ ލާދީނީ ބައިގަނޑު ބޭނުންވާބަޔަކު ހައްޔަރުކޮށް ޖަލައްުލުމަށް ހެޔޮނުވާނެ މިބައިގަނޑައް މިބާރުދޭން މިބައިގަނޑުގެ އަތްދަށުން ﷲ އަޅަމެންސަލާމަތް ކުރައްވާށި އާމީން

  24. ހުސޭނުބޭ

    މި މީހުންގެ ހަމާގައި ފަނޑިޔާރުގެ މިނިވަންވިއްޔާ ހުރިހައި ފަނޑިޔާރުންވެސް މި މީހުންގެ ކޭމްޕޭނުން ފެންނަންވާނެ!

  25. ހުދުވާ

    މީއެ މިބައުގަނޑުގެ ގޮތަކީ! ބާރާ ނުފޫޒު ލިބުނީމަ ކުރިން ދެއްކި ހުރިހާ ވާހަކައެއް ނުދައްކާ ވާހަކައަށްވެ ނިމުނީ! މީން ވާހަކައެއް އަޑުއިވުނު މީހަކުވެސް މިމީހުންނަށް ތަބާވާ މީހުން ތެރޭގައި އުޅޭ ކަމަކަށް ނުވާނެ. މީއެބުނާ ތިލަފަތުގެ އިންސާފަކީ. އަހަރެން އަބަދުވެސް ބުނަން މިމީހުން މިގެންގުޅޭ ތިލަފަތުގެ އިންސާފަކީ ބައިކޮޅަށްބަރުވެފަ އޮންނަ އެއްޗެކޭ! މީގެން މި އިނގެނީ މިމީހުންގެ ޑަބަލް ސްޓޭންޑާރޑް. ދައްކާ ވާހަކައާއި ކުރާ ކަންތައްތަކާއި އެއްވެސް ވަރަކަށް ދިމަލެއް ނުވޭ. ސޫދަކީ އެހެންވީމަ މިހާރުވެސް އިންޓެގްރިޓީ ގެއްލި އިތުބާރު ގެއްލިފައިވާ މީހެއް. ހަމަ ޔަގީނުންވެސް ރައީސް ޔާމީނަށް ތާއިދުކުރާ 96000 ރައްޔިތުންގެ އިތުބާރެއް ނެތް މީހެއް ތިސޫދުތީ.