ދުނިޔެއާއި ދުނިޔޭގެ ފިތުނަ ތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވިދާޅުވީ، އާޚިރަތްދުވަހުގެ މަތިން ހަނދާންނައްތާލައި، ދުނިޔެއަށް ދަހިވެތިވުމުގެ ސަބަބުން އީމާންކަން ބަލިކަށިވަމުން ދާ ކަމަށާއި، މާތް ﷲ ގެ މަތިން ހަދާންނެތި، ގެއްލުމާއި ހަލާކުގެ ތެރެއިން އިންސާނާ ވަންނަމުން ދާ ކަމަށެވެ.

"މާތްﷲ ގެ މަތިންނާއި، އާޚިރަތްދުވަހުގެ މަތިން ހަނދާންނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެކެވެ. ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުޙިއްމު އެއްކަމެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

އިތުރަށް ޚުތުބާގައި ވިދާޅުވީ، އިމާންކަން ވަރުގަދަ ކުރަން ބޭނުންކަމަށްވާނަމަ، ގިނައިން ޤުރުއާން ކިޔެވުމަށާއި، ޤުރުއާނުގެ އާޔަތްތަކާއި މެދު ފުންކޮށް ވިސްނުން މުޙިއްމު ކަމަށެވެ.

"އިންސާނާގެ އިމާންކަން އިތުރުވެ، ވަރުގަދަވުމުގެ ވަރަށްގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރެއިން އެންމެ މުޙިއްމު އެއް ސަބަބަކީ ކީރިތި ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ވިސްނާ ފިކުރު ކުރުމެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.