އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ އެމްޑީޕީގެ ކެމްޕޭނަށް ލ.އަތޮޅަށް ވަޑައިގެން އެއަތޮޅު ގަމުގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފިއެވެ.

ޓީޗަރުންނަށް މަޖުބޫރު ކޮށްގެން އަދި ބެލެނިވެރިންނަށް ޖަލްސާގެ މަޤުޞަދު އޮޅުވާލައިގެން ދައުވަތު ފޮނުވި ޖަލްސާގައި މިނިސްޓަރ އައިޝަތު ވިދާޅުވީ "ކަންކަން ފަސޭހައިން ކުރެވޭނީ ގަމު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓް ދީގެން" ކަމަށެވެ.

ގަމު ކައުންސިލް އިދާރާގައި ރޭ އޮތް ބައްދަލުވުމުގެ ދައުވަތު ސްކޫލްތަކުގެ ބެލެނިވެރިންނަށް ފޮނުވީ ވެސް ސްކޫލްތަކުގެ ޕޯޓަލް މެދުވެރިކޮށް ކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ބައްދަލުވުމަށް ހާޒިރުވި ބެލެނިވެރިޔަކު ބުނީ ސްކޫލުން މެސެޖް ކޮށް ބައްދަލުވުމުގެ ދައުވަތު ފޮނުވުމުން އެއީ އެޑިއުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން ބެލެނިވެރިންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ބެލެވުނު ކަމަށެވެ.

"ސްކޫލުން މެސެޖް ކުރީމަ އެހެން ފަހަރު ތަކެކޭ އެއްގޮތައް ބެލެވުނީ އެއީ އެޑިއުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން ބެލެނިވެރިންނާއި އެކު ބާއްވަވާ ބައްދަލުވުމެއް ކަމަށް. ނަމަވެސް ބައްދަލުވުމުގައި ދެއްކީ އެމްޑީޕީގެ އެޖެންޑާ 19 ގެ ވާހަކަ. އެޖެންޑާ 19 އަށް ވޯޓް ނުދީފިނަމަ ތައުލީމީ ދާއިރާ އިން އެއްވެސް ކަމެއް ކޮށްނުދެވޭނެ ވާހަކަ. މިނިސްޓަރ އައިޝަތު އަލީ އާއި މިނިސްޓަރ މުސްތަފާ ލުތުފީ އެވާހަކަތައް ދެއްކެވި." އޭނާ ބުންޏެވެ.

ގަމުގެ ސްކޫލެއްގެ ޓީޗަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޖަލްސާ އަށް ދިއުމުގެ ދައުވަތު ސްކޫލްގެ ޕޯޓަލް މެދުވެރިކޮށް ފޮނުވުމަށް ފަހު ވަކިވަކިން ޓީޗަރުންނަށް ފޯނުކޮށް ވެސް ބައްދަލުވުމަށް ދިއުމަށް ސްކޫލްތަކުގެ ވެރިން އެންގި ކަމަށެވެ.

"ސިޔާސީ ހަރަކާތެއްގައި ބައިވެރިވާން މަޖުބޫރު ކޮށްގެން ކުރިއަށް ގެންދިޔަ ޖަލްސާއެއް މިއީ. ވަރަށް ހިތާމަ ހުރިކަމެއް މިއީ. އެމްޑީޕީން މިފަދަ ކަންކަމާއި ދެކޮޅު ހެދުމަށް ފަހު ވެރިކަމަށް އައިސް މިކަންކަން ތަކުރާރު ކުރުން ވަރަށް ހުތުރު." ޓީޗަރުން ބުންޏެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ލ.އަތޮޅު ފޮނަދޫގައި ވެސް މިގޮތައް ބެލެނިވެރިންނާއި ޓީޗަރުންނަށް ދައުވަތު ދީގެން މިނިސްޓަރ އައިޝަތު އަލީ ވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. Anonymous

    މީނަ މަގާމަށް އައީއްސުރެ ކޭމްޕޭން ނޫން ކަމެއް ނުކުރޭ. މިއީ އެންމެ މަދު ވަގުތު މިހާތަނަށް އޮފީހުގް ހޭދަކުރި ވަޒީރު. އަދި ނޫޅޭ ތައުލީމީ ދާއިރާ ރަނގަޅު ކުރަން ކަމެއް ކުރާކަށް. ނަމެއްގަ މަހާ ސިންތާއެއް ބޭއްވި. ދެން ނާސްތާ ދިނީމަ އެއޮތީ ވައުދު ފުދިފަ. ނަނ ވާނީ އައިޝަތު ޝިހާމް. އެމް.ޑީ.ޕީ ވީމަ އެންމެނަށް މިގޮތް ވެސް ކަމުދާނެ

    104
    65
  2. މކސ

    ކޮބާތަ އޭސީސީ. ކޮބާތަ ޓުރާނސްޕޭރެންސީ، ކޮބާތަ އީސީ، ކޮބާތަ ކޮމިޝަންތައް؟ ކޮބާތަ؟؟ކޮބާތަ؟

    108
    5
  3. ލަބީބު

    އިދިކޮޅުގެ އަޑުއިއްވަން ހުރި ޓީވީ ބްލޮކްކޮށް ، އިދިކޮޅުއަޑު ކަނޑުވާލުމަށް ވަގުން މިކުރާ މަސައްކަތް ބަރުބާދުކުރައްވާށި! އާމީން

    92
    7
  4. އަލީ

    ތިއީ މިހާރުވެސް ނާސްތާގެ ވައުދާ ހިލާފުވެ ހިޔާނާތްތެރިވެފައިން ބޮޑު ހިޔާނާތްތެރިއެއް ނުވިތާކައް އައުރަވެސް ނިވާކުރަން ނޭންގޭ

    96
    6
  5. މުދައްރިސް

    ލ.މާވަށު ގައި ވެސް ބެލެނިވެރިންގެ ބައްދަލުވުން ބާއްވަން އެޑިޔުކޭޝަނުން އެންގީ އެމް.ޑީ.ޕީ ހަރުގެ ސަރަހައްދުގައި... އެކަމަކު ސްކޫލްގެ ވެރިން އެންގީ ހަރުގެ ސަރަހައްދަން ބެލެނިވެރިންނަށް މެސެޖް ނުފޮނުވާނެ ކަމަށް.. އަދި ސްކޫލްގައި ނޫން ގޮތަކަށް ބެލެނިވެރިންނާ ބައްދަލު ނުކުރެވޭނޭ ކަމަށް... އެންމެ ފަހުން ބާއްވަން ޖެހުނީ ސްކޫލްގެ ހޯލެއްގައި...

    64
    4
  6. ދެފުއްކެހެރި

    އޭރުވެސް މަށައް އެނގޭ އެމްޑީޕީ އިން ތި ހުރިހާ ހަޑިއެއް ހާވާނެ ކަން.

    73
    4
  7. މާސްޓަރ

    ރާއްޖޭގެ ވަރަށްގިނަރައްރަށުގައި މިޖަލްސާ ހަމަ މިގޮތަށް ބާއްވައިފި. ރާއްޖޭގެ ނޫސްތަކަށް ކަންކަން ފަހުމުވާނީ ވަކި ބަޔަކު ކުރީމަ. 100 ޖަލްސާ ބޭއްވީމަ އެންމެ ޖަލްސާއެއްގެ ވާހަކަ ތިދައްކަނީ. މި ކަމަނާ މި ކެމްޕެއިންގައި މޮގަތަށް ޖަލްސާ ބޭއްވި ޢަދަދު މަދުވެގެން 100 އަށް އަރާނެ.

    53
    5
    • ފާތިމާ

      ހުރިހާ ސަރުކާަރަކުން ވެސް މިހާަތަނަށް ކަން ކުރަމުން އައީ ހަމަ ތިގޮތަށް ސުކޫލުގެ މުވައްޒަފުން އަދި ބެލެނިވެރިންގެ އިތުރުން ކިޔަވާ ދަރިވަރުން ވެސް ކެމްޕެއިން ހަރަކާތް ތަކަށް ނެރޭ

      4
      2
  8. މުދައްރިސް

    ލ.މާވަށު ސްކޫލުގެ ބެލެނިވެރިންގެ ބައްދަލުވުންވެސް ބާއްވަން އެޑިޔުކޭޝަނުން ބޭނުންވީ އެމް.ޑީ.ޕީ ޖަގަހަ ސަރަހައްދުގައި... އެކަމަކު ސްކޫލްގެ ވެރިން އެންގީ އެގޮތަށް ބެލެނިވެރިންނަށް މެސެޖް ނުކުރާނެކަމަށް.. އެންމެ ފަހުން ބައްދަލުވުން ބާއްވަން ޖެހުނީ ސުކޫލުގައި..

    38
    13
  9. ޣަމްރު

    މިއީ ނާއިބު ރައީސް ގެންގުޅޭ ކުއްޖެއް. އިހަށް ރެއަކުވެސް އައްޑޫގަ ކެމްޕެއިން ޖަލްސާއެއްގަ އިންދާ ގުޅާލީމަ ވައިޓް އެލާޓްގައި އެއޮށް ގަދައިގަ ލޯންޗެއްގަ އެދިޔައީ ނައިބް ރައީސް އަރިހަށް ފުވައްމުލަކަށް. ލައްކަ ފޯރި އެބަހުއްޓެއްނު.

    54
    3
  10. ވެލިދޫ

    ނ. ވެލިދޫގަވެސް މިގޮތައް ބެލެނިވެރިންނާއި ޓީޗަރުންނަށް ދައުވަތު ދީގެން މިނިސްޓަރ އައިޝަތު އަލީ ވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ.

    46
    17
  11. އަހުމަދު

    ޕީ އެޗް ޑީގެ އަގު ވެއްޓިއްޖެ ތީސީސް ލިޔެދެއްވި ބޭފުންނަށް ފޯނު މެދުވެރިކޮށް ލޯބީގެ މެސެޖް ވެސް ފޮނުއްވި..... މިއީ ވަރަށް ވާހަކަ

    50
    3
  12. ކުޑަހުވަދޫ

    ކުޑަހުވަދޫ ސްކޫލް ޓީޗަރުންނާ ބައްދަލުކޮށްފަ ވެސް ތިހެން ބުނީ ހަމަ. އެމްޑީޕީ ކެނޑިޑޭޓް އާ އެކީގަ މީޓިން ބޭއްވީވެސް.

    71
    6
  13. ޝާމި

    ތީ އަމިއްލަ ބެސްޓް ފުރެންޑް ވަޒީފާއިން ވަކިކޮއްލި ގޮލައެއް އަމިއްލަ އެދުމަށް.... ވ ނުރައްކާ އަންހެނެއް ތީ...

    79
    3
  14. ބެލެނިވެރިޔާ

    އެޖެންޑާ 19 އަށް ވޯޓު ނުދިނުމުގެ ބާރު އޮތީ ބެލެނިވެރިންގެ އަތްމަތީގައި

    88
    5
  15. ލަޔާ

    ހާދަ ވައްތަރޭ ހަވަރު ތުންފުއްސަކާ!!!!!

    68
    6
  16. ރޭސް

    ހުރިހާ މަކަރެއް ހަދާނެ. މަކަރާ ޙީލަތަށް އަރާތިބި ބައިގަނޑެއްވިއްޔަ.

    76
    3
  17. ބުރިޓޯ

    މި ވޭތުވެދިޔަ 10 އަހަރުގައިވެސް އެޑިއުކޭޝަން މިނިސްޓަރ އަކު މިހާވަރަށް ސްކޫލްތަކަށް ސިޔާސީ ނުފޫޒު ނުފޯރުވާ! މަހީކުރީ އެންމެ ރަނގަޅު ގޮތުގައި މިނިސްޓަރަން ކުރާނެ ބޭފުޅަކީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރ ކަމަށް އެކަމު ކަންވީ މުޅިން އިދިކޮޅަށް!!

    78
    5
  18. ކިނބޫ

    އެމްޑީޕީން ނުކުރާނެ ތިކަހަލަކަމެއް.

    41
    18
  19. ހުޖަލި

    އެހެން ގައުމެއްގައި ނަމަ ވަގުތުން އިސްތިއުފާ މަޖުބޫރުވާނެ!

    67
    3
  20. ރަންނަ މާރި

    ތތިޔައީ ކުރީގެ ސަރުކާރުގެ ކަމެއްނަމަ ސްކޫލަށް ކުދިން ފޮނުވުމަށްވެސް ނުކުޅަދާނަވީސް

    72
    2
  21. ޙަސަނު

    ޢައުރަ ނިވާ ނުކޮށް ތިބޭ ޖާހިލުންނަށް ވެދާނެތަ ތަޢުލީމީ ވަޒީރުކަން ދޭން މި މީޙަޣޭ ލާދީނީ ކަން މިހިރީ ފެންނަން

    65
    8
  22. އަބުޅޯ

    ހަވަރު ތުންފުއްސެކޭ މިއީ. ވައްތަރީ އެހެންވެޔޭ. ލަޔާ.

    34
    3
  23. ޢާޟޯހު

    ކުޑަހުަވަދޫގަ ހުންނަ ދ. ޢަތޮޅު ތަޢުލީމީ މަރުކަޒުގެ ސްޓާފުންނާއި ބައްދަލު ކޮށްފައި ތިޔަ ބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާ . ޭ

    8
    27
    • ބުހުތާނު

      ނުދައްކައޭތޯ.... ކޮނ ދޮގެއްތިހަދަނީ... ބައްދަލްވުމައްދިޔައީވެސް ސަތިރު ގޮވައިގެން... ފާޅުގަބުނި އަޅުގަޑުމެންގެ ކެނޑިޑޭޓަށް ވޯޓުދީގެންނޭ ތިބޭފުޅުން ބޭނުންވާ ކަންތައްވާނީ...ކީކޭބާ އެބުނީ؟؟؟؟

      9
      1
  24. ޤައުމު

    އެއްވެސް މީހަކު އެމްޑީޕީއަށް ވޯޓް ދޭނެ ކަމެއްނެތް. ތައުލީމީ ހިދްމަތް ފޯރުކޮށްދޭން ޖެހޭނީ ވޯޓް ދޭ މަތިންނެތް ނޫން. ތިހުރީ ތި މިނިސްޓަރުގެ ހުރި ފެންވަރު. ނަމެއްގަ ނަގައިގެން އުޅޭ ޕީއެޗްޑީއެއް ތީ. އިސްތިއުފާ ދީފަ ގޭގަ އިނދެބަލަ. ތިކަހަލަ މިނިސްޓަރެއް އަހަރެމެންގެ ދަރިންނަކަށް ބޭނުމެއް ނޫން. ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް އެމްޑީޕީއަށް ވޯޓް ދޭށޭ ކިޔާފަ ކޮންމަޖްބޫރެއް ކުރާކަށް.

    42
    4
  25. ހުޝާމް

    "ސިޔާސީ ހަރަކާތެއްގައި ބައިވެރިވާން މަޖުބޫރު ކޮށްގެން ކުރިއަށް ގެންދިޔަ ޖަލްސާއެއް މިއީ. ވަރަށް ހިތާމަ ހުރިކަމެއް މިއީ. އެމްޑީޕީން މިފަދަ ކަންކަމާއި ދެކޮޅު ހެދުމަށް ފަހު ވެރިކަމަށް އައިސް މިކަންކަން ތަކުރާރު ކުރުން ވަރަށް ހުތުރު." ޓީޗަރުން ބުންޏެވެ

    39
    2
  26. ސަޓޯ

    އިބޫ އަންނި ނުކުރާނެ ތިކަހަލަ ވިޔާނުދާ ކަމެއް.. އެއީ ހުދުފޮށާހާ ސާފު ބަޔެއް

    36
    3
  27. ހުޖަން

    މަ ހީނުކުރަން މިދަރަޖައަށް މީނަ ވެއްޓޭނެ ކަމަށް. އެއްވެސް އޮއްޓަރެއް ހުރި މީހެއްނޫން. ދަަރިވަރުންގެ ނާސްތާގެ ކަންތަކާ ގުޅިގެންވެސް ދެއްކި ދަޅަ ނިކަން ދެކިބަލަ

    42
    1
  28. ރަންފައުނު

    ތީނަ ށ. އަތޮޅު ރަށެއްގެ ސްކޫލްގަވެސް އެތާނގެ ޕްރިންސިޕަލްއާ ގުޅިގެން ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓަށް ކެމްޕެއިން ކޮށްދިނުމަށް ސްކޫލަށް ބެލެނިވެރިން އެއްކޮށްގެން ޖަލްސާ ބާއްވަން އުޅުނު. ބެލެނިވެރިން ދެކޮޅުހެދުމުން އެކަންނުވީ.

    28
  29. ރައްޔިތުމީހާ

    6 އެޕްރީލްގައި ތިޔަ ހުރިހާ ކަމަކަށް ވިސްނާ.
    ސްކޫލްތަކުގައި ފޮތް ހަމައެއް ނޫން
    ސްކޫލްތަކުގައި ޓީޗަރުން ހަމައެއް ނޫން
    މިސްރަށް ދިޔަ، އެކަމު ޓީޗަރުން ވީ ހިސާބެއް ނޭގޭ
    ކުދިންގެ އެކްޓިވިޓީ ޔުނިފޯމެއް ނެތް
    އެކަމަކު ދުވާލު ދެ ދަޅައަށް ކެމްޕެއިނަށް ސްކޫލްތަކަށް ދަނީ

    39
  30. ހަމަ

    ކުރީގަވެސް އެތަންތަންހުރި

    20
  31. ކަނބުލޮ

    މީގައި ކޮރަޕްޝަން ވަރަށް ސާފު ތިޔަ ދަތުރު ހަމަޖެއްސީ ރަނގަޅަށް ވިއްޔާ ސަރުކާރުގެ ޚަރަދުގައި ކަމަށް ހީވޭ

    24
  32. މުފީދު

    މީ ތިއްތި ދައްކަން އުޅޭ އންހެނެއް ތައުލީމީ ވުޒާރާ ހިންގާކަށް ކަމަކި ނުދޭ ފެށެންސޯތަކަށް ވަރަށް ރަގަޅު

    30
    2
  33. ކޯނަރު

    ބެލެނިވެރިންނާއި ދަރިވަރުންނާއި ސަރުކާރު މުވައްޒަފުން ޕާޓީ ޖަލްސާއަށް ގަދަކަމުން ގެންދިއުން ކަލޭމެނަށް މައްސަލައަކަށްވީތަ މިހާރު؟؟؟

  34. ގުނބޯ

    ބަލަ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވެސް ކެޕްޕެއިންނަށް ވަޑައިގެން އެ އުޅުއްވަނީ، މީގެ ކުރިން ޔާމީންވެސް ކުރެއްވި ކަންތަށް އެއީ ، އާކަމެއް ނޫން،، ހަޖަމްކުރަން ދަސްކޮށްބަލަ

    1
    1
  35. ހުމޭ

    މިނާޔަކީ ކޮރަޕްޓް ވގކޭ ވަރަށް ކެރިހުރެ މިބުނަނީ.

  36. ކުރަކި

    ޥ.ފުލިދޫގަވެސް އެމްޑީޕީ ކެންޑިޑޭޓް ގޮވައިގެން ޓީޗަރުންނާ ބެލެނިވެރިންނަށް ތިޔަ ދަޅަ ދެއްކި.

  37. އަޒާ

    މާތްﷲ ގެ ވާގިފުޅުން ތިޔައީ އެމްޑީޕީގެ ވެއްޓުން. އިންތިޚާބުން ބަލިވާނެކަމުގެ ހެޔޮފާލެއް..

    3
    1
  38. ޓީޗަރެއް

    އިރާދަކުރެއްވިއްޔާ ބައްދަލުވުން ވަރަށް ކާމިޔާބު... ވަރަށް ހިތްހެޔޮ އެޑިއުކޭޝަން މިނިސްޓަރެއް.. އިރާދަކުރެއްވިއްޔާ ތަފާތު ފެންނާނެ.... .. ..

    2
    3
  39. އިދުރީސް

    އައުރައިގެ ވާހަކަ ދައްކާއިރު މި ގްރޫޕް ވައްކަމަށް އައިއރު ލައިގެންތިބި އެއްޗިއްޗާ މިހާރު ލާ އެއްޗިހިންވެސް އިރާދަކުރެއްވިއްޔާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ލެސްވަމުން ލެސްވަމުން ގޮސް ފަހު ދުވަހު ދާނީ ހުރިހާ ގޮތަކުން ފަޟީހަތްވެގެންއިރާދަކުރެއްވިއްޔާ!

    4
    1
  40. ނަންނަ

    އެމްޑީޕީ އާ ދެކޮޅަށް ވަގުތު ނިއުސް އިން ކެެމްޕޭން ކުރަނީތަ.

    2
    2
  41. ޢަޒުމާ

    ޢެ ހުރިހާ ވައްކަމެއް ކޮށްގެން ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކާމިޔާބު ކުރެވުނީ ވަރަށްސާފު