ކުރީގެ ސަރުކާރުން އެއަރޕޯޓް ތަރައްގީ ކުރަމުން އައި ބޭރުގެ ކުންފުނިން ރިޝްވަތުގެ ކަޅު ފާއިސާ ނަގާފައި އޮތުމުން މާފަރު އެއަރޕޯޓް ނުނިމި ލަސްވެފައިވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަރު އެއަރޕޯޓް އަޅަމުން އަންނަނީ އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓް ޕްރޮގްރާމުންނެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު ހާރޫންއަށް ތާއީދް ހޯއްދެވުމަށް ނ. މާފަރަށް ވަޑައިގެން އެ ރަށުގައި އޮތް ހާރޫންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާފަރު އެއަރޕޯޓް ތަރައްގީ ކުރަމުން އަންނަ އަބޫދާބީގެ ކުންފުނިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރާއި ވާހަކަދައްކަމުން ކަމަށާއި، މި ސަރުކާރުން އެ ޕްރޮޖެކްޓް ނުހުއްޓުވާނެ ކަމަށެވެ.

" ޔާމީންގެ ސަރުކާރުން މާފަރު އެއަރޕޯޓް ތަރައްގީ ކުރަމުން އަންނަ ބޭރުގެ ކުންފުނިން ރިޝްވަތުގެ ކަޅު ފާއިސާއަށް އަބަދުމެ، އެބޭފުޅުންގެ ސަރުކާރު އޮތް އިރު އެދެމުން ދިޔަ " ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުން ރިޝްވަތުގެ ހުތުުރު ފާއިސާ ހޯދައިގެން އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތެއް ދޭން އެމީހުން ކައިރީ މި ސަރުކާރުން ނުބުނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޝްވަތުގެ ފާއިސާއިން ޕްރޮޖެކްްޓްތައް ހިންގުން އެއީ ތަރައްގީ ހޯދުން ނޫން ކަަމަށެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައީސް ޔާމީންގެ ވެރިކަމުގައި މާފަރުގެ އެއަރޕޯޓްގައި ވަނީ ޓެސްޓް ފްލައިޓެއް ޖައްސާ އެއަރޕޯޓް ހުޅުވާފައެވެ. އޭގެ ފަހުން އެއަރޕޯޓްގައި އިތުރު ފްލައިޓެއް ޖައްސާފައިނުވާއިރު، އެއަރޕޯޓްގެ އަަމަލީ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އިންސާފު ނުހަނު ބޭނުންވެފައިވާ ކަމަށާއި، އެކަން ރައްޔިތުންނަށް ވެގެންދާނީ އެޖެންޑާ 19 އިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔީޓޯ

    މިހާރުގެރައީސުލްޖުމްހޫރީއްޔާކީ ކާކުކަންނޭގުނު ކެނީގެ ނަޝީދުތޯ
    އިބޫތޯ

  2. ހުސޭނުބޭ

    މާފަރު އެއަރޕޯޓު ލަސްވަނީ އެއްޗެއް ހާވަން ނޭގޭ ބަޔަކު ވެރިކަމަށް އައުމުން!