ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންނަށް ބޭނުންވާކަންކަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމެންޓުގެ ނައިބު ޢަބްދުﷲ އަނީސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެެ.

އަނީސް ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޯލިޝަން މެނިފެސްޓޯގައި ޒުވާނުންނަށް ގިނަ ކަންކަން ކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާކަމަށާއި އެކަންކަން އެންމެ ރަނގަޅަށް ހާސިލްކުރެވޭނީީ ސަރުކާރަށާއި ރައްޔިތުންނަށް އެއްބާރުލުން ދެއްވާ މެންބަރަކު މަޖިލީހަށް ފޮނުވައިގެން ކަމަށެވެ. އެގޮތުން މަޖިލީހަށް ފޮނުއްވާ މެންބަރަކީ އެއްބާރުލުން ދިނުމުގެ އިތުރުން ހާޒިރުވެވޭނެ އަދި ބަހުސްތަކުގައި ބައިވެރިވެ ޒުވާނުންގެ ޝުޢޫރުފާޅުކުރެވޭނެ މީހަކަށް ވާންޖެހޭކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް އަލްއުސްތާޛު ޢަލީ އިބްރާހީމް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ ރެކްރިއޭޝަނަލް ސްޕޯޓްސްއަށް ޒުވާނުން އަހުލުވެރިކުރުވުން. އެކަމަށްޓަކާއި ޢަލީ އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ތަޢުރީފް ހައްޤު މަސައްކަތެއް. ޢަލީ އަޅުގަނޑުމެންނަށް ގުޅުއްވާ މިދާއިރާގާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާގުޅޭ ގޮތުން ކުރައްވާ މަސައްކަތުން ފާހަގަކޮށްލަން. އެހެންވީމަ ޒުވާނުންނަށް ކުރިމަތގު އޮތީ ޢަލީ އިބްރާހީމް މިދާއިރާއަށް ހޮއްވަވައިގެން." އަނީސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ގެ ސަރުކާރުން ޒުވާނުންނަށް ކަންކަން ކޮށްދެއްވާނެކަމަށެވެ. އަދި އެކަންކަން ފުރިހަމަކުރުމައް ޢަލީ އިބްރާހީމް އެއްބާރުލުން މަޖިލީހުގެ ތެރެއިން ލިބޭނެކަން އޭނާ ފަހަގަކުރެއްވިއެވެ. އަދި ހިތަދޫ އުތުރު ދާއިރާގައި ކުޅިވަރުގެ ވަސީލަތާއި ޒުވާނުންނަށް ބޭނުންވާ ގިނަ ކަންކަން ނެތްކަން ފާހަގަކުރައްވާ، އެކަންކަން ސަރުކާރުން ކޮށްދެއްވާނެކަން ހާމަކުރެއްވިއެވެ.

މިޖަލްސާގައި އަނީސްވަނީ ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާގެ މެސެޖެއް އިއްވަވާފައެވެ. ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް މިނިސްޓަރ އާތިފާ ދެއްވި މެސެޖުގައި ވިދާޅުވީ، ހިތަދޫ އުތުރުގެ ރައްޔިތުންގެ ހާލަތު ވަޒަންކޮށް ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ދައުލަތް މެދުވެރި ވެގެން ރައްޔިތުން ގެދޮރުވެރިކުރުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި އެވަޢުދު ސަރުކާރުން ފުރިހަމަ ކުރައްވާނެކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ 20،000 ހައުސިން ޔުނިޓުގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށްވެސް ހައުސިންގ ޔުނިޓުތައް ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައެއް ޢާއިލާތައް މިހާރު އުޅޭނީ ވެށީގެ ސާފުތާހިރުކަން ގެއްލި، ސިއްޚީ ގޮތުން ނުރައްކާވާފަދަ ހާލަތެއްގައިކަން ފާހަގަކޮށް، އެ އާއިލާތަކަށް އެމަޖެންސީ ބޯހިޔާވަހިކަން ހޯދައިދޭން މަސައްކަތްކޮށް ދެއްވުމަށް އަލްއުސްތާޛު ޢަލީ އިބްރާހީމްވަނީ މަޖިލީސް ބަހުސްގައި ސަރުކާރަށް ގޮވާލައްވާފައެވެ. ޢަލީ ވިދާޅުވީ މިހާރުވެސް އެދާއިރާގެ ބައެއް ރައްޔިތުން ކުއްޔައް އެބައުޅޭ ކަމަށާއި އެއީ އެއާއިލާތަކުގެ ރަށްވެހިކަމުގެ ހައްޤަށް ހުރަސްއެޅޭ ކަމެއްކަމަށެވެ.

އަލްއުސްތާޛު ޢަލީ އިބްރާހީމަކީ ހިތަދޫ އުތުރު ދައިރާއަށް އުފަން އެދާއިރާގެ ޤާނޫނީ ވަކީލެކެވެ. އަދި ޤާނޫނީ ދާއިރާގެ އިތުރު ވިޔަފާރިއާއި ލީޑަރޝިޕްގެ ދާއިރާއިން އޭނާ ވަނީ މަތީ ތަޢުލީމާއި ތަމްރީން ހޯއްދަވާފައެވެ.