ސަލަފިއްޔާއަށް ނިސްބަތްވާ އިލްމުވެރިންނަކީ އެއްޖިންސުން ގުުޅުން ހިންގާ ބައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ދީނީ އިލްމުވެރިންތަކެއް ނަޝީދަށް ހޫނު ރައްދެއް ދީފިއެވެ.

ނަޝީދުގެ މި ވާހަކަފުޅަށް ވަރަށް ގިނަ އާއްމުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ.

ނަޝީދު ދެއްކި މި ވާާހަކަތަކަށް ރައްދު ދެއްވައި ޑރ އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލިވާތުގެ ތުހުމަތު މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު ނުވަތަ އަޅުވައިފިނަމަ ހަތަރު ހެކިން ދައްކަން ޖެހޭނެ ކަމަށެވެ.

" ލިވާތުގެ ތުހުމަތު މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު ނުވަތަ އަޅުވައިފިނަމަ ހަތަރު ހެކިން ދައްކަން ޖެހޭނެ, ހެކިން ނުދެއްކިއްޖެއްނަމަ ގަޒުފުގެ ހައްދަށްވާ 80 އެތިފަހަރުގެ ތައުޒީރުގެ އަދަބު އެފަރާތަކަށް ދޭން ޖެހޭނެ " އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒްގެ އިތުރުން ދީނީ އިލްމުވެރިޔާ ޝައިހް ޒައިދު ވިދާޅުވީ ،ވަކި ބަޔަކު ދީނާއި ހިލާފު ވާހަކަތައް ދެއްކުމުން ހަމަ އަތްތިލަބަޑި ޖަހާ ބަޔަކު އެބަތިބި ކަމަށާއި ތަކުރާރުކޮށް ދީނާއި ހިލާފުވާހަކަތައް ދައްކާއިރުވެސް އެކަން ބަޔަކަށް ކަމަކަށް ނުވާތީ ހައިރާންވާ ކަމަށެވެ.

" މިއީ ވަރަށް ދެރަ ކަމެއް ވަކި ބަޔަކު ދީނާއި ހިލާފު ވާހަކަތައް ދެއްކުމުން ހަމަ އަތްތިލަބަޑި ޖަހާ ބަޔަކު އެބަތިބި. " ޝައިހް ޒައިދު ވިދާޅުވިއެވެ.

ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ޝައިޚް ޝަފީޢް ވިދާޅުވީ ނަޝީދު، ޢިލްމުވެރިންގެ ކިބައިގަ ހަޑިމުޑުދާރު ބުހުތާނެއް އަޅުވައި މިއަދު ދެއްވީ ރާއްޖޭގެ އިސްލާމީ ދައުވަތަށް ވަރުގަދަ ހަމަލާއެއް ކަމަށެވެ.

" ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ހަޑިމުޑުދާރު ބުހުތާނެއް އިލްމުވެރިންގެ އިސްތަށިފުޅުގައި އެޅުއްވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ދައުވަތަށް ދެއްވި ވަރުގަދަ ހަމަލާއެއް މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން " ޝައިޚް ޝަފީޢް ވިދާޅުވިއެވެ.

ސަލަފިއްޔާއަށް ނިސްބަތްވާ އިލްމުވެރިންނަކީ އެއްޖިންސުން ގުުޅުން ހިންގާ ބައެއް ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލަފިއްޔާގެ ޝެއިޙުންނަކީ ފިތުނަ އާއި ފަސާދަ އަދި ﷲ އެންގެވި ހުރިހާ ނަހީކަންތައްތައް ކުރަމުން ހިނގާ މީހުން ކަމަށެވެ.

"މާލޭ ތެރޭގައި އުޅެއުޅެފައި ސަލަފިއްޔާއަށް ގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދަން އުޅެއުޅެފައި ދެން ތިމަންނާމީ އެވެނިއެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި އަންނަ ގޮތަށް ރާއްޖެ އައިސް މާ ދީނީ ބޭފުޅެކޭ ކިޔައިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު ނުކުރޭ" ސަލަފިއްޔާއިން ކިޔެވި ޝެއިޚުންނަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. .....

    އަސްލުވެސް ނަޝީދުގެ ފިކުރަށް ކިއެއްތަ މުޅި ޑިމޮކުރަސީ އަށްވެސް ހިތްތަކުގަ ނަފުރަތްތެރިކަން އުފައްދަން އިލްމުވެރިންނަށް ވާޖިބުވާނެ...ބާތިލް ނިޒާމްތަކަށް ނުރުހުން ނުވެ ހައްގަށް ރިހެވޭނެ ހަނިވިޔަސް އެންމެ ގޮތެއްވެސް އިސްލާމްދީނަކު ނޯވެޔޭ....ސާފުުތޯ ނަޝީދު...

    54
    3
  2. Anonymous

    ދެން މާ ދެއްކެން ވެގެން

    22
    2
  3. އަލިތަކުރު

    ދެން މާ ހޫނު ފެނަކުން ރައްދުދީ ހެދިޔަސް ކުރާނެ ކަމެއްނެތް. ދެން ހަމަ ތިބެންޖެހޭނީ ރޯލަރޯލަ. 2007 މައުމޫނު ވެރިކަމުން ބާލަން ވެގެން ވެހުނު ވާރޭގަ ދިންހާ އައްވެއްގަ ރޮއެފަ ދުއާދަންނަވާ.. ޖާނާ މާލު ދީގެން ތިޔަ ނަޝީދު ވެރިކަމަށް ގެނައީ ހަމަ ސީދާ ތިޔަ އަދާލަތު އިސްވެ ހުރެގެން. އޭރުވެސް އަޅުގަނޑުމެން ގޮވަމުން ދިޔައިން އެއީ ހުޅަނގުގެ ދީނާ ދުރު އެޖެންޓެކޭ ހެޔޮނުވާނޭ ވެރިޔަކަށް ގެންނާކަށް. އެއީ ކޮންމެހެން މައުމޫނު ގެ ހުރިހާ ކަމެއް ރަނގަޅުވެގެންނެއް ނޫން.. އެހިތި ބޮއެގެން ކަރުބުޑުން ނުފިލަ އުޅެނިކޮށް 2018ގަ ދެވަނަ ފަހަރަށް ތިޔަ ކެނެރީގޭ ނަޝީދު ގޯތި ލާދީނީ އާއިލާ މީހަކު ގެނައުމުގަ އިސްކޮށް އުޅުނީ ތިޔަ އަދާލަތު މީހުން. ދެން ބުނަނީ އެއީ އަންނި އެއްނޫނޭ ދުވަސްކޮޅަކުން އެކަންވެސް ބަދަލުވެގެންދާނެ.. ބަލަންތިބޭ.. ހަނދާންކުރާތި މިޤައުމުގެ ދީނާ ސިޔާދަތައް ލިބޭ ކޮންމެ ދެރައެއްގަ ކަލޭމެންނަށް ބައި އެޅޭނެ.. އިމްރާނު މަޤާމުގަ ހުންނަން ލަދުފުޅު ނުގަނޭބާއޭ ހިތައްއަރާ..

    83
    4
  4. ޕީޖޭ

    ވީއެންމެ އަވަހަކަށް ތައުބާވުމަށް ގޮވާލަން..ބަޓް އަންނި ޝެއިޚުންނަށް އެއްޗެހި ބުނީމަ ނޮޓްސޯ ސަޕްރައިޒް، އެކަމަކު ރަތް ރޮގު ހުރަސް ތިކުރީ..ތީބޮޑުވަރު..

    75
    3
  5. މޯދީ

    މާތްﷲ މި ނުބައި ކަލޭގެ ނުބައި ގޮތަކަށް ހިއްޕާވާނެ ނަމަ

    101
    4
  6. އާކާސް މުހައިމިނު ކުޅުދުއްފުށި

    ވޯޓުން ނަޝީދު ބަލިކުރަމާ ހިނގާ. ސަރުކާރަށް ބާރުލިބުނީމާ މުނާފިގުންގެ ބާރުއެބަ ގަދަވޭ... ހޭއަރުވާލަމާ ބަހީ... ނޯ ޔެލޯ... އިބޫ ވެރިކަން ކޮއްފާނެތީ އެ ހިމާރު އެއުޅެނީ... އަދާލަތު ކޯލިޝަނުން ވަކި ނުވެގެން ވެރިކަން ބައްކުރެވެން އޮތީ....

    81
    4
  7. Kamaal

    ތީ މިގައުމައް ޖެހިފަހުރި ބޮޑު މުސީބާތެއް ތިކަލޭގެ ކިބައިން މިގައުމު ސަލާމައްވޭތޯ ދިވެހި ހުރިހާ ރަށްޔިތުން މަސައްކައްކުރަން އެބަޖެހޭ.

    76
    2
    • ފ

      މި ގައުމަށް ޖެހިފައިވަނީ ރަންނަމާރީގެ ބަލާ

      26
      3
  8. ަެއަލީ އަހްމަދު

    ކޮބައިތޯ ޝެއިޚް އިލްޔާސް ފިލީތޯ

    66
    2
  9. ދެއުޅި

    މިކަމާ ޝައިޚު އިލްޔާސްގެ ބަސްފުޅަކީ ކޮބައިތޯ ހާދަ ބަލައިލާ ހިތްވެޔޭ. މިވެސް ހަމަ މާތް ނަބިއްޔާ އެބަޔަކު އިސްކުރުމަށް އިރުޝާދު ދެއްވިފަދަ ވެރިންގެ ސިފައެއްތޯ؟؟؟؟!!!!!

    72
    2
  10. ވަރުވާ

    ރައީސް ނަޝީދުއާމެދު، ޤަޛުފުގެ ދަޢުވާ ކުރެވެންޖެހޭނެ. ދީނީ ޢިލްމުވެރިންނަކީ، ކައު އިތުރު މުޙައްމަދުއްރަސޫލުﷲގެ ދަޢުވަތު މީސްތަކުންނަށް ރައްދުކުރުމަށް ފޮނުއްވެވި ބައެއް. ނަޝީދަށް މެމްބަރުކަން ދިނުމަށް ވޯޓް ދޭނީވެސް ލާދީނީ ފިކުރުގެ މީހުންކަން މިހާރު ޔަޤީންވެއްޖެ.
    އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރައްވާނަންތޯ؟ ދެންނެވުނު ސުވާލަކަށްވެސްވަނީ، ޖަވާބެއްނުލިބި.
    މާތްﷲ މި މާތް އިސްލާމްދީން އަބަދަށް ޙިމާޔަތް ކުރައްވާށި. އާމީން

    74
    2
  11. މުހައްމަދު

    ކަލޭ ނިސްބަތްވާ ޕާޓީގެ ބަލާވެރިކަމުން މިގައުމު މިދަރަޖަޔަށް ވެއްޓުނީ! ބޮޑުސކުބޭމެންމަގާމު ބޭނުންވީމާ ގައުމުގެ ލާފީނީ ބާއިގަނޑު ކުރިޔަށްނެރެފާ ކޮން ފކެކ ކިޔާކަށް

    48
    3
  12. ރިފާޢު

    ކުރާނީ ކީއްތޯއެވެ. މިރާއްޖޭގައި މި އަންނި ކޮންމެ ވާހަކައެއް ދެއްކިޔަސް ކަމުދާ ބައިގަނޑެއް އެބަ އުޅެއެވެ. ގަމާރެއްގެ ފަހަތުން ދުވާ ޢިލްމީ ބޭފުޅުން ތިބިކަމީ އަހަރެން ޙައިރާންވާކަމެކެވެ. އެއްފަހަރު ޢިލްމުވެރިއަކު ބުނެފާނެއެވެ. އެއަންނި ބުންޏޭ ތިމަންނުޖެހޭ އެކަލޭގެ(ރަސޫލާއަށް) ޞަލަވާތްކިޔަވާކަށް މިހެން ކިޔައި ނިކަން އަސަރާއެކީ ޕޯޑިއަމްގައި ވާހަކަދައްކާ އަންނިއަށް އެއްޗެހި ގޮވާތަން ފެނއެވެ. އަނެއްފަހަރަށް އަންނިވަރެއް ނެތިގެން އުޅޭތަން ފެނއެވެ. ކުދިންނޭވެ. މިރާއްޖޭގެ މި ސިޔާސީ މަސްރަޙް ކިލަނބުކޮށް ހިތުހުރި އެއްޗެއް މީހުންނަށް ގޮވައި އިޖްތިމާޢީ ފޭރާން ނަގާލި މީހަކަކީ ކެނެރީގޭ އަންނި ފިޔަވައި ދެންކާކުހެއްޔެވެ. މައުމޫން ދައުރުގައި ހުރިހާ ވިޔާނުދާކަމެއް ފެށިމީހަކީ އަންނިއެވެ. އެއީ ބައެއްގެ ރޭވުމުގެމަތީން އެ މޮޔަސޮރުލައްވައި ކުރުވިކަމެކެވެ.

    57
    3
  13. ޢަހަންމާ

    ޢަޅުގަނޑު މެން މާބޮޑަށް ހާރާންވޭ ތި ގޮތަށް ޓްވީޓެއް ކޮށްލީމާ ޓްއީޓެއއ ކޮށްގެން ވާނެ އެއްވެސް ފާދާއެއް ނޯންނާނެ.. ތިހެން ނަހައްދަވާ އިސްލާމް ދީނުގެ އަދުއްވުން ކިބައިން މި ޤައުމު ސަލާމަތް ކޮށްދެއްވާ

    56
    2
    • ހ

      ހައްދު ޖަހަނީވެސް ޓުވީޓުންތަ ގަމާރު ޝޭޚުން؟

      12
      10
  14. ޫޔިތތިު

    ތިބޭފުޅުން ގަބޫލުކުރިޔަސް ނުކުރިޔަސް މިގައުމުގައި ވޯޓް ލިބެނީ އިސްލާމްދީނަށް ފާޑު ކިޔައިގެން އަދި ދީނާއި ބީރައްޓެހި އެޖެންޑާ ދެއްކި ވަރަކަށް.
    މިކަލޭގެ އެކަގަލަ އެއްޗެއް ބުނި ކޮށްމެ އިންތިހާބެއް އޭނާ ކާމިޔާބުކުރޭ.

    45
    2
  15. ސލ

    80 އެތިފަހަރުން ތައުޒީރު ކުރުމަށް ގޮވާލަމެވެ
    އަދި އެކަން އެއްވެސް ވަރަކަށް ލަސްނުކުރުމަށް
    ގޮވާލަމެވެ އިތުރު ޝަރީޢަތެއް ހިންގުމަކާނުލައި
    ޖުމްހޫރީ މައިދާނުގައި އެ ހައްދު ގާއިމުކުރުން
    ރަނގަޅެވެ.

    50
    3
  16. ނަސްރު

    މީނަޔަކީ އަސްލު ކާކު! މީނަ ހަންމަތަ ނުކޮށް މިރާއްޖެ ސަލާމަތެއް ނުވާނެ. މީނަޔަށް ހީވާކަހަލަ މީނަ އުޅޭ ގޮތަށޭ އެންމެންވެސް އުޅޭނީ. މާތްﷲ މީނަގެ ކިބައިން މި ރާއްޖެއާއި އަދި މައްޗަންގޮޅި މެދު ދާއިރާ ސަލާމަތް ކުރައްވާށިއެވެ. މީނައަށް ރަނގަޅު ޢިބުރަތެއް ދައްކަވާށިއެވެ. އާމީން

    41
    3
  17. ދދދދދދ

    " މިއީ ވަރަށް ދެރަ ކަމެއް ވަކި ބަޔަކު ދީނާއި ހިލާފު ވާހަކަތައް ދެއްކުމުން ހަމަ އަތްތިލަބަޑި ޖަހާ ބަޔަކު އެބަތިބި. " ޝައިހް ޒައިދު ވިދާޅުވިއެވެ. ހަޔާތް މަދުކަމާއެ. އަތްތިލަބަޑި ޖަހަޖަހާ ހުރެ ކޯޗެކޭ މިމީހާ މިކިޔަނީ. ދީނަށްޓަކާ ކަލެއަށް ނަފްރަތު ކުރަން.

    24
    1
  18. ދދދދދދ

    " ލިވާތުގެ ތުހުމަތު މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު ނުވަތަ އަޅުވައިފިނަމަ ހަތަރު ހެކިން ދައްކަން ޖެހޭނެ, ހެކިން ނުދެއްކިއްޖެއްނަމަ ގަޒުފުގެ ހައްދަށްވާ 80 އެތިފަހަރުގެ ތައުޒީރުގެ އަދަބު އެފަރާތަކަށް ދޭން ޖެހޭނެ " އިޔާޒް ވިދާޅުވިއެވެ. ކާކުގެ ވާހަކަ ކަލޭ ތި ދައްކަނީ. ހަމަ ގައިމުވެސް މިއުޅޭ ލާދީނީ ކަލޭގެއާ ދެކޮޅަކަށް ކަލެއަކަށް ނުކެރޭނެ އެއްޗެއް ބުނާކަށް. ރަސޫލާ ދެއްވިފަދަ ވެރިން ހޮވައިގެން ކަލޭ ތިއުޅެނީ ޕާޓީ ކޮށެއްނު. ހުރި ހަޔާތްކުޑަކަން ދެކިބަލަ. ދީނަށްޓަކާ ކަލެއަށް ނަފްރަތު ކުރަން

    23
    2
  19. Anonymous

    ވަގަށް ގޮވުމަކީވެސް ގަޒުފެއްނޫންތޯ؟ 2 ފިރިހެނުން ހެކި ނުދޭނަމަ ތައުޒީރު ކުރެވޭނެ.

    20
    1
  20. ކުރެދި

    ތީ މިގައުމައް ޖެހިފަހުރި ބޮޑު މުސީބާތެއް

    25
    1
  21. ކުޑަކާށި

    ވަގަކު ވައްކަންކުރުމަކީ ދިވެހިޤައުމުން އިސްލާމްދީން ފޮހެލަން މަސައްކަތްކުރަން ޖެހޭސަބަބެއް ނޫން ، އިލްޔާސް އާއި ޒައިދުމެން ކުރީއެމަސައްކަތް މިއަދުވާހަކަދެއްކުމުގެ ބޭނުމެއްނެތް ،،،،،،

    16
    1
  22. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    ނަޝީދު ނަމާދަށް އަރާ މީހުންގެ ވޯޓު ބޭނުމެއްނުވޭ... އިލިޔާސް، އިމުރާނު ދުވަނީ ސަނާ ކިޔަމުން

    20
    1
  23. އަޙްމަދު

    ނަޝީދުއަކީ އެމްޑީފީގެ ހަލާކު، ގައުމުގެ ހަލާކު. މިނާގެ ވަކިތަކުން މިގައުމާއި ވަތަށް ސަލަމަތް ކުރައްވާށި. އަދި މަޖްލީހުގެ އިންތިހާބުން ބޮޑު ބައްޔަކުން ބަަލިކުރައްވާށި. އިލްމެރިން އެންމެންނަށާއި އަދީ އައްމުންގެ ތެރެއިން މިކަމަށް އެއްބަސްވާމީހުން ގިނަގިނައިން ދުޢާ ކޮށްދިނުމަށް!

    25
    1
  24. ޢާއިޝަތު

    ނަޝިދުގެ މިވާހަތައް ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކޮށް މިހާރުގެ ސަރުކާރަށް ގޮވާލަން މީނާ އިސްލާމްދީނާ ދެކޮޅަށް ދައްކާވާހަތައް ވަލައި ތަހުޤީގުކޮށް ހަރުކަށި ފިޔަވަޅު އެޅުމަށް

    15
    1
  25. ނިކަމެތިމީހާ

    އިބޫ ވެރިކަން ކޮއްފާނެތީ އެސޮރު އެ ތެޅެނީ!

    3
    1
  26. ސޮމެޮނެ

    ދެން މައްޗަންގޮޅި މެދުދާއިރާ ގެގޮޑި ހައްގު ވެއްޖެކަމަށް ވިދާޅުވޭ!

    1
    2
  27. ވޯޓްވަގު

    ޢިލްމުވެރިންނޭ ތިގޮތަށް ރައްދު ދިނުމަށްވުރެ ރަނގަޅުވާނެ ހުރިހާ އިލްމުވެރިންނާއި އިސްލާމްދީނަށް ނަސްރުދޭ ހުރިހާ ދިވެހިން، ނަޝީދުގެ ދުލާއި އަތުގެ ނުބައިކަމުން ދިވެހިއުންމަތް ސަލާމަތްކޮށްދެއްވާތޯ ދުޢާ ކުރިއްޔާ، ހައްދަވާ ގެންގުޅުއްވާ އިލާހް ނަޝީދުގެ ދުލާއި އަތުގެ ނުބައިކަމުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވާންދޭވެ. އިސްލާމްދީނާއި އެދީނުގެ ވަހްދަތު ދިވެހިންގެ މެދުގައި ވަރުގަދަ ކޮށްދެއްވާންދޭވެ. މިއުމްމަތުގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމާއި ސޮލަވާތާއި ބަރަކާތް ކައްވާންދޭވެ. އާމީން ޔާރައްބަލް ޢާލަމީން.

    7
    1
  28. މުޙައްމަދު

    މީހުން ދެނެގަތުން ތަންކޮޅެއް ލަސްވަނީ. ތާއީދު ކުރީ ސާލިހަށް. އޭގެފައިދާ ނަގަނީ ނަޝީދު. ވޯޓްދިންއިރު މިކަން މިހެންވާނެކަން އެވެރިންނަށް ވިސްނިފަ ނެތީ. ޥިސްނިގެން އެވާހަކަ ދެއްކި ބަޔަކުވެސް ތިބިދޯ.

    3
    1
  29. ހިސާން

    ނަސީދުގެ ވަކީލު ހިސާން ހުސެއިން ގެ ބައްޕަޔާ ބޮޑު ބޭބެ އަކީވެސް އެހެންވީމަ އެކަހަލަ ބައެއް.
    ތިބުނާތަނަކުން ކިޔެވީ އެމީހުން.