މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ތިނަދޫ ދެކުނު ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރ 4، އަބްދުﷲ އަހްމަދު އެވެ.

އަބްދުﷲ އަހްމަދު، 534 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 34.08 އިންސައްތަ ވޯޓެވެ.

އަބްދުﷲ އަހްމަދު އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، އަބްދުﷲ ސަނީފް އަށް ލިބިވަޑައިގަތީ 512 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 32.67 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އެ ދާއިރާއަށް 5 ބޭފުޅުން ވާދަކުރައްވައެވެ.