ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން މިހާރު ފަށާފައ ވާއިރު އެހެން އިންތިޚާބުތަކެކޭ ވެސް އެއްގޮތައް ކިއުގައި ނުޖެހި ބައެއްފަރާތްތަކަށް ވޯޓް ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކިއުގައި ނުޖެހި ވޯޓް ލެވޭނީ

އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް
ދޮށީއުމުރުގެ މީހުން
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން
ފުލުހުން
މާބަނޑު އަންހެނުން
އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ މީހުން

މަޖިލިސް އިންތިޚާބުގެ ވޯޓް ލުން ރާއްޖޭގައި ކުރިއަށް ދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 4:00 އަށް އަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށެވެ. އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.

މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒޯޔާ

    އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ނުދެވޭ ހާލަތަކުގައި ކުއްޖާގެ މަންމަ ކިއުގަ ނުޖެހި ވޯޓް ލެވޭނެގޮތް ހެއްދެވުން ވަރަށް މުހިއްމު. ތުއްތު ކުއްޖަކު ބަލިވުމުގެ އިތުރުން 1 މަސް ނުވާ ކުޑަކުއްޖަކު ގޮވައިގެން ދިއުމަކީ އެހާ ފަސޭހަކަމެއް ނޫން. މިފަދަ މީހުންނަން ތުއްތު ކުއްޖާގެ އައިޑީ ފަދަ ލިޔުމެއް އޮތުމުން ކިއުގަ ނުޖެހި ވޯޓު ލެވޭނެގޮތް ހަމަޖެއްސުން ވަރަށް މުހިއްމު.