ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި އަތޮޅުތެރޭގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން އަތޮޅު ތެރޭގެ ނުވަ ރަށެއްގައި ޖުމްލަ 800 (އަށްސަތޭކަ) ހައުސިންގ ޔުނިޓް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ ފިނޭންސް މިނިސްޓްރީން ހުޅުވާލައިފާ އިއުލާން ބާތިލްކޮށްފި އެވެ.

މިއަދު އެ މިނިސްޓްރީން އިއުލާންކޮށްފައިވަނީ ހައުސިން މިނިސްޓަރުގެ އެދިލެއްވުމުގެ މަތިން ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ، ލ.ގަން، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.މަޑުއްވަރި، ސ.ފޭދޫގައި އަދި ށ.ކޮމަންޑޫގައި ޤާއިމުކުރާ ހައުސިން ޔުނިޓުތައް ޑިޒައިން، ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަރައްޤީ ކުރާނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނު ބާތިލް ކުރިކަމަށެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ ލ.ގަމުގައި 200 ހައުސިންގ ޔުނިޓާއި، ބ.އޭދަފުށީގައި 100 ހައުސިންގ ޔުނިޓާއި، ޅ.ހިންނަވަރުގައި 100 ހައުސިންގ ޔުނިޓާއި، ސ.ފޭދޫގައި 100 ހައުސިންގ ޔުނިޓާއި، ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓާއި، ދ.މީދޫގައި 50 ހައުސިންގ ޔުނިޓާއި، ދ.ކުޑަހުވަދޫގައި 50 ހައުސިންގ ޔުނިޓުގެ އިތުރުން ރ.މަޑުއްވަރީގައި 50 ހައުސިންގ ޔުނިޓު އަދި ށ.ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓު ޑިޒައިންކޮށް، ތަރައްޤީ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަތޮޅޭ

    ރާއްޖެ ތެރޭ ކުރާ ކަމެށް ވީމަ ވާނީ ތިވަރު

  2. އަތޮޅޭ

    އޮޅު މަކުން ކުރި އިޔުލާނެ ކޯ