މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދިވެހި ސިފައިންނަށް 300 ފްލެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް ޑިފެންސް މިނިސްޓަރ މިއަދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، އެކި ޙާލަތްތަކުގައި ތަފާތު އެކި ގޮތްގޮތުން ސަރުކާރުން ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް އިސްކަން ދެއްވާކަމަށެވެ.

އަދި މިއަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ގެނެވުނު މުސާރައިގެ ކުރިއެރުމާއި އެކީގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްވެސް އިނާޔަތްތައް ބޮޑުކޮށްދެއްވާފައިވާކަމަށާއި، ދިވެހި ފުލުހުންނާއި އަސްކަރިއްޔާގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

"ދިވެހި ސިފައިންނާއި ފުލުހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާޔަތެއްގެ ތެރެއިން، އަޅުގަނޑު ދަންނަވާލަން ބޭނުން މިހާރު ސަރުކާރުން ނިންމަވާފައި އބަ އޮތް ހިޔާ މަޝްރޫޢުގައި މިހާރު ޢިމާރާތްކުރަމުންދާ ފްލެޓްތަކުން 300 ފްލެޓް ދިވެހި ސިފައިންނަށް ދެއްވާގޮތަށް މިހާރު ވަނީ ކަނޑައަޅުއްވާ ނިންމަވާފައި،" ޑިފެންސް މިނިސްޓަ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި ސިފައިންގެ ތެރޭގައިވެސް އެކަން ރަސްމީކޮށް އިޢުލާނު ކުރެވި، އެ ފްލެޓްތައް ހައްޤުވާ ފަރާތްތައް، ފްލެޓްތަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރ އިތުރަށް ވިދާޅުވީ، މިކަންކަމަށް ބަލާއިރުގައި ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭ ޚާއްސަ އަހަންމިއްޔަތުކަމާއި އެކީގައި ދިވެހި ސިފައިންނަށްވެސް ބޯހިޔާވަހިކަން އިތުރަށް ފުރިހަމަކޮށްދެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންގެންދަވާކަން ހާމަވެގެންދާކަމަށެވެ.

"ހިޔާ" މަޝްރޫޢަކީ ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިޔަ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކަކީ، ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދު ފުރިހަމަކޮށްދެއްވުމަށް، މީގެ ކުރިން އެއްވެސް ސަރުކާރަކުން ކުރިއަށް ނުގެންދާފަދަ ބޮޑު މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

ސަރުުކާރުން މި މަޝްރޫޢާއި ގުޅޭގޮތުން ވިދާޅުވީ، މިއީ ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން، އަދި އިޖްތިމާޢީގޮތުންވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ވަރަށްވެސް އުއްމީދީ މަޝްރޫޢެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާބަހޭ ސާބަހޭ.. ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންނަށް އަނިޔާވެރިވި ކަމަށްޓަކާ އަދި މިރާއްޖޭގެ ކޯޓުތަކުގެ ފުރާޅުޓިނުނައްޓާ އެތަންތަނަށް ވަންކަމުގެ އުފަލުގާ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ދޭއިނާމް މޯލްދިވްސް ޕޮލިސްސާވިސަސްއަށް... އަވަހަށް ހުޅުން ވަކިވަންދެން އަތްޖަހާ

  2. އެހެންވިއްޔާ އަހަރެމެނ ޖާނު ދީގެންވެސް ޔާމީން ސަރުކާރު ދިފާޢު ކުރާނަން. ވަރިހަމަ ވަގަކަށް ވިޔަސް

    • މަވެސް

    • ވަގުންނަށް ހީވާނީ އެހެންމީހުންސް ވައްކަން ކުރާނެ ހެން މީހުނަށއ ވަގަަށް ތިގޮވައި ބައިގަނޑުގަ ނުހުންނާނެ ސަހަލު އެކަކުވެސް ހައްތަ 5މަ މުލުންގެ ވަގުން ހައްތާ ރަޔިްތުން ނަށް އޮޅުވައިލން އެހެން މިހުން ގެ ބޮލުގަ ވަގު ބަދުނަމް އަޅުވަމުން އެތިބަ ތެޅި ބަލަނީ

  3. ޖަސްޓްގޮނާ

    މަމެން ޕިންކީންގެ ވެރިކަމަކީ މީ ޓައިޓޭނިއަމް ޕްލޭޓެޑް ޖެންޓުލްމެން ސްޓައިލްގެ ވެރިކަމެކޭ މަމެން ކުރާނީ މުޅިންވެސް ފިރިހެން ވަންތަ އާރުލާ މަސައްކަތް ތަކޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ތަމެންގެ ބޮޑޭ ކެނެރީގެ ނަޝީދަށް އިންޖިނިއަރިންގް ނޭގިގެން ނޭޅުނު ބްރިޖް މިއަޅާ ނިމެނީއޭ މާލެ އާއި ހުޅުލެ އާއި ދެމެދު. ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަަލަ. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ ޔޫ ރިއެކްޓް ލަވް ދަވޭ ޔޫ ރިއެކްޓް ލަވް ދަވޭ ޔޫ ރިއެކްޓް.

  4. ކޮބާ ރަންރީނދޫ ޓްވިޓަރޭ މަމެން ބުނީމެއް ނޫންތޭ އަބަދުވެސް ބޮޑު ދެ ހުކުމޭ މެން ކަޓް ކާލައިގެން ފެބް އެކެއްގައި ނެރުނީ އެއީ ދަ ނަހަލާލު ކޯޓް އަމުރެކޭ އެޒާތުގެ ކޯޓް އަމުރުތަކަށް މަމެން ޕިންކީން ނުޖެހޭނެއޭ ބޯ ލަނބަން. މިއަންނަނީ އެކަން ތިލަވަމުންނޭ. އައި ކާންޓް ޓެލް ޔޫ ހައު ކްރުއަލް ޔޫއާރ ވެރިކަން ފޭރިގަންނަން ރައްޔިތުންނަށް ވާނުވާ ނާންގާ. ފެބް އެކެއްގައި މިރާއްޖޭގައި އޮތް މަމެން ޕިންކީންގެ ވެރިކަން ވެއްޓުނުނަމަ މިއަދު މިގައުމު ގައި އޮންނާނީ އަހުލީ ހަނގުރާމަ ފެށިފައި ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ ޕީޕީއެމް މެމްބަރުން އެއިރު ދުލެއް ނުކުރާނެއޭ. ދިވެހިންގެ ނަސީބު އެއީ ފެބް އެކެއްގައި އެމެން ސްޕްރީމް ކޯޓުން ނެރުނު ދަ ނަހަލާލު އަމުރަށް ސަރުކާރުން ތަބާނުވި ކަމަކީ. ސްޕްރީމް ކޯޓަށް ނޯންނާނެ ރައްޔިތުން ހޮވާފައިވާ ވެރިކަން ވައްޓާލާނެ އެއްވެސް ގާނޫނީ އުސޫލެއް އިޓްސް ސިކް ތަމެން އެގޮތަށް ވިސްނާނަމަ. ކުށްވެރި ވެގެން ޖަލަށް ގަޅާލާ މީހުން ނޫން މިރާއްޖޭގެ ވެރިކަމަށް އަންނާން ޖެހޭނީ އެއަށް ވުރެން..

  5. ޖައްސަބަލަ

    "ހިޔާ" މަޝްރޫޢުގެ ދަށުން ސިފައިންނަށް 300 ފްލެޓް މާ ބޮޑަށް މަދޭ ސިފައިންގެ އަދަދަކީ 5000 އޭ އެހެން ކަމަށްވާނަމަ 5000 ސިފައިންނަށް ވެސް ފްލެޓްސް ދެވެން ޖެހޭނެއޭ އެކަކު ވެސް ބާކީ ނުކޮށް އެއިރުން ނޭ ސިފައިން މަމެން ޕިންކީންގެ ވެރިކަން ދެމެެހެއްޓުމަށް ޓަކައި މަސައްކަތް ކުރާނީ ވެސް. މިކަން ޖައްސަންވީއޭ ސިފައިންގެ އިން ތަންކޮޅެއް ލާރޖް ކޮށް ޑިފެންސް މިނިސްޓަރު. ޖައްސަބަލަ.

  6. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  7. ފަނޑިޔާރުންނާއި މައުމޫނާއި ފާރިސް އަދި ކުރީގެ ސީޕީއަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އެއީ އެމެންނަށް ޓެރެރިޒަމް ގެ ކަންކަމަށް ހިތްވަރު ލިބޭނެ އުސޫލުން އެމެންނަށް ކަންކަން ކުރެވުމުން ނޫންތޭ. މިކަން ފެނިގެން ދެއޭ ކުރީގެ ޕޮލިސް ކަމިޝަނަރު ވެސް މަގާމް ގައި ހުރެމެ ކޮމާރންޑަރ އިން ޗީފް ގެ އަމުރު ތަކަށް ތަބާނުވުން އަދި ބޮޑެތި ކުށްވެރިން ޖަލުން ދޫކޮށްލާ ލޯންޗަށް އެރުވުން މީ ބޮޑެތި މައްސަލަ ތައް ނޫންތޭ މިހުންނަނީ. މީ ކިހާ ބޮޑު ގައްދާރެއް ނޫންތޭ އެމެން ގައުމަށް ވީ. ގައުމަށް ގައްދާރުވުމަކީ ވެސް އެއީ ޓެރެރިޒަމް އަށް ވާގިވެރި ވުން ނޫންތޭ މަމެން ޔަގީން ކަން ދެން ފެބް އެކެއްގައި މަމެން ޕިންކީންގެ ވެރިކަން ދަ ނަހަލާލު ކޯޓް އަމުރު ނެރެގެން އެގޮތަށް ކުރި ނަމަ މިހާރު މިގައުމު އޮންނާނީ ޔަމަން އަށް މިހާރު ދިމާވެގެން އުޅޭ ގޮތަށް ވެފައި ކަން. ޔަމަންގެ ކުރީގެ ރައީސް ކޮރަޕްޝަނޭ ކިޔާ ދެއްކި ވާހަކަ ތަކަށް ވުރެން ބޮޑު ގެއްލުން ނޫންތޭ މިހާރު ޔަމަން އަށް ވަމުން ދަނީ. ހޫތީން އެއީ އިރާނު ބަޔެއް ދޯ އައިސް ވެރިވެގަތީ.