މަޖިލިސް އިންތިހާބުގެ ނަތީޖާ ބެއްލެވުމަށް މި ލިންކަށް ފިއްތަވާލައްވާ. މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުންނާއި އަމިއްލަ ގޮތުން، ޖުމްލަ 386 ކެނޑިޑޭޓުން ވާދަކުރާނެ.

.

.

.

12:38 -

12:35 -

އެމްޑީޕީން 66 ގޮނޑި ކާމިޔާބު ކުރުން ގާތް

12:34-

ރިޔާސީ ކޮމިޝަން "ފަންކްޝަން" ކުރާތަން ފެންނާނެ - ރައީސް

12:30 -

ރައީސް ނޫސްވެރިންނަށް: މަޑުން ނުތިއްބަވާތި!

11:50 - އެމްޑީޕީން އުފާފާޅުކުރަނީ. ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

11:40 - އެމްޑީޕީގެ އުފާފާޅުކުރުންތަކުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންފި.

11:35-

11:30

11:28 - އެމްޑީޕީން މަޖިލީހަށް ނުކުތީ އެޖެންޑާ 19ގެ ނަމުގައި ގާނޫނުތަކެއް ހުށަހެޅުމުގެ ވައުދުތަކާއެކު. އެ ޕާޓީން ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ނަޒާހާތްތެރި މަޖިލީހެއްގެ ވާހަކައާއި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ވާހަކަ.

11:21 - ޖުމްހޫރި ޕާޓީގެ އިސްބޭފުޅެއް ކަމަށްވާ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް އުފާފާޅު ކުރުމުގައި ބައިވެރިވުމަށް ލޮނުޒިޔާރާތް ކޮޅަށް ވަޑައިގެންފި.

23:16 - އެމްޑީޕީން އިންތިހާބީގެ ކާމިޔާބު ފާހަގަކުރުން --- ވަގުތު އިމޭޖްސް/ އަޝްހާދު އަބްދުﷲ

23:11

23:09

23:05
އުފާފާޅުކުރުމަށް އެމްޑީޕީން ބާއްވަމުންދާ އެއްވުމުގައި އަދި ކުރިއަށް ދަނީ ލަވަޖެހުން.

22:56

އެމްޑީޕީގެ އުފާފާޅުކުރުންތަކުގައި ބައިވެރިވުމަށް ރައީސް ޞާލިހް ވެސް ލޮނުޒިޔާރަތްކޮޅަށް ވަޑައިގެންފި.

22:51

އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީ ސަޕޯޓަރުން ލޮނުޒިޔާރަތްކޮޅަށް ޖަމާވާން ފަށައިފި.

22:48 -

22:07 -

22:00 -

21:52 -

21:49 -

21:39 -

21:38 -

21:37 -

21:23 - މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު 17 ދާއިރާ އަކުން އެމްޑީޕީ މެންބަރުން އުޅުއްވަނީ ކުރީގައި. ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނަށް އަދި ހަތަރު ދާއިރާއަކުން ކުރި ލިބިފައި ވާއިރު ޖޭޕީގެ ކެންޑިޑޭޓުން ފަސް ދާއިރާ އަކުން ކުރީގައި އެބައުޅުއްވާ. މިނިވަން ތިން ކެންޑިޑޭޓަކު ވެސް އެބޭފުޅުންގެ ދާއިރާތަކުން ކުރި ހޯއްދަވާފައިވޭ. އެމްޑީއޭ އިން މިހާތަނަށް އެއް ދާއިރާ އަކުން ކުރީގައި އުޅޭއިރު އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އަދި އެއްވެސް ދާއިރާ އަކުން ކުރިއެއް ނުލިބޭ.

21:14 -

21:13 -

21:12 -

21:05 -

20:48 -

20:46 - ކުޑަހުވަދޫ ދާއިރާ މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާ އިރު، ކުރީގައި އުޅެނީ މިހާރުވެސް އެދާއިރާގެ މެމްބަރު އަހުމަދު އާމިރު. 484 ވޯޓު ޖުމްލަ ގުނާފައިވާ އިރު، އާމިރު ވަނީ 219 ވޯޓު ހޯއްދަވާފައި. ވާދަކުރައްވަނީ އެމްޑީޕީ ކެނޑިޑޭޓް ޝާތިރު އަބްދުލްރަހުމާން.

20:42 -

20:38 - މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާ އިރު، އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ. ހއ. އަތޮޅު ހުރިހާ ދާއިރާއަކުންވެސް މިވަގުތު ކުރީގައި އުޅެނީ އެމްޑީޕީން.

20:37 -

20:51 - މަހިބަދޫ ދާއިރާ މިހާތަނަށް ގުނާފައިވާ 339 ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އަދާލަތު ޕާޓީގެ ކެނޑިޑޭޓް، އަލީ އާޒިމް. ވާދަކުރައް ވަނީ މިހާރުގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް).

20:29 - މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާ އިރު، މާލޭގެ ހަ ދާއިރާއަކުން މިހާރުވެސް ކުރީގައި އުޅެނީ އެމްޑީޕީ.

20:28 -

20:24- ފޮނަދޫ ދާއިރާ މިހާތަނަށް 465 ވޯޓު ގުނާފައިވާ އިރު، ކުރީގައި އުޅުއް ވަނީ އެމްޑީޕީ ކެނޑިޑޭޓް އަލް އުސްތާޒު މޫސާ ސިރާޖު. މޫސާ ސިރާޖު 216 ވޯޓު ހޯއްދަވާފައިރު، މިހާރު އެ ދާއީރާގެ މެމްބަރު، އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އޮތީ ދެވަނައިގައި. އެމަނިކުފާނަށް ލިބިފައި ވަނީ 139 ވޯޓު.

20:11 -

20:09 -

20:06 - ނައިފަރު ދާއިރާގެ 415 ވޯޓު ގުނާފައިވާ އިރު، މިހާރުވެސް މެމްބަރު އަހުމަދު ޝިޔާމް އުޅުއްވަނީ ކުރީގައި. ޝިޔާމް 200 ވޯޓު ހޯއްދަވާފައިވާ އިރު، އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ކާރިމް އަށް ލިބިފައި ވަނީ 128 ވޯޓު.

20:03 - ބާރަށު ދާއިރާގެ 1202 ވޯޓު ގުނާފައިވާ އިރު، މިހާރުގެ މެމްބަރު އިބްރާހީމް ސުޖާއު އުޅުއްވަނީ ކުޑަ ތަންކޮޅެއް ކުރީގައި. ސުޖާ ވަނީ 588 ވޯޓު ހޯއްދަވާފައި. ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު އަބްދުﷲ އަށް ލިބިފައި ވަނީ 583 ވޯޓު.

19:58 - ތުޅާދޫ ދާއިރާގައި މިހާތަނަށް ގުނުނު 120 ވޯޓުން ބަލާ އިރު، އެއްވަނައިގައި އުޅެނީ 66 ވޯޓާއެކު ހިސާން ހުސައިން. ދެވަނައިގައި އުޅުއްވަނީ ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އަތީފް. އަތީފް ވަނީ 45 ވޯޓު ހޯއްދަވާފައި.

19:56 - މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު 17 ދާއިރާ އަކުން އެމްޑީޕީ މެންބަރުން އުޅުއްވަނީ ކުރީގައި. ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނަށް އަދި ހަތަރު ދާއިރާއަކުން ކުރި ލިބިފައި ވާއިރު ޖޭޕީގެ ކެންޑިޑޭޓުން ފަސް ދާއިރާ އަކުން ކުރީގައި އެބައުޅުއްވާ. މިނިވަން ތިން ކެންޑިޑޭޓަކު ވެސް އެބޭފުޅުންގެ ދާއިރާތަކުން ކުރި ހޯއްދަވާފައިވޭ. އެމްޑީއޭ އިން މިހާތަނަށް އެއް ދާއިރާ އަކުން ކުރީގައި އުޅޭއިރު އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް އަދި އެއްވެސް ދާއިރާ އަކުން ކުރިއެއް ނުލިބޭ.

19:55 - ހިތަދޫ އުތުރު ފުރަތަމަ ފޮށީގެ ނަތީޖާ ލިބުނު އިރު، އަސްލަމް ދެވަނައިގައި.

19:49 -

19:48 - ވައިކަރަދޫ ދާއިރާ މިހާތަނަށް ގުނާފައި ވަނީ 171 ވޯޓު. މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީ ކެނޑިޑޭޓް ހުސައިން ޒިޔާދު (ފިއްޓޭ) އެއްވަނައިގައި އުޅުއްވަނީ 105 ވޯޓާއެކު. ފިއްޓޭއާ ވާދަކުރައް ވަނީ އަދާލަތު ޕާޓީގެ ކެނޑިޑޭޓް ހުސައިން ޘަގީފް. ޘަގީފަށް ލިބިފައި ވަނީ 60 ވޯޓު.

19:45 -

ވޯޓުލީ މީހުންގެ އަދަދު މަދުވެއްޖެ

19:38 - ހޯރަފުށީ ދާއިރާއިން 341 ވޯޓު ގުނާފައިވާ އިރު، މިހާރުގެ މެމްބަރު މުހައްމަދު އިސްމާއީލް އުޅުއްވަނީ އަހުމަދު ސަލީމް (ސައްލެ)އަށްވުރެ ފަހަތުގައި. ސައްލެ ވަނީ 211 ވޯޓު ހޯއްދަވާފައި. މުހައްމަދު އިސްމާއީލްއަށް ލިބިފައި ވަނީ 124 ވޯޓު.

19:35 - މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މެންބަރު މުސްތަފާ އާއި ރޮޒައިނާ އަދި ހުސައިން މަނިކު ދޮންމަނިކަށް އިންތިޚާބު ނާކާމިޔާބު ވެދާނެ.

19:29 - މައްޗަންގޮޅި ދެކުނު 120 ވޯޓު ގުނާފައިވާ އިރު، ކުރީގައި އުޅުއްވަނީ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ހައިތަމް. ހައިތަމް ވަނީ 56 ވޯޓު ހޯއްދަވާފައި. ހަ ކެނޑިޑޭޓަކު ވާދަކުރައްވާ އެ ދާއިރާއިން، މިވަގުތު ނަތީޖާ ދައްކާ ގޮތުން ހައިތަމްއާ ވާދަކުރައް ވަނީ އަބްދުﷲ ޝިނާން. ޝިނާން ވަނީ 29 ވޯޓު ހޯއްދަވާފައި.

19:27 - އައްޑޫ މީދޫ ދާއިރާގެ 358 ވޯޓެއް މިހާރު ވަނީ ގުނާފައި. އެ ނަތީޖާތައް ދައްކާ ގޮތުން، އެއްވަނައިގައި އުޅެނީ އަމިއްލަ ކެނޑިޑޭޓް އަބްދުލްރަހުމާން. އަބްދުލްރަހުމާން 174 ވޯޓު ހޯއްދަވާފައިވާ އިރު، ވާދަކުރައް ވަނީ އެމްޑީޕީ ކެނޑިޑޭޓް ރޮޒައިނާ އާދަމް. ރޮޒައިނާ ވަނީ މިހާތަނަށް ގުނި ވޯޓުން 164 ވޯޓު ހޯއްދަވާފައި.

19:20 - މާމިގިލީ ދާއިރާއިން މިހާތަނަށް ގުނާފައި ވަނީ 54 ވޯޓު. މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއަށް ބަލާ އިރު، ލީޑު ކުރައް ވަނީ 18 ވަނަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް. އެމަނިކުފާނު ވަނީ 35 ވޯޓު ހޯސްދަވާފައި. ވާދަކުރަމުން ދަނީ އެމްޑީޕީ ކެނޑިޑޭޓް އަލީ އަމީޒު. އަމީޒު ވަނީ 15 ވޯޓު ހޯއްދަވާފައި.

19:17 - އަލިފުށި ދާއިރާ (އީ01)

މިހާތަނަށް ޖުމްލަ ގުނި ވޯޓު: 207

ބާތިލު: 07

1- މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ) - 116

2- އަހުމަދު ހުސައިން (ޕީއެންސީ) - 91

19:11 - ތިމަރަފުށީ ދާއިރާ

1- ރިޔާޒް ރަޝީދު (ޖޭޕީ) - 71

2- އިބްރާހީމް ސަނާހް (އަމިއްލަ) - 40

3- އަބްދުﷲ ޝަކީބު (އަމިއްލަ) - 0

4- މުހައްމަދު މުސްތަފާ ( އެމްޑީޕީ) - 54

19:07 - ހޯރަފުށި ދާއިރާ މެލޭޝިއާ ފޮށި. އަހުމަދު ސަލީމް (އެމްޑީޕީ) 12 ، މުހައްމަދު އިސްމާއީލް (ޕީޕީއެމް) 5.

19:05 - ނަތީޖާތައް ގުނަން ފަށައިފި.
18:57 - ކިއުތައް ބަންދު ކުރި އިރު، 207360 މީހުން ވޯޓު ލާފައިވޭ.

18:49 ވޯޓު ގުނުމުން ދަނީ --- ވަގުތު އިމޭޖްސް/ އަޝްހާދު އަބްދުﷲ

18:31 - ވޯޓު ގުނަމަށް ގިނަ ސްޓޭޝަންތަކުން ތައްޔާރު ވަނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ފޮށިތަކެއް ވަނީ ގަޑިއަށް ބަންދު ކޮށްފައި --- ވަގުތު އިމޭޖްސް/ އަޝްހާދު އަބްދުﷲ

6:25 - ވޯޓު ގުނަން ފަށައިފި.

18:18 - ވޯޓު ފޮށިތައް ބަންދު ކޮށްފައި. --- ވަގުތު އިމޭޖްސް/ އަޝްހާދު އަބްދުﷲ

18:14 -

ކުރީގެ ރައީސް ޔާމީން ވޯޓެއް ނުލައްވާ

18:10 - މިހާތަނަށް ބަންދު ނުކޮށް ވަނީ މަދު ފޮށިތަކެއް. ސްރީލަންކާގައި ބެހެއްޓި ވޯޓު ފޮށިވެސް މިހާރު ވަނީ ބަންދު ކުރެވިފައި.

18:00 - ވޯޓުލުން ބަންދު ވެއްޖެ. ގިނަ ވޯޓު ފޮށިތަކެއްގައި ކިއު ނެތުމުން ވަނީ ބަންދު ކޮށްފައި.

17:42 - ވޯޓު ލީ މީހުންގެ އަދަދު ދެ ލައްކައަށް އަރައިފި. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 75 ޕަސެންޓް ވޯޓު ލައިފި.

17:16 - ފުލުހުންގެ އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް ދަނީ އަމާޒުވަމުން!

17:09 -

16:33 - މިހާތަނަށް 160،534 މީހުން ވޯޓު ލައިފި. މިހާރު ވޯޓު ނުލާ މީހުންގެ ނިސްބަތަކީ 39.29 ޕަސެންޓް.

16:30 -

16:25 - އިސްދޫ ދާއިރާ މާލެ ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 806 މީހުންނަށް، މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެ ފޮށްޓަށް ވޯޓު ލާފައިވޭ.

16:23 -

16:16 - މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި.

15:52 - ގައުމީ ކޮމްޕްލެއިން ބިއުރޯއަށް މިހާތަނަށް 11 މައްސަަލައެއް ހުށަހަޅައިފި

15:45 - ވޯޓުގަޑި އިތުރު ކުރަން ނިންމާފައި ވަނީ ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން - އަކްރަމް

15:42-

15:41 -

15:35 - ވޯޓުލުމުގެ ގަޑި އިތުރުކޮށްފި

ވޯޓުލުމުގެ ގަޑި އިތުރުކޮށްފި

15:01 -

15:00-

އިންތިހާބާއެކު މީސް މީޑިއާގައި ހުސް އިނގިލި!

14:59-

14:08-

14:05 -

13:55 -

އިންތިޚާބު އޮބްޒާވްކުރަންއައި ބޭރުގެ ފާރާތްތަކަށް ފޮރިން މިނިސްޓަރ މަރުޙަބާ ދަންނަވައިފި

13:47 - ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް ދައްވެއްޖެ - އީސީގެ ރައީސް ޝަރީފް

13:46 - 1:00 އާ ހަމައަށް ވޯޓު ދޭން ދިޔަ މީހުންގެ އަދަދު 100046.

13:41 -

1:40 - އިސްކަންދަރު ސްކޫލްގައި ކިއު ދަނީ ބޮޑުވަމުންް. އެ ސަރަހައްދުގައި 11 ފޮއްޓެއް ބެހެއްޓިފައިވޭ.

1:26 -

ވޯޓު ކަރުދާހުގެ ފޮޓޯ ނެގި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

1:19 - ރާއްޖޭގެ ހުރިހާ ސަރަހައްދެގައިވެސް މިއަދު ކުރިއަށްދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރުމަށް ކޮމަންވެލްތުގެ ވަފްދެއް ރާއްޖޭގައި ދަނީ ހަރަކާތްތެެރިވަމުން.

މިއަދުގެ އިންތިޚާބު މޮނިޓަރ ކުރުމުގައި ކޮމަންވެލްތުންވެސް ދަނީ ހަރަކާތްތެރިވަމުން

1:10 - އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.

1:05 - މާލޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ގެންދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

13:03 - މިހާ ހިސާބަށް އައި އިރު، އިންތިހާބުގެ އެއްވެސް ބޮޑު ހަމަ ނުޖެހުމެއް ފާހަގަވެފައެއް ނުވޭ.

12:59 - ވޯޓު ލީ މީހުންގެ އަދަދު ލައްކައަކާ ގާތް ކޮށްފި. ގިނައީ ފިރިހެނުން.

ވޯޓުލީ މީހުންގެ އަަދަދު ލައްކައަކަށް، ގިނައީ ފިރިހެނުން!

12:40 - ފޮޓޯ: ރައީސް ވޯޓު ލެއްވުން--- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

12:26 - މުޅި ރާއްޖެއަށްވެސް ހޫނު ގަދަ ދުވަހަކަށްވުމާއެކު، މެންދުރުގެ ވަގުތަކުގައި ބައެއް ވޯޓުލާ މަރުކަޒުތައް ފެންނަނީ ހުސްކޮށް.

ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

12:15 - ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފި.

ވޯޓް ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރުކޮށްފި

12:13 -

މައުމޫން، ދަރިފުޅު ފާރިޝްއާއެކު ވޯޓަށް ފަހު ---

12:12 -

12:03 -

11:59 - ގއ. ވިލިނގިލީގައި ވޯޓު ލާން ދިޔަ މީހަކު، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމުން ހައްޔަރު ކޮށްފި. އޭނާ ހައްޔަރު ކޮށްފައި ވަނީ ހަތަރު ގަޑިއިރަށް.

11:52 - އީސީގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާ ގޮތުން މިހާތަނަށް 70501 މީހުން ވޯޓު ލައިފި. އެއީ ހައްގު ލިބިގެންވާ މީހުންގެ 26.66 އިންސައްތަ.

11:49 - ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވޯޓު ލާން ވަޑައިގެންފި.

11:46 - އައްޑޫ ސިޓީގެ މާލެ ތިން ނަންބަރު ވޯޓު ފޮއްޓަށް 186 މީހުން މިހާރު ވަނީ ވޯޓު ލައިފައި.

11:40 - ވޯޓްލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިހުރި ގޮތުން ވޯޓްގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ އެކެއް އިންސައްތަ މަރުކަޒު އެބަހުރި ކަމަށާއި، މަރުކަޒުތައް ވަރަށް ގާތުން އޮބްޒާވްކުރަމުން ގެންދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި.

ވޯޓްގެ ސިއްރުކަން ގެއްލިދާނެ މަރުކަޒުތަކެއް އެބަހުރި – ޓްރާންސްޕޭރެންސީ

11:38 - ވޯޓު ލުމަށްޓަކައި އެތައް ބަޔަކު މަގުތަކަށް ނުކުމެފައިވާ އިރު، މާލޭގެ މަގުތައް ފެންނަނީ ބާރު ބޮޑުކޮށް. އެކަމަށް އެންމެންވެސް ސަމާލުވުން މުހިއްމު.

11:35 - އިންތިޚާބާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ދެ މައްސަލައެއް ވަނީ ހުށަހެޅިފައި އަދި މި މައްސަލަތައް ފުލުހުން ދަނީ ބަލުން.

11:25 - މިހާތަނަށް މުޅި ރާއްޖޭގައި ގާތް ގަނޑަކަށް 43،774 މީހުންނަށްވުރެ ގިނަ މީހުން ވޯޓު ލައިފި. ބައެއް ފޮށިތަކުގައި ކިއު ޖެހެމުންދާ ކަމަށް ފާހަގަވެފައިވޭ.

11:23 - ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްވެސް ވޯޓު ލައްވާފައި. ފައިސަލް ވޯޓު ދެއްވާފައި ވަނީ ބިއްލޫރިގޭގައި ބަހައްޓާފައިވާ ފުވައްމުލަކު ދެކުން ދާއީރާ މާލެ ފޮއްޓަށް.

11:08

10:56

10:55 - ވޯޓް ލާފައިވާ މީހުންގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ދެންމެ ވިދާޅުވީ މުޅި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ ފޮށިތަކަށް މިހާތަނަށް ވޯޓު ލީ މީހުންގެ އަދަދު 42000 އަށް ވުރެ އިތުރުވެއްޖެ ކަމަށް.

10:54

10:50 - ލ.އަތޮޅު ފޮނަދޫ އެއް ނަމްބަރު ފޮއްޓަށް ވޯޓް ލުމުގެ ޙައްޤު 488 މީހުންނަށް ލިބިފައިވޭ. މިހާތަނަށް 151 އެމީހަކު އެފޮއްޓަށް ވޯޓް ލައިފި.

10:48

ފޮނަދޫ އެއް ނަމްބަރު ވޯޓް ފޮއްޓަށް މީހަކު ވޯޓް ލަނީ
ފޮނަދޫ އެއް ނަމްބަރު ވޯޓް ފޮއްޓަށް މީހަކު ވޯޓް ލަނީ

10:44

10:41 މިހާތަނަށް 20،000 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެ. އަކްރަމް ވިދާޅުވީ ވޯޓު ލާން ނިކުމެ ތިބި މީހުން ވަރަށް މަދު ކަމަށާއި ބައެއް ފޮށިތައް ކައިރީގައި ކިއޫ ވެސް ނެތް ކަމަށް.

10:36

އަވަަހަށް ވޯޓުލާން ދިއުމަށް އިލެކްޝަނުން އެދިއްޖެ

10:30 މިހާތަނަށް ވޯޓު ލާފައި ވަނީ 20،000 އަކަށް މީހުން. ރިޔާސީ އިންތިހާބާ އަޅާބަލާ އިރު، އެއީ މަދު އަދަދެއް.

10:25 - ޖަމާލުއްދީންގައި ބެހެއްޓިފައި ވަނީ ހަ ފޮއްޓެއް. އެއީ ރ. ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު އަދި ކިނޮޅަސް މީހުން ވޯޓުލާ ފޮށީގެ އިތުރުން ރ. މީދުއާއި މަޑުއްވަރި މީހުން ވޯޓުލާ ފޮށި، ޅ. ހިންނަވަރި މީހުން ވޯޓުލާ ފޮށި. ޅ. ނައިފަރު ދާއިރާ މާލެ ފޮށި، އދ. އަތޮޅު މާލޭ ފޮއްޓެއްގެ އިތުރުން ޅ. އޮޅުވެލިފުށި ޅ. ކުރެންދޫ މާލެ ފޮށި.

10:23 ނަތީޖާ ލިބުން ރިޔާސީ އިންތިހާބަށްވުރެ ލަސްވާނެ - އީސީ

ނަތީޖާ ލިބުން ރިޔާސީ އިންތިހާބަށްވުރެ ލަސްވާނެ - އީސީ

10:22 - ރިޔާސީ އިންތިހާބާ އަޅާ ބަލާ އިރު، މިހާތަނަށް ވޯޓުލުމަށް ނުކުތް މީހުން މަދު. އިލެކްޝަންސްއިން އަންގަވާފައި ވަނީ ވީހާވެސް އަވަހަށް ވޯޓު ލުމަށް.

10:17 - ރައީސް ވޯޓު ދެއްވުމަށް ވަޑައިގެން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

10:15 އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން އަވަހަށް ނިކުމެ ވަޑައިގެން ވޯޓު ދެއްވުން. އެއީ ޑިމަކްރަސީން ލިބިދޭ މުހިއްމު ހައްގެއް - ރައީސް ސޯލިހް

10:14 ރައީސް ސޯލިހް ވަނީ މާލޭގައި ބެހެއްޓިފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލައްވާފައި.

10:13 ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވޯޓު ލުމަށް ވަޑައިގެންފި.

10:10 - އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހަލަތު ރަނގަޅު - ފުލުހުންގެ ހާއްސަ އޮޕަރޭޝް ބުލޫ ޓައިޑް

10:01 - އިންޑިއާގެ ތިރިވަނަންތަޕޫރަމް (ޓްރިވެންޑްރަމް)ގައި ވޯޓުލުމަށް ކިޔު ޖެހިގެން. އެ ފޮށީގެ ވޯޓުލުން ރާއްޖެ ގަޑިން 8:30ގައި ވަނީ ފަށާފައި.

9:57 - ހދ. ކުރިނބީގައި ވޯޓުލުން ކުރިއަށް ދަނީ --- ވަގުތު އިމޭޖްސް/ އަލީ ވިސާމް

9:55 -

9:45 - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ވޯޓު ދެއްވައިިފި. ރައީސް ވޯޓް ދެއްވާނީ މިއަދު 10:00 ޖަހާއިރު

9:35 -

ހޫނު ގަދަ ދުވަހެއް، ވޯޓުލާން ދާއިރު ސަމާލުވުން މުހިއްމު!

9:32 - އޮޕަރޭޝަން "ބްލޫ ޓައިޑް"އަކީ ފުލުހުން، އިންތިހާބުގެ ސަލާމަތަށްޓަކައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަން. ބްލޫ ޓައިޑް އޮޕަރޭޝަންގައިވެސް އެކަނި 500 އަށްވުރެ ގިނަ ފުލުހުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން.

9:21 - އިސްކަންދަރު ސްކޫލްގައިވެސް އަށް ފޮއްޓެއް ބެހެއްޓިފައި ހުންނާނެ.

9:20 އާންމުކޮށް އެންމެ ބާރުބޮޑުކޮށް ފާހަގަކޮށްލެވޭ ފޮށިތަކަކީ މަޖީދިއްޔާ ސްކޫލްގައި ބެހެއްޓިފައި ހުންނަ ފޮށިތައް. އެ ސްކޫލްގައި ބެހެއްޓިފައި ހުންނާނީ މާލޭގައި ދިރިއުޅޭ އައްޑޫގެ ދާއިރާތަކުގެ ތިން ފޮއްޓާއި، ދުވާފަރު ފޮއްޓެއްގެ އިތުރުން އުނގޫފާރު ދާއިރާ އަދި ރަސްގަތީމު ދާއިރާގެ ފޮށިތައް.

9:19 - 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަދަ ނަޒާހާތްތެރި އިންތިހާބަކަށް މި އިންތިހާބު ވާނެކަމުގެ ޔަގީންކަން ދެން - އިލެކްޝަންސްގެ ރައީސް ޝަރީފް

9:16 - ނިލަންދޫގައި މިއަދު ހެނދުނު 8:00 ޖެހި އިރު ވޯޓުލުން ފެށި. ވޯޓުލުން ފެށި އިރުގައި، ކުޑަކޮށް ހަމަނުޖެހުން އުފެދުނު ނަމަވެސް، މިހާރު އެއްވެސް ހަމަ ނުޖެހުމެއް ނެތް.

9:15 - އިލެކްޝަންސްގެ ކަންކަމުގައި ހަރަކާތްތެރިވާ ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެދެން - އިލެކްޝަންސް

9:14 - ތިމަރަފުށީގައިވެސް ވޯޓުލުން 45 މިނެޓަށް ލަސްވި. އެހެން ނަމަވެސް މިހާރު ވަނީ ވޯޓުލުން ފަށާފައި.

09:11 - ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ ގަލޮޅު އުތުރަށް.

9:07

ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

9:05 -

ވޯޓް ލުމަށް ގިނަ ބަޔަކު ކިއު ހަދާފައި
ވޯޓް ލުމަށް ގިނަ ބަޔަކު ކިއު ހަދާފައި

8:55 -

ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

8:50 -

ވޯޓުލާން ރަށަށް، ވޯޓުން ލިބޭ އުފާވެރިކަން އަންގައިދޭ!

8:42 -

މަޖިލިސް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މަޖިލިސް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

8:38 - ފުލުހުންގެ ވެބްސައިޓްގައި ދެންމެ ފުލުހުން ވިދާޅުވީ "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅު." ކަމަށެވެ.

8:34 -

ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވޯޓް ލުމަށް ކިއު ހަދާފައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

8:26 - ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވޯޓުލުން ކުރިއަށް ގެންދާ އިރު، މިއަހަރުގެ އިންތިހާބުގައި އެމްޑީޕީގެ 85 ކެންޑިޑޭޓުން ވާދަ ކުރޭ. އޭގެ އިތުރުން ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާ އިރު، ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަ ކުރޭ.

ވަގުތު އިމޭޖްސް---

8:23 - ދެތަނެއްގައި ވޯޓާސް ލިސްޓް ސްވިޗުވި ކަމުގެ ޝަކުވާ ލިބުނު، އެހެން ނަމަވެސް މިހާރު ވަނީ އެކަން ހައްލު ކުރެވިފައި - އަކުރަމް

8:20 - މިވަގުތާ ހަމައަށް ހަމައެކަނި ވޯޓުލުން ނުފެށި ވަނީ ތިލަފުށީގައި އެކަނި.

އެއީ އީސީއިން ކަނޑައެޅިފައިވާ ތަނަށް ވަނުމަށް ހުއްދަ ނުލިބި އޮތުމުން. އެހެން ނަމަވެސް މިހާރު އެތަނަށް ވަދެވި، އިރުކޮޅަކުން ވޯޓުލުން ފެށޭނެ - އީީސީގެ ތަރުޖަމާނު އަކުރަމް

8:18 -

8:15 - ކިއުގައި ނުޖެހި ވޯޓް ލެވޭނީ

އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް
ދޮށީއުމުރުގެ މީހުން
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން
ފުލުހުން
މާބަނޑު އަންހެނުން
އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ މީހުން

ކިއުގައި ނުޖެހި ވޯޓް ލެވޭނީ ކޮންބަޔަކަށް؟

8:10 - ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އާލީ ވޯޓިންގް އާއި ޕޯސްޓަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ.

އާލީ ވޯޓިންގް އާއި ޕޯސްޓަލް ވޯޓިންގ ތަޢާރަފްކުރަނީ

8:03 - ގިނަ މަރުކަޒުތަކެއްގައި ވޯޓުލާން ފަށައިފި.

7:59 - އަތޮޅު ތެރޭގެ ފޮށިތަކުގައިވެސް ގިނަ ބަޔަކު ވަނީ މިހާރު ކިޔުގައި ޖެހިފައި.

އއ. ހިމަންދޫގައި ވޯޓުލުން ކުރިއަށް ދަނީ --- ވަގުތު އިމޭޖްސް

7:55 - 1200 ވަރަކަށް ފުލުހުން އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުން އެބަދޭ - ސީޕީ ހަމީދު

7:53 - ވޯޓުލާ މަރުކަޒުތަކަށް މީހުން ޖަމާވަމުން ދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

7:50 އިންތިހާބުގައި ވޯޓުލުމަށްޓަކައި، މާލެގައި ދިރިއުޅޭ އަތޮޅު ތެރޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ރަށްރަށަށް ގޮސްފައި.

ވޯޓަށް ރަށްރަށަށް ދިޔުން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

7:45 - އިލެކްޝަންސްގެ ވޯޓުލާ މަރުކަޒުތަކަށް މިހާރު ދަނީ ސެކިއުރިޓީއާއެކު ފޮށިތައް ގެންދަމުން.

ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތައް، ސެކިއުރިޓީއާއެކު ގެންދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

7:39 - އިލެކްޝަންސްގެ ކޯޑިނޭޝަން ސެންޓަރުގައި 60 ކޯޑިނޭޓަރުން ހަރަކާތްތެރިވާނެ - އީސީގެ ރައީސް ޝަރީފް

7:36 ވޯޓު ލާ މަރުކަޒުތަކަށް ސެކިއުރިޓީއާއެކު ވޯޓު ފޮށިތައް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް.

ރައީސް ޞާލިޙް، އިންތިޚާބުގައި ވޯޓު ލެއްވުން

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރާޅު ބޯއީ

    ވޯޓް ލާން ދެވޭނީ ފެން ބޮއިގެންތާ. ތާޒާ ފެނާއި ލައިފް ނުލިބޭތާ ތިން ދުވަސް. 1.5 ލީޓަރުވެސް ގިނަ ފިހާރަތަކުން ނުލިބޭ. ފިހާރަތަކުން ބުނަނީ ފޯނުވެސް ނުނަގާ ކަމަށް. ފެނަށް ޖެހިއްޖެ. މިކަން ސަމާުލުކަމަށް. ގެނައުން އެދެން. ނިކަމެތި ރައްޔިތުން ފެން ނުލިބިގެން ކޮޅުކޮޅަށް ދުވަނީ.

    9
    1
  2. Anonymous

    ޓީ 10 1.1 މާފަންނު ހުޅަނގުދާއިރާގެ ކެންޑިޑޭޓުންގެ ނަންތައް ހުރީ އެކި ފޮއްޓަށް ބަހާލާފަ.

  3. ދިސްވޭ

    މިފަހަރު ވޯޓް ގުނުމުގައި މަކަރާއި ހީލަތް ހަދާތޯ ޖެހޭނެއޭ ބަލަން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ މަމެން އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރަމޭ އިލެކްޝަންސް ކަމިޝަން އިން ވަކި ވަކި ފޮށި ތަކުގެ ވޯޓް ތައް އިއުލާން ނުކުރާތީވެ ވޯޓް ކަރުދާސް ތައް އަންދާލާ އިލެކްޝަންސް ކަމިޝަނެއް ވިއްޔާ މިހާރު މިއޮންނަނީ ރިޔާސީ އިންތިޚާބުގައި ލީ ވޯޓްސް ތައް އަންދާލީ އެއީ ކީއްވެތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލެކޭ...

    9
    2
  4. މީވެސްހައްގެއް

    އެކަށީގެންވާ ސަބަބެއްނެތި ވޯޓުނުލާމީން ނާމެދު ފިޔަވަޅެއް އެޅުން މުހިންމު، ހިހޫތަނުން ކާލުމުގެ ފުރުސަތުނުދެވޭނެ

  5. ނަމްބަރސް

    ފުވައްމުލަކު ވޯޓް ފޮށީގައި މައްސަލަ އެއް އުޅޭ ކަމަށް ބުނެ ފުވައްމުލަކުގައި ހުރި ވޯޓް ފޮށި ބަންދު ނުކޮށްގެން އުޅޭ އިރު ކޮބާތޭ ފުވައްމުލަކު ފައިސަލް މެން އެމެންނަށް އެމެންގެ ރަށުގެ ކަންކަން ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރާނެ ޖީލެއް ބިނާ ނުކުރެވޭ ކަމުގެ އަލިގަދަ ދަލީލު ތަކޭ މިފެނިގެންދަނީ އެހެންނޭ ވާނީ ސްޓޭޓަސް އެއްގެ ބޭނުުމުގައި ސަރުކާރުގެ ސިޔާސީ މަގާމް ތަކަށް ބޭނިގަނެގެން އުޅޭނަމަ އޯއް އޯއް ދޭ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ކޮރަޕްޓް ނަމްބަރސް އޮން ދަ ޑާންސް ފްލޯރ...

  6. ދިސްވޭއޭ

    ހިންނަވަރު އިބްރާހިމް ވެރިކަމުގައި ބާއްވާ ފުރަތަމަ މަޖްލީސް އިންތިޚާބުގެ ނަތީޖާ އޮޅުވާނުލާ މަކަރާއި ހީލަތް ނަހަދާ ތެދު ނަތީޖާ އިއުލާން ކުރާނެ ކަމަށޭ މަމެން މިދެކެނީ މަމެންނަށް ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ގަލޮޅު އުތުރު ދާއިރާ އަށް އީވާ އެމެން ހޮވީ އެއީ ވޯޓް ގުނުމުގައި މަކަރާއި ހީލަތް ހަދައިގެން ކަން އަދިވެސް ތުހުމަތު ކުރަމޭ އެފަދަ ތުހުމަތެއް ނެތް ފަދަ ޔަގީން އުސޫލުން މެނުވީ މިފަހަރު އެއްވެސް ވޯޓް ފޮއްޓެއްގެ ނަތީޖާ ބަދަލު ކުރަން އެމްޑީޕީން އުޅުނު ނަމަވެސް އެގޮތަށް އެކަން ކޮށްގެން ނުވާނެއޭ އެގޮތަށް މިފަހަރު ހަދައިފިނަމަ މަމެން ޕިންކީން ވެސް ދުލެއް ނުކުރާނަމޭ...

  7. ޖެހޭނެއޭ

    ވޯޓް ފޮށިތައް މިފަހަރު ގުނާއިރު ޖެހޭނެއޭ ވަރަށް ރަނގަޅަށް ބަލަން ޕީޕީއެމް ޕީއެންސީ އަދި ޖޭޕީން އެކަމާއި ހަވާލުވެ ތިބި މީހުން އަދި އެމެންގެ އިތުރުން ވެސް ވޮލިންޓިއަރ ކޮށްގެން އަމިއްލަ އަށް ވެސް މެމްބަރުން ވޯޓް ގުނާ މަރުކަޒު ތަކަށް ގޮސްގެން ބަލަންވީ އެމެން ވޯޓްގެ ނަތީޖާ އޮޅުވާނުލާ ނަތީޖާ އިއުލާން ކުރޭތޯއޭ ދަ ރާއްޖެތެރޭގައި އާއި ރިސޯރޓްސް ތަކުގައި އިންތިހާ އަށް ވޯޓް އޮޅުވާލާނެއޭ އައި ނޯ ދެއަރ ގޭމް ދޭއާރ ކޮރަޕްޓް ޕީޕަލް ކަން އިނގެން ޖެހޭނެއޭ..

  8. ޔަގީނޭ

    ވޯޓް ލާން ނުދާ މީހުންނާއި މެދު ވެސް ފިޔަވަޅު އެޅޭނެ އުސޫލު ތަކެއް އެބަޖެހޭ ގާނޫނެއްގެ ސިފައިގައި މަޖްލީހުން ނެރެން ޔަގީނުން ވެސް މަޖްލީސް މެމްބަރުންނަކީ އެއީ ވޯޓް ލާމީހުންގެ ފަރާތުން އަންނަ ބަޔެއް ކަމަށްވާތީވެ ވޯޓް ނުލާ މީހުންނާއި މެދު އަމަލު ކުރަން ޖެހޭނެ އުސޫލެއް ވެސް އެބައޮންނަން ޖެހެއޭ އެމެންނަށް ނުޖެހޭނެއޭ ވޯޓް ލިމީހުންނަށް ދޭ ހުރިހާ ޚިދްމަތް ތަކެއް ދޭން އެއީ ޔަގީން ކަމެކޭ..

    1
    4
  9. ބަލާތި

    މަޖްލީހުގައި ދެން ރައްޔިތުންގެ އަޑު އިއްވާ ދިނުމަށް ޓަކައި ރައްޔިތުން ވޯޓް ދިން މީހުން ނޭ ޖެހޭނީ އިލެކްޝަންސް ކަމިޝަން އިން އެއްވެސް މަކަރެއް އަދި ހީލަތެއް ހެދުމެއް ނެތި ތެދު ނަތީޖާއޭ ގެނެސްދޭން އިލެކްޝަންސް ކަމިޝަން އިން ވެސް ދަންނަން ޖެހޭނެއޭ އަދި 5 މިލިއަން ޑޮލަރު ދޭނަމޭ ބަޔަކު ބުނި ނަމަވެސް ރައްޔިތުން ވޯޓް ދިން މީހުން ނޫން މީހުން މަކަރާއި ހީލަތުން ވޯޓް އޮޅުވާލައިގެން މަޖްލީސް މެމްބަރު ކަމަށް ގެންނާން ނުޖެހޭނެއޭ މިކަން ދަންނަން ޖެހޭނެއޭ

  10. ލުކްލުކްވެލް

    ވޯޓު ގުނައި ނިމި ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާންކުރަން ފަށައިފި އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޖޭޕީ އަދި ޕީޕީއެމް އަދި ޕީއެންސީ އަދި އަދާލަތު ކުދިން ގާތުން އެދެނީ އެމެން އެޖެންޑާ ނަވާރަ އަށް ވޯޓް އިތުރު ކުރުމަށް ޓަކައި މަކަރާއި ހީލަތުން އެއާރޕޯރޓް ގައި 85 ދާއިރާ ގެ މީހުން ނަށް ވޯޓް ލެވޭނެ ގޮތް ހަދާފައި އެހުރީ އެއީ އެފޮއްޓަކީ އެއީ ވޯޓް ނަތީޖާ އޮޅުވާލަން ބޭނުންކުރާ ޓޫލް އަކަށް އެފޮށި ހެދުމަށޭ އައި ކާންޓް ޓޭކް އިޓް ނޯމޯރ އައި ވޮނާ ޔޫ ލުކް

  11. އައިއައިޑޫޑޫ

    މިފަހަރު މަޖްލީހުގެ އިންތިޚާބުގެ ނަތީޖާ ތައް އިއުލާން ކުރާއިރު ވަރަށް މުހިއްމު ވާނެއޭ ވަކި ވަކި ފޮށި ތަކުގެ ވޯޓް ނަތީޖާ ތައް ބެލުން މިކަން ބަލަން ޖެހޭނެއޭ ކެންޑިޑޭޓުން ވަރަށް ގާތުން ވޯޓް ގުނުމުގައި މަކަރާއި ހީލަތް ނަހަދާ އަދި އޮޅުވާނުލާ ވޯޓް ގުނައިގެން ނަތީޖާ ފޮށި ތައް ކައިރިން އިއުލާން ކުރާ ނަތީޖާ ތަކޭ މަމެން ގަބޫލު ކުރަން ބޭނުންވަނީ އިލެކްޝަންސް ކަމިޝަނުން ކަމާއި ނުވެސް ބެހޭ އެކަމިޝަންގެ ކިރުބޯ ޅަދަރިން ތަކެއް ކުރާ އިއުލާން ނައު އައި ޓެލްޔޫ އައި ވޮނާ ޑޫ އިޓް ޑޫ އިޓް ޑޫ އިޓް އޮން ދިސްވޭ...

  12. ދިސްވޭ

    ވޯޓް ފޮށި ތަކުގެ ނަތީޖާ އިއުލާން ކުރަމުންދާ ކަން އެއީ މަމެން އުފާކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އިލެކްޝަންސް ކަމިޝަން މެމްބަރުންނަށް ކަޓް ދޭން ވެގެން ވެރިކަން ކުރާ ފަރާތުން އޮފަރސް ތައް އޮއްސާލި ނަމަވެސް ރައްޔިތުން ދިން ވޯޓް އޮޅުވާލައިގެން އެމެން ވޯޓް ނުލާ ކެންޑިޑޭޓަކު ރައްޔިތުންގެ މަޖްލީހަށް ހޮވަން އިލެކްޝަންސް ކަމިޝަން އިން މަސައްކަތް ނުކުރާނޭ ކަމަށް އެހެން އެކަން ނުދާނަމަ މާލޭގައި ކުއްޔަށް އުޅޭ މީހުންވާނީ ގިނަ ހައްލެއް ނާންނާނެއޭ

  13. ދިސްވޭއޭ

    ވޯޓު ގުނައި ނިމި ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާންކުރަން ފަށައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންގެ ދިރާސާ ދައްކާ ގޮތުން އެއް ޕާރޓީ އަކަށް އެންމެ ގިނައިން މަޖްލީހުގެ ގޮނޑި ތައް ނަގާނީ އެއީ އެމްޑީޕީންނޭ އެމްޑީޕީން 30 ގޮނޑިވަރު މަދުވެގެން ނަގާނެއޭ ގިނަވެގެން ނަމަ ލިބޭނީ 35 ގޮނޑިއޭ ދެން އެންމެ ގިނައިން ގޮނޑި ތައް ލިބޭނީ ޕީޕީއެމް އަށޭ ދެން ތިން ވަނަ އަށް ދާނީ ޖޭޕީއޭ މިފަހަރު ރައީސް މައުމޫނުގެ ފަޅި އަށް އެންމެ ގޮނޑި އެއް ވެސް ނުލިބޭނެއޭ

  14. ކާފަބޭ2019

    ޝުކުރިއްޔާމައުމޫން އިމްރާން ޤާސިމް އިލްޔާސް އިޔާޒް

  15. އިބުރާ

    އިންޑިޔާއިން ދިން ލާރިކޮޅު ރިސްވަތުގެ ގޮތުގައި ބަހާލީމާ މެޖޯރިޓީ ލިބޭނެ ދެއްތޯ ރިސްވަތު ވެޖޯރިޓީ މިއައްކިޔނީ