ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ދިވެހިންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލެއް ގެނެސްފައި ނުވާ ކަން އެ ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިންޑިއާާއިން ދިވެހިންނަށް ވިސާ ދޫކުރުން މެދުކަނޑާލާފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް ފޮރިން މިނިސްޓްރީއިން މިހެން ވިދާޅުވީ މިރޭ އެ މިނިސްޓްރީގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއަން ހައިކޮމިޝަނުން ވިސާ ދޫކުރުން މެދުކަނޑާލާފައ ވަނީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ދިމާވެފައި ވަނީ މިއަދުއެވެ.

ހައިކޮމިޝަނުން ވިސާ ދޫކުރުން މެދުކަނޑާލާފައި ވަނީ އަންގާރަ ދުވަހާ ހަމައަށެވެ. ނަމަވެސް ވަރަށް މުހިންމު ހާލަތްތަކަށް އިސްކަން ދޭނެއެވެ.

އިންޑިއާ އިން ވިސާ ދިނުން މެދުކަނޑާލާފައިވާއިރު، ކުރިއަށް އޮތް މިޑް ޓާމް ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުވެސް ބޭސްފަރުވާ އަށް އެ ގައުމަށް ދަތުރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަން

    ޜާއްޖެއިން ވެސް މިހާރު އިންޑިޔާ މީހުންނަށް ވާރކް ވިސާ ނުދީ ހަމަ ހިފަހައްޓާފަ ހުރީ... ހުރިހާ އެއްޗެއް ޕެންޑިންގް އެޕްރޫވަލުން ހުއްޓިފަ ހުރީ.. ދެން ދާނީ ހަމ ގޯހުން ގޯހަށް...

  2. ފައިޒް

    ވިސާ ނުދީފިއްޔާ ޗައިނާގެ ހޮސްޕިޓަލް މަނަވަރު ގެނެސް ޑޮކްޓަރަށް ދެއްކުން ހިލޭ ހަމަޖައްސާނަން....

  3. އިންޑިޔާސޮރު

    ޢެޔަކީމިހާރު ވެގެން އުޅެ ގޮތެނޫން އެމީހުން ވިސާހަމަ ނުދެނީ އަޅުގަނޑުގެ ދަރިފުޅުގެ ވިސާ އިޝޫކުރަން ދިޔާމަވެސް ބުނީ ކަލޭގެއެގްޒާމް އޮތީމަޔޭ މިދެނީވެސްއެހެން ނުންންމަ ނުދޭނަމޭ ބުނީ އެވެސް އެތައް އާދޭހެކޮއްގެން އެވަރުންވެސް ބެލެނވެރިޔާޔައް ނުދިން.
    ޢެކަމުވެސް ވަރިހަމަތާ މިތަނަށް ޓުއަރިސްޓް ވިސާގަޢައިސް ގޭގޭގަ ކަށްކަދީ ފިހާރަހުޅުވައިގެން ވިޔަފާރި ކުރުމާއި ބޮޑެތި ބިލްޑިންގް ތަކިގެ ކޮނަސްޓރަކްޝަން މަސެކަތއނަގާގެން ޓްއަރިސްޓް ވިސާގަ މަސެކަތް ކުރިޔަސް މިތަނުން ެކަންތައް ބަލާމޮނިޓަރ ކުރަން ތިއްބެވި ބޭފުޅުން ނަށް ހަމަ އޯ ކޭ (އެމީހުން ބުނާހެން ބޭބެކޮން މަސަލަ އިމިގްރޭޝަން މަސަލަ ނެތީނު)

  4. އަހުމަދު

    ދިވެހި ސަރުކާރަށް ވާނުވާ އެބަ އެނގޭތަ؟
    މިތާތިބި ހުރިހާ އާއިލާ ތަށް ކުދިންގެ ކިޔެވުން ދޫކޮށްލާފަ ފުރަިގެނ ދާން ޖެހޭ ތަނެއް ނުފެނޭބާ؟