ރާއްޖެއަށް އެހެން ދީންތައް ގެނެސް، މިނިވަންކަން ވިއްކާލަން މަސައްކަތް ނުކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

މީގެ ދެ ދުވަހެއް ކުރިން ނަޝީދު ވަނީ ސަލަފިއްޔާއިން ކިޔަވާ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ސަލަފިއްޔާއިން ކިޔަވައިގެން އަންނަ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރުން ރާއްޖެ ފަސާދަ ކުރަން އުޅޭ ބައެއް ކަމަށެވެ.

އެފަދަ މޭރުމަކުން ނަޝީދު ވާހަކަ ދައްކަވާފައިވާ އިރު، މިއަދު ލ. ގަމު ދާއިރާގެ ޖޭޕީ އަދި ޕީއެންސީއާއި ޕީޕީއެމްގެ ކެނޑިޑޭޓް އާދަމް އާސިފްގެ ކެމްޕޭން ޖަލްސާގައި ގާސިމް ވަނީ ނަޝީދަށް ހޫނު ރައްދެއް ދީފައެވެ.

"އަޅުގަނޑުމެން އަހުދާއި ވަހުދަކަށް ހިޔާނާތެއް ނުވާނަން. އެގޮތަށް އަހުދާއި ވަހުދަށް ހިޔާނާތްތެރިވާ މީހުން ތިން ސިފައެއް ބަޔާންކޮށްފައިވާ ރަސޫލާގެ ހަދީޘްތައްވެސް ހުންނާނެ. އަޅުގަނޑު އެވާހަތައް ދައްކާކަށް ނެތިން. އިލްމުވެރިންނަށް އެނގިލައްވާނެ. އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި، ސުލްހަ ދެމެހެއްޓުމަށްޓަކައި، އިލްމުވެރިންނަކީ މިވެނި މިވެނި ކަންތައްތަކެއް ކުރާ ބައެކޭ ކިޔާކަށް ނެތިން. ދަންނަ މީހަކާ ނުދަންނަ މީހެއް އެއްވަރެއް ނުވާނެ. ކިތައްމެ ވަރަކަށް ރުޅި އަޔަސް. މިގައުމުގައި 100 ޕަސެންޓް މުސްލިމް އޮތް ތަނެއްގައި މިގައުމުގެ ފަސާދަ ކުރަން އެހެން ދީންތަށް މިތަނަށް ގެނެސް، މިގައުމުގެ މިނިވަންކަން ވިއްކާލާ ކަންކަން ކުރަން ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ. މޮޔަވެގެން ނޫޅުއްވާށޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކުން ކަންކަން ވާގޮތް އެނގޭނެ ކަމަށާއި، ހުރިހާ ބާރުތަކެއް ޖީބަށް ލާން އުޅުއްވަން ހަދައިގެން ގައުމުގެ މަސްލަހަތު ގެއްލިގެން ދަނީ ކަމަށެވެ. އަދި ނަޝީދަށް އަމާޒުކޮށް ގާސިމް ވިދާޅުވީ މަޖިލީހަށް އިސްލާމް ދީނާ ހިލާފު ވާހަތައް ޕޯޑިއަމްތަކުގައި ނުދައްކަވާނެ ކަމަށެވެ.

"އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންކަމަށް ހިތްވަރު ދޭގޮތަށް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ. އަދި ރާއްޖެ އެހެން ބަޔަކަށް ވިއްކާލަން މަސައްކަތް ކުރާނެ ބައެއްވެސް ނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑު މެންނަކީ އިސްލާމީ ވަހުދަތު ދަމަހައްޓާ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރަން ވަކާލާތު ކުރާނެ މީހުން. މިނިވަން ގެއްލިގެން ދާ ގޮތަށް ކަމެއް ނުކުރާނަން،" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އައިސާ

    ރައީސް ޔާމީނުގެވެރިކަމުގާ ރައްޔިތުންގެ ފާސާއިން ބޮޑެތި ވައްކަންތަކެއް ކުރިކަން ދިވެހިރައްޔިތުންނަށް އެގޭ. އެހެންވީމަ ދެން ކިތަންމެވަރަކަށް މައިން ގަލަށް ލައްގަޅޭ، ރަންފޮއްޓެއް ލައްގަޅޭ،" ކިޔަމުން ދުވުނަކަސް ވަގުންނަކަށް ދިވެހިރައްޔިތުންގެ ވޯޓެއްނުދޭނެ. ޕީޕީއެމް މެންބަރުން ދެންތިބޭ ފެން ނެތްތާގަ ބަކަ ތަޅާލަ ތަޅާލާ. ތެޅުނުވަރަކައް ދާނީ ހުޅުނބު. އެހެންވީމަ ރަގަޅުވާނީ މާތިރިވެގެން ސައިޒުގަތިބީޔާ.

    10
    40
  2. ނަހޫ

    ވަގުންނަށް ގައުމު ހަވާލުކުރަން މަނިކުފާނު ނޫޅުއްވާ. ގާސިމް އިސްތިއުފާ.

    12
    30
  3. ޒޫމް

    ކޮންމެ ޕާޓީ އަކަށް ރަށެއް ހިކަން ފެނޭ ދަތުރު ދާން

    15
    4
  4. Anonymous

    ގާސިމް ނަޝީދަށް: އެހެން ދީންތައް ގެނެސް މިނިވަންކަން ވިއްކާލަން "މޮޔަވެގެން" ނޫޅުއްވާ!

    28
    4
  5. ހަމަ

    ގާސިމްބެ ދީނައްޓަކާ ރިސޯޓުތަކުގަ ރާވިއްކުން ހުއްޓާލަބަލަ

    20
    8
  6. ޜިފާ

    ޢައިޝާ މޮޔަފުޅުވީތޯ،ކިތައްމެ ވަރެއް ބޭލިއަސް މިފަހަރު މެޖޯރިޓީ ނުފޭނަން،ހަަހަހަ

    3
    4
  7. ރައްޔިތު ބެއްޔާ

    ދިވެހި ޒުވާނުން ރަލުގެ މަސްތުގައި ޖެހުމުގެ އަސްލަކީ ގާސިމް މެން ކަހަލަ މީހުންގެ ވިޔަފާރި ! ޒުވާން އުމުރު ވަޒީފާ އަށް ކަމަށް ބުނެ ރިސޯޓު ނަމުގައި ހަދާފައި ހުންނަ ރަށް ރަށަށް އެކުދިން ގެން ގޮސް އެކުދިން ނަށް ރާބޯންދީ މާ ރަގަޅު ކަމަކަށް ހެދުމުގެ އަސްލަކީ ހަމަ ގާސިމް މެން ކަހަލަ މީހުން ! ފިތުރަތުގެ ސާފު ކަން މަތީ އުފެދި ބޮޑުވެފައި ތިބޭ ކުދީން ފަސާދަ ކުރުމުގެ ހަޤީޤީ ވަސީލަތަކީ މި ތަހުޒީބު ޓުއަރިޒަމް !

    5
    8
  8. ވައްކެކުރި

    ޢަންނި އެއީ މަހާ ބޮޑުވަގު، ވައްކަން ކޮށްނުލާ އަންނިއަކަށް ނުވެސް ނިދޭނެ.

    14
    5
  9. ެޭާާާާާެެަަަަަަަަަަަަަަަަަަަަަަަައެދުރޭ

    ގައުމުގައި 100 ޕަސެންޓް މުސްލިމް އޮތް ތަނެއްގައި މިގައުމުގެ ފަސާދަ ކުރަން އެހެން ދީންތަށް މިތަނަށް ގެނެސް، މިގައުމުގެ މިނިވަންކަން ވިއްކާލާ ކަންކަން ކުރަން ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ. މޮޔަވެގެން ނޫޅުއްވާށޭ އަޅުގަނޑު ދަންނަވާނީ،"މިހެން ކިޔައިގެން
    ދީންހިމާޔަތް ކުރަމުން ރާވިއްކަމުން ހަރާންތަކެތިން މަންފާހޯދަމުން ދުވަނީ ނަޝީދެއްނޫނޭ1

    5
    12
  10. ބުރޯ

    ޔާމީނު ވައްކަން ކުރިކަން ސާބިތުވީމަ ގޮވިޔަސް ހެޔޮ . އެކަމަކު ނަސީދާ ނަސިދުގެ ބައްޕައަށް ކޯޓްތަކުގާ ސާބިތު ވެފާހުރީ ކޮންކޮންކަހަލަ މައްސަލަތަކެއްތޯ ބަލާފަ އެދެބަފައިންނަށް ތިޔަގޮވެލިގޮވާބަލަ.

    16
    4
  11. ސާ ލެމަން

    މީ ގައުމުގެ ހަލާކު. ދިވެހިން ވިސްނާ. މި ސޭކު ކޮއްމެ ސަރުކާރެ އަޔަސް މިވާހަ ދައްކާ

    4
    9
  12. ކަމެކޭ

    ރައީސް އިބޫ އަށް ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތުން ރައީސް އިބޫ ސެޑިއުސް ކުރަނީއޭ ކެނެރީގެ ނަޝީދު ހެޔޮ ނުވާނެއޭ މަޖްލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ދޭން ދީފިނަމަ ރާއްޖޭގެ މިނިވަން ކަން ގެއްލޭނެއޭ އެއީ ޔަގީން ކަމެކޭ އެމެން ހަދާނެ ގޮތަކީ ވެރިކަން ދިފާއު ކުރުމަށް ޓަކައި ކެނެރީގެ ނަޝީދު ބުނެގެން އިންޑިއާގެ 6 ހާސް ސިފައިން މާލެ ގެނެސް އެމެން ހުޅުލޭގައި ބައިތިއްބާނެއޭ މީގެ ސަބަބުން ރާއްޖޭގެ މިނިވަން ކަން ގެއްލޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ

    14
    2