ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މަޖިލީސް އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްތޯ ކަށަވަރު ކުރުމުގެގޮތުން އެޗްއާރްސީއެމް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"މިގޮތުން އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރާއިރު، އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، އިންތިޚާބު ބާއްވާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާއި، އިންތިޚާބުގެ ފަހުން ހިނގާ ކަންކަން އޮބްޒާވްކުރުން ހިމެނެވެ." ބަޔާނުގައި ވެއެވެ.

އިންތިޚާބުގެ ކުރީގެ މަރުހަލާ މޮނިޓަރކުރުމުގައި އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން މީޑީއާގެ އެކި ވަޞީލަތްތައް މޮނިޓަރކޮށް، ފާހަގަވާ ކަންކަމާއި، ކަމާގުޅުން ހުރި އެކި ފަރާތްތަކާ އެކު ބާއްވާފައިވާ ބައްދަލުވުންތަކުން ފާހަގަވެފައިވާ ކަންކަމާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، އެހެނިގެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ކަންކަމަށް އަލިއަޅުވާލައި، ހާލަތު ދެނެގަތުމުގެ ގޮތުން ކޮންމެ ހަފްތާއަކު ރިޕޯޓެއް ތައްޔާރުކޮށް، މި ރިޕޯޓުގައި ފާހަގަވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭފަރާތްތަކާ މަޝްވަރާކޮށް، މި ކަންކަން ހައްލުކުރުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކާ ވާނީ ހިއްސާކުރެވިފައި ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

"މިހާތަނަށް ކޮމިޝަނުން ކުރި މަސައްކަތްތަކުން ފާހަގަކުރެވުނުގޮތުގައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖެހިފައިވެއެވެ." ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރާފަދަ ކަންތައްތައް މަދުން ނަމަވެސް ހިނގާކަން ހިތާމައާއެކު ފާހަގަކުރަމަށް ވެސް ބަޔާނުގައި ވެއެވެ.

މުޅި ރާއްޖޭގައި ބޭއްވޭ މިމުހިންމު އިންތިޚާބަކީ އެންމެހާ ނުފޫޒުތަކުން މިނިވަންވެ ތިބެ އެމީހަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިޚުތިޔާރުލިބިފައިވާ އިންތިޚާބަކަށް ހެދުމަށާއި، ގައުމީ މަސްލަހަތު އިސްކޮށް އަމާން އޮމާން ވެއްޓެއްގައި ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަމްޏަމް

    އިންތިހާބު އިންސާފުވެރި ނުވާނެކަން ޔަގީން މިހާރުވެސް ސަރުކާރުން ގެއްލިފައިވާ ލާރިގަނޑު ވަނީ ރިސްވަތުތެރެއަށް ވަދެފަ އަދިކޮބާ އިންޑިއާއިން ދޭނެލާރިގަނޑު މިއޮތީ މުލިވަގު ސަރުކާރު އެކަމަކު ނަންވާނީ މިގައުމަށް ތަރަށްގީ ގެނެސްދެއްވި ރައީސް ޔާމީންގެ ނަން ﷲގެ ރަހުމަތުން އެމްޑީޕީ އަށް މިފަހަރު ނާކާމިޔާބާ ކުރިމަތިލާންޖެހޭނެ.؛

    1
    1
  2. ޢަފްލާ

    މިދިޔަ ެިޔާސީ އިންތިޚާބުގަ ވޯޓުން ވައްކަން ކުރިޔަ ދީގެން ކަލޭމއން ތިބީމަ ދޯ ވަގުވޯޓުން ކިނބޫ ވެރިކަމައް އައީ މިގައުމުގަ ހިންގި އއންމެ ބޮޑު ޖަރީމާ ހިންގާފަ އޮތީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގަ ކޮންކަމެއްވީ ހުރިހާ މުއައްސަސާ ތަކަކައް ކަޅު ފައިސާ ވައްދައިގެން ކަލޭމެން ގެ ވެސް ބައިވެެިވުން އޮވެގެން ދޯ ވޯޓް އޯޅުވާލީ

  3. Anonymous

    އިންސާފުވެރި ނުވާނެ ތިޔަ އީސީ މެމްބަރުން އީސީގައި ތިބިހާ ހިނދަކު، އެއީ ހަމަ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައިވެސް ތިބި އީސީ ޢައްދާރު ރިޝްވަތުބޮނޑި ސަރީފޫމެން ނޫންތަ؟؟؟؟