ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ނަސްރު ލިބޭނެ ކަމަށާއި، މީހާ ދަތުރުކުރަނީ ހައްޤުގެ މަގުން ކަމުގައިވާނަމަ އެމީހަކު ހުންނާނީ އުފަލުގައި ކަމަށް، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މަންމާފުޅު ނަސްރީނާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނަސްރީނާ މިގޮތަށް ވިދާޅުވީ، ބޮޑެތި ތުހުމަތުތަކެއް ގައި ބަންދުކުރެވިފައިވާ ރައީސް މައުމޫންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު، އެ ކޯޓު ހުންނަ ސަރަހައްދުގައި ކުރިއަށްދިޔަ އިހުތިޖާޖެއްގައި ބައިވެރިވެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް މައުމޫން މިއަދު ކޯޓަށް ހާޒިރުކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޯޓުގައި ކައިރީގައި ހުންނަވައިގެން މިއަދު ނަސްރީނާ ވިދާޅުވީ، މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެ މީހާ އެހެރީ ހައްޤުގެ މަގުގައި ކަމަށްވާނަމަ އުފަލުގައި ހުންނާނެ ކަމަށެވެ.

"މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް. އެ މީހާ އެހެރީ ހައްޤުގެ މަގުގައި ކަމަށްވަންޏާ އުފަލުގައި ހުންނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަސްރާ ހަމައަށް ދާނެ،" ނަސްރީނާ ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ދަރިކަލުން ހައްޔަރުކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވަމުން ނަސްރީނާ ވިދާޅުވީ، އިންސާނުން ކަންކަން ރޭވިޔަސް އެކަންކަން ތަޤުދީރުކުރުން އޮތީ އެހެން ފަރާތެއްގެ އަތްމަތީގައި ކަމަށާއި ހައްޤަށް ނަސްރުދެއްވާނެ ކަމަށެވެ. އެހެންކަމުން ރައީސް މައުމޫނާއި ބަންދުގައި ތިއްބެވި އެހެން ބޭފުޅުންނާއި މުޅި ޤައުމުވެސް ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއީ ނަސްރީނާ ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ނަސްރީނާގެ ފިރިކަމުން، ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

ރައީސް މައުމޫނާއި ދަރިކަލުން ފާރިސްގެ އިތުރުން ނަސްރީނާގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ބޮޑަތި ތުހުމަތުތަކެއްކޮށް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބުއްޅަބޭ

  30 އަހަރުވީއިރުވެސް އަދި އެއިގެފަހުންވެސް ވާހަކައެއްދެއްކެވި އަޑެއް ނައަހަން، ސަފުން އަހަރެން ހީކުރަނީ ވާހަކަ ނުދެއްކޭ ކަނބަލެއްކަމަށް!

 2. ނުރަބޯ

  ނަސްރީނާ ބުންޏަކަސް ނަޞްރާ ހަމަޔަކަށް ނުދެވޭނެ ބަޣާވާތް ކޮށްގެނެއް.....!!!

 3. ޖެޓް

  30 އަހަރު ވަންދެން ނައިޓި އެއްގައި އުޅުނު ފުރަތަމަ ފަސްޓްލޭޑީ ލަދެއް ހަޔާތެއްނެތް މި ދައިތަގެ ބެއްޔާ ދީނާއި ދުރު މީހެއްކަން އަދި މި އިގެނީ ކެނެރީ ފާދިރީ އާއިއެކު އުޅެން ފެށުމުން

 4. ޒަރީނާ

  މައުމޫނަށް ދިިމާވެފައިވާ ސުންޕާ ދުވަސްތަކާމެދު ހިތާމަކުރަމެވެ. އެ ސުންޕާކަން މައުމޫނަށާއި މައުމޫނުގެ ޢާއިލައަށް ޖެއްސީ އެމްޑީޕީކަން ނަޞްރީނާއަށް އެގިނުލައްވާތީ ދެރަވަމެވެ. މައުމޫނު ގަޅާހައްދައި ގޯނިފުލަށްލައިގެން ރިޝްވަތުގައި ޖައްސާގެން ނަމަވެސް ލޮޓިއެއް ދިނުމަކީ އެމްޑީޕީގެ ވަޢުދެކެވެ. އެ ވަޢުދު ފުއްދުމަށްޓަކައި ޖަހައިލިމަޅިގައި މައުމޫނު އެހުންނެވީ ބެދިފައެވެ. އަދިވެސް ތި ބުނަނީ އިދިކޮޅަށް ނަޞްރޭ ! އަޖައިބުވެދާނެނު؟

 5. ޗީޗީ

  ސަޅި. އަދި ކިރިޔާ ތިޔަ އަލިވިލެނީ. ދެން އިރުއަރާކަށް ލަހެއްފަހެއް ނޯންނާނެ

 6. ދެރަވެފައި

  ނަސްރާ ހަމައަކަށްނޫން. ނަސްރީ އާހަމައަށް

 7. މާނޫ

  ބާޣާވާތް ނުކޮށް، ނަޞްރުގެ މަގުން ކުރިޔަށް ވަޑައިގަންނަވާ

 8. ހުދާ

  .ނިކަންދެކިބަލަ ﷲގެ ކުުޅަދުުންވަންތަކަން. މިހާރު ލައްކަ އިހްސާސް ކުރާނުން.