މަޖިލިސް އިންތިހާބަށް ވޯޓުލާ ދުވަހު މާލޭގެ ވިޔަފާރި ބަނދަރާއި، ހުޅުމާލޭގެ އިންޓަނޭޝަނަލް ޓާމިނަލް ބަންދުވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ނެރުނު ހާއްސަ ދެންނެވުމެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު، (6 އޭޕްރީލް) މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަލް ޓާމިނަލްގެ ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. އަދި ދެން އެ ކުންފުނީގެ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބޭނީ އާދީއްތަ ދުވަހު ހެނދުނު 7:30އިން ފެށިގެން ކަމަށް އެމްޕީއެލްއިން އަންގާފައިވެއެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވޯޓް ލުން ފަށާނީ ހެނދުނު 08:00 ގައެވެ. ވޯޓް ލުން ނިމޭނީ ހަވީރު 16:00 ގައެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބޭއިރު މަޖިލިސް އިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1،000 މީހުންން ކަމަށް ވެސް އީސީން ބުނެއެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް، ޖުމްލަ 501 ވޯޓު ފޮށި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާނެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.