މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ފޮނަދޫ ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، ޕީ.އެން.ސީ ޓިކެޓުގައި ވާދަކުރައްވާ، ކެންޑިޑޭޓު ނަމްބަރ 1، އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމް އަބްދުﷲ އަށް، 323 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 44.19 އިންސައްތަ ވޯޓެވެ.

އަބްދުއްރަހީމް އަބްދުﷲ އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓު، މޫސާ ސިރާޖް އަށް ލިބިވަޑައިގަތީ 124 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 16.96 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އެ ދާއިރާއަށް 6 ބޭފުޅުން ވާދަކުރައްވައެވެ.