ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިތާ ހަތް ގަޑިއިރު ފަހުން އެމަނިކުފާނުގެ ޝަރީޢަތް ކެންސަލް ކޮށްފައިވާ ކަން ކްރިމިނަލް ކޯޓުން އަންގައިފިއެވެ.
ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ މިއަދު ތިނެއް ޖަން އުޅެނިކޮށެވެ. އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތް ތާވަލް ކޮށްފައި އޮތީ މިއަދު 15:30 އަށެވެ. ނަމަވެސް ގަޑިއަށް ޝަރީޢަތުގެ މަޖިލިސް ނުފެށި ހަތް ގަޑިއިރަށް ދިގުދެމިގެން ދިޔަ ފަހުން މިރޭ 23:00 ހާއިރު ވަކީލުންނަށް އަންގާފައި ވަނީ ޝަރީޢަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ތާވަލް ކުރި ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެއެވެ.
ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމުންގެ ޝަރީޢަތް މިރޭ ކެންސަލް ކޮށްފައި ވާއިރު އެމަނިކުފާނުގެ ބަންދާއި މެދު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 ގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 އަށް ހަމަވާނެތީއެވެ.
ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވަނި ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާނެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.
މައުމޫނައް އަދަބު ދޭންޖެހޭނެ
ބައިތުލްމާލުން މިލިއަނުން މިލއަނުން ކާލި ބައިގަނޑަށް އަދަބު ދޭކަށް ނުޖެހޭނެ
ތި މައުމޫނަކީ އަދަބު ދޭންޖެހޭ މީހެއް.
އެނާ ޖަލަށް ލާ ކުދި ކުދި އަނިޔާ ދީ އަދި ޖަލުހެދުން ލަށްވާފަ ބައިންދާ ތީބޮޑު ކުއްވެރިއެއް އޭރުވެސް މިހާރުވެސް އަދި އަނެއް ދުނިޔޭގަވެސް
މައުމޫނުވެސް ކަންކުރާ ފަދައިން ތި 7 ގަޑިއިރު އިތުރު 24 ގަޑިއިރަށް ދިގުކޮށް ކެންސަލްކޮށްލިނަމަ ވަރަށް ފުރިހަމަވީސް.
އޭނާ އަކީ ކުއްވެރިއެައް ޚާއިނެއް ބާގީއެއް ހެދުން ލައްވާފަ ގޮޅިއަށް ލާ ކުދިއަނިޔާ ދީ. އޢނާއަކީ ކުރިންވެސް މިހާރުވެސް އަދި އަނެއް ދުނިޔޭގަވެސް ކުއްވެރިއެއް
އަނިޔާ ކުރިން ލިބުނު މީހުންގެ ދުޢާ އިން ސަލާމަތް ނުވާނެ ކަން ޔަގީން. ﷲ އަކުބަރު