ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ލ.އަތޮޅު ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ސިރާޖަށް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރަން "ރައީސް އަށް އޮންނާނީ ނޯޗޮއިސް" ކަމަށާއި އޭނާ ޖޭއެސްސީއަށް އައްޔަން ކުރަން ރައީސް އަށް މަޖުބޫރު ވާނެ ކަމަށް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ސިރާޖު މީހަކާއި އެކު ދެއްކި ވާހަކައެއްގެ އޯޑިއޯ މީސް މީޑިއާގައި މިހާރު ލީކް ވެފައިވާއިރު އޯޑިއޯގައި ސިރާޖު ވިދާޅުވަނީ ޖޭއެސްސީއަށް އޭނާ އައްޔަން ކުރަން "އަހްމަދާއި، އައިބީ އާއި މަހޭ ބުނީމަ ރައީސް އަށް އޮންނާނީ ނޯޗޮއިސް" ކަމަށެވެ.

ޖޭއެސްސީ އަކީ ޝަރުއީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް އޮންނަ މިނިވަން ކޮމިޝަނެވެ. އެކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލް ކުރެއްވުމަށް މެންބަރަކު އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވައެވެ.

އެއޯޑިއޯގައި ސިރާޖު އިތުރަށް ވިދާޅުވަނީ ރައީސް އުފެއްދި ރިޔާސީ ކޮމިޝަންތަކުގައި ވެސް ތިބީ "އިބޫގެ މީހުންނެއް ނޫން" ކަމަށެވެ. "އެއީ އަހަރެމެންގެ ރެކޮމެންޑޭޝަންތަކަށް އަހަރެމެން ބުނެގެން އައްޔަން ކުރި މީހުން." ސިރާޖު ވިދާޅުވެއެވެ.

ސިރާޖު ފޮނަދޫގެ ރައްޔިތުންނަށް ނިސްބަތްކޮށް އޯޑިއޯގައި ވިދާޅުވަނީ އޭނާ އަށް ވޯޓް ދިނުން ނޫން އިތުރު އެއްވެސް ގޮތެއް އެމީހުންނަށް ނޯންނާނެ ކަމަށެވެ.

މިހާރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އިތުރަށް ދައުރަކަށް ހޮވައިފިނަމަ އެކަމުގެ ގެއްލުން ވެސް ލިބޭނީ އޭނާ އަށް ވުރެ ބޮޑަށް ފޮނަދޫ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވެއެވެ.

ސިރާޖު މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީ ޓިކެޓްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިރާޖުގެ އޯޑިއޯ ލީކް ވުމުން ފޮނަަދޫ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސިރާޖަށް ފާާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓަޓޭ

    މީ ކާކު ދެން ކައުންޓު ކުރާ މީހެއް ނޫން

    41
    5
  2. އަލީ

    ނުފޫޒު... މިވަރުން ކިހިނެއް އެބުނާ ކަމިޝަންތަކަށް މިނެއް ނެތް ބާރު ތަކެއް ދެނީ؟ ސަހަނރޯ!

    7
    1
  3. ނޫސްކިޔާމީހާ

    ތީކަމުނުދާ ކަމަކީ ހީވަނީ ވަކިބަޔަކަށް ރައީސް ކަންތައްކޮށްދޭން މަޖުބޫރުހެން މީނަމީކާކުތަ މަވަރެއް ނެތިގެން

  4. އަބޯ

    ކެކެ މިދެން ކާކު؟ މިކަލަ ގްރާންތިން ޖޭއެސްސީ ލީމަ ވާނީ ކިހިނެއް! މިރާއްޖޭގެ އަދުލު އިންސާފު މިހާރު އޮތްވަރަށްވުރެން ބޮޑަށް ފުނޑިގެންދާނެ!

  5. ޒުވާނާ

    ބުރޯގެ ޕަޕެޓެއްތީ

  6. ޖޮއްބެ

    ރައީސް އަށް އެވަރުގެ މަޖުބޫރިއްޔަތެއް އޮންނާނީ މިކަލޭގެ އަށް ހާދަގިނަ ކަންތައްތަކެއް އެނގިފައިވާތީތާ.