އދ.މަހިބަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފައިވާ ގޮތުގައި، ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 3 މިލިއަން ރުފިޔާގެ މި ލޯނު ލިބޭ ފަރާތުން މި ލޯނުންލިބޭ ފައިސާ ބޭނުންކުރަންވާނީ އައިސް ޕްލާންޓް ބެހެއްޓުމަށް ހޯދަންޖެހޭ މެޝިނަރީޒް ގަތުމަށެވެ.

ލޯނު އެހީގެ ދަށުން އދ.މަހިބަދޫގައި އައިސްޕްލާންޓެއް ޤާއިމުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ 18 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލޯނަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ހުށަހަޅަންވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ލޯނަކީ މަސްވެރިން ބާނާމަސް، މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް އދ. މަހިބަދޫގައި އައިސްޕްލާންޓެއް ޤާޢިމުކުރުމުގެ މަޤްޞަދުގައި ފިޝަރީޒް މިނިސްޓްރީން ހުޅުވާލާފައިވާ ލޯނެކެވެ.

ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަކީ ޒަމާނުންސުރެ ދިވެހިން ކުރަމުންއައި ކާމިޔާބު، އިޤްތިޞާދީ ގޮތުން މަންފާކުރަނިވި މަސައްކަތެކެވެ. މިއީ ޒުވާނުންނާއި އަންހެނުން މަދު ދާއިރާއެއްކަމަށް ބައެއް ދިދެހިންނަށް ހީވި ނަމަވެސް މިއީ އެތައް ހާސް ޒުވާނުންނާއި އަންހެނުން މަސައްކަތް ކުރަމުންދާ، ކުރިއަރަމުން އަންނަ އިޤްތިޞާދީގޮތުން މުހިންމު ދާއިރާއެކެވެ.

މި ދާއިރާ ކުރިއަރުވުމަށްޓަކައި، ބޭރުގެ ފަރާތްތަކާއި ގުޅިގެންވެސް ދިވެހި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއ ކުރަމުން އަންނައިރު، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، މި ދާއިރާގައި ޓެކްނޮލަޖީ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސްވެރިއެއް

    "މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު" ކަމަށް ވާއިރު މަސްވެރިންނަށް މާލޭ ބަނދަރުގައި ޖާގައެއް ނެތް... އެކަމަކު ތިމާވެށި ހަލާކުކުރަމުން އަންނަ ފަޅުތަކުން ވެލި އަރުވާ ހައެއްކަ އުޅަނދަށްވެސް މާލޭ ފަޅުގަ ވަކި ހާއްސަ ޖާގައެއް ވޭ...

  2. ދެކުނު އދ.

    މަހިބަދޫގަ އައިސް ު ޕުލާނޓް ބެެހެއޓުމަކީ މަސވެރިނނށ ފަސޭހވާެކަެއނުނ..މާމިގިލީގަ ޤާއިމ1ކުރޭ...