މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ދާއިރާ ތަކުގެ ނަތީޖާ ދައްކާ ގޮތުން 17 ދާއިރާ އެއް ފާހަގަ ކުރެވެނީ ވަރަށްވެސް ވާދަވެރިވާނެ ދާއިރާތަކެއްގެ ގޮތުގައެވެ.

ހޯރަފުށި ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ މުޙައްމަދު އިސްމާޢިލަށް، 861 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 50.38 އިންސައްތަ ވޯޓެވެ.

މުޙައްމަދު އިސްމާޢިލް އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމް.ޑީ.ޕީ ކެންޑިޑޭޓު، އަޙުމަދު ޝަލީމަށް ލިބިވަޑައިގަތީ 848 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 49.62 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 13 ވޯޓެވެ.

 

ހަނިމާދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޝަހުދީ އަށް، 621 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 39.60 އިންސައްތަ ވޯޓެވެ.

ޙުސައިން ޝަހުދީ އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމް.ޑީ.ޕީ ކެންޑިޑޭޓު، ޢަބްދުލްޣަފޫރު މޫސާ އަށް ލިބިވަޑައިގަތީ 607 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 38.71 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 14 ވޯޓެވެ.

 

ކ.ގުރައިދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އިބްރާޙިމް ރިޒާއަށް، 134 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 44.82 އިންސައްތަ ވޯޓެވެ.

އިބްރާޙިމް ރިޒާ އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، މުޙައްމަދު އާދިލް ސަލީމަށް ލިބިވަޑައިގަތީ 125 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 41.81 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 9 ވޯޓެވެ.

 

ދަނގެތި ދާއިރާ

މުހައްމަދު ނާޒިމްއަށް، 213 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 26.63 އިންސައްތަ ވޯޓެވެ.

ނާޒިމް އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، މުހައްމަދު އިބްރާހިމްއަށް ލިބިވަޑައިގަތީ 201 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 25.13އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 12 ވޯޓެވެ.

 

ކެޔޮދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ މޫސާ ނިޒާރު އިބްރާޙިމަށް 273 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 31.60 އިންސައްތަ ވޯޓެވެ.

މޫސާ ނިޒާރު އިބްރާޙިމް އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، ޙުސައިން ޤާޞިމަށް ލިބިވަޑައިގަތީ 257 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 29.75 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 16 ވޯޓެވެ.

 

ގަމު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އާދަމް އާސިފުއަށް، 403 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 36.44 އިންސައްތަ ވޯޓެވެ.

އާދަމް އާސިފު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، މުހައްމަދު ވިސާމްއަށް ލިބިވަޑައިގަތީ 402 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 36.35 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 1 ވޯޓެވެ.

 

ހުޅުމާލެ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އަލީ ނިޔާޒު އަށް ، 386 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 26.62 އިންސައްތަ ވޯޓެވެ.

އަލީ ނިޔާޒު އާއި އެންމެ ކައިރިން ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓު، އިބްރާހިމް ފައިސަލް ލިބިވަޑައިގަތީ 378 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 26.07 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 8 ވޯޓެވެ.

 

ހެންވޭރު ދެކުނު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އިރުތިޝާމް އަށް ، 223 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 20.80 އިންސައްތަ ވޯޓެވެ.

އިރޫ އާއި އެންމެ ކައިރިން ވާދަކުރައްވާ، އަމިއްލަ ކެންޑިޑޭޓު، ރުކުމާ އަށް ލިބިވަޑައިގަތީ 214 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 19.96 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 11 ވޯޓެވެ.

 

ކެނދިކުޅުދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ ޢަލީ މަޢުރޫފު އަށް، 185 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 52.41 އިންސައްތަ ވޯޓެވެ.

ޢަލީ މަޢުރޫފު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމް.ޑީ.ޕީ ކެންޑިޑޭޓު، އަޙުމަދު ޢީސާ އަށް ލިބިވަޑައިގަތީ 168 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 47.59 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 17 ވޯޓެވެ.

 

މަނަދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ ޙުޞްނީ މުބާރިކް އަށް، 847 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 48.71 އިންސައްތަ ވޯޓެވެ.

ޙުޞްނީ މުބާރިކް އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމް.ޑީ.ޕީ ކެންޑިޑޭޓު، އަޙުމަދު ހާރޫން އަށް ލިބިވަޑައިގަތީ 836 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 48.07 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 11 ވޯޓެވެ.

 

ތިމަރަފުށި ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒުއަށް 412 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 32.34 އިންސައްތަ ވޯޓެވެ.

ރިޔާޒު އާއި އެންމެ ކައިރިން ވާދަކުރައްވާ، މިނިވަން ކެންޑިޑޭޓް އަބްދުﷲ ޝަކީބުއަށް ލިބިވަޑައިގަތީ 394 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 30.93 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 18 ވޯޓެވެ.

 

ތިނަދޫ އުތުރު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ ޢަބްދުލްމުޣުނީ އަށް 639 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 49.31 އިންސައްތަ ވޯޓެވެ.

މުޣުނީ އާއި އެންމެ ކައިރިން ވާދަކުރައްވާ، މިނިވަން ކެންޑިޑޭޓް ސައުދުﷲ ހިލްމީއަށް ލިބިވަޑައިގަތީ 621 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 47.92 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 18 ވޯޓެވެ.

 

މަޑަވެލި ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ މުޢާޒު މުޙައްމަދު ރަޝީދަށް 241 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 30.28 އިންސައްތަ ވޯޓެވެ.

މުޢާޒު އާއި އެންމެ ކައިރިން ވާދަކުރައްވާ، މިނިވަން ކެންޑިޑޭޓް ޔޫނުސް އަޙުމަދަށް ލިބިވަޑައިގަތީ 234 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 29.40 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 7 ވޯޓެވެ.

 

ހުޅުދޫ ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ މުޙައްމަދު ޝާހިދަށް 299 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 50.08 އިންސައްތަ ވޯޓެވެ.

ޝާހިދު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓް އިލްޔާޞް ލަބީބަށް ލިބިވަޑައިގަތީ 298 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 49.92 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 1 ވޯޓެވެ.

 

ހިތަދޫ އުތުރު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އަޙުމަދު މުޙައްމަދަށް 453 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 33.51 އިންސައްތަ ވޯޓެވެ.

އަޙުމަދު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު އަސްލަމަށް ލިބިވަޑައިގަތީ 444 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 32.84 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 9 ވޯޓެވެ.

 

މާފަންނު މެދުު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ އިބްރާޙިމް ރަޝީދަށް 123 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 27.33 އިންސައްތަ ވޯޓެވެ.

ރަޝީދު އާއި އެންމެ ކައިރިން ވާދަކުރައްވާ، ޕީޕީއެމް ކެންޑިޑޭޓް އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 105 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 23.33 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 18 ވޯޓެވެ.

 

މާފަންނު ހުޅަނގު ދާއިރާ

މި ދާއިރާ އަށް ވާދަކުރައްވާ ޤީލާ ޢަލީއަށް 289 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 25.13 އިންސައްތަ ވޯޓެވެ.

ޤީލާ އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ފަލާޙަށް ލިބިވަޑައިގަތީ 280 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 24.35 އިންސައްތަ ވޯޓެވެ. އެހެން ކަމުން މި ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 9 ވޯޓެވެ.