ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައި ވަނިކޮށް އެ ރަށް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ވަރުވާ ދޫކުރަން އެ މިނިސްޓްރީން މިއަދު އިއުލާން ކޮށްފައި ވަނީ އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށެވެ.

އަދި ވަރުވާ ދޫކުރަށް އިއުލާންކުރި ފަޅުރަށްތަކުގެ ތެރޭގައި މާފިނޮޅާ އެކު 25 ރަށެއް ހިމެނޭއިރު އިއުލާނުގައިވާ ގޮތުން އެ ރަށްތައް ވަރުވާ އަށް ނަގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބިޑް ފޯމް ވިއްކަން ފަށާނެ ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާތީ 14.60 ހެކްޓަރުގެ އެ ރަށުގެ އީއައިއޭ ހަދައި ދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އިއުލާނެއް ކޮށްފައި އެވެ. ހޯރަފުށި ކައިރީ އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙެޔޮނުވާނެ

    މިކަމުގަނޭޅޭތި، މިބޮޑުއޮޅުވާލުމެއް. ބޮޑު ސާވޭއެއް ކުރުވާފަ ތިތަން އަތުަލާނެ.

  2. ހޯރަ

    ވާނުވާ އެނގޭބާ.....ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައި....

  3. ހަހަހަ

    ކޮމެންޓް ނުލީކީއްވެ

  4. ޢަލީ އަކުބަރ

    ހަނިމާދޫ އެއާޕޯޓުންފުރައިގެން ހޯރަފުއްޓަށް ދާން އެންމެ 30 މިނެޓްވެސްނުނަގާނެ ކޮންމެރަށެއްގައި އެއާޕޯޓް އެޅުމށްވުރެން ސީޕުލޭން އިތުރުކުރުން މާމުހިންމެވެ ހުރިހާރަށަކަށް ސީޕްލޭންޖެއްސޭނެ