އަންނަ ހަފްތާގައި އަރަބިއްޔާ ސްކޫލަށް ހުރިހާ ޓީޗަރުން ހަމަވާނެކަަމަށް ވިދާޅުވެ، އަނެއްކާވެސް އަރަބިއްޔާ ސްކޫލުން ޓީޗަރުންގެ މައްސަލައިގައި އިތުރު މުހުލަތެއް ދީފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއް ރަހީމް ބައެއް މީޑިއާތަކަށް މައުލޫމާު ދެއްވަމުން ވިދާޅުވީ އަރަބިއްޔާ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފޮނުވާ 17 ޓިޗަރުންގެ ތެރެއިން 14 ޓީޗަރުންގެ ވިސާ މިދިޔަ ހަފްތާގައި ހަމަޖެހިފައިވާ ކަމަށާޢި އަދި ބާކީ ތިބި ތިން ޓީޗަރުންގެ ވިސާވެސް އަންނަ ހަފްތާގައި ހަމަޖެހޭނެކަމަށް ވަަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށުނުއިރުވެސް އަރަބިއްޔާއަށް ޓީޗަރުން ހަމައެއް ނުވެއެވެ. ޓީޗަރުން ހަމަ ނުވާތީ އެ ސްކޫލުގައި ކިޔަވައިދެމުން ގެންދިޔައީ ޕާޓްޓައިމް ޓީޗަރުން ގެނެސްގެންނެވެ. ސައިންސް ފަދަ މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދިނުމަށް އޮތީ ދަތިވެފައެވެ.

އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުކުރެވި ތިން މަހެއްހާ ދުވަސް ވާން ކައިރިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަމާޒުވެފައެވެ.

މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުކުރެވިގެން އުޅެނީ ތައުލީ ވުޒާރާ ހިންގަން ތިއްބެވި ބޭފުޅުންގެ ގާބިލްކަން ނެތިގެން ކަމަށެވެ.

"އަޒުހަރުގައި އެކަންޏެއް ނޫން އަރަބި ޓީޗަރުން ތިބީކީ. ގާބިލް ބޭފުޅުން އެހެން ގައުމުތަކުގައި ވެސް އެބަތިއްބެވި. އެހެން ތަނަކުން ޓީޗަރުން ހޯދައިގެން ގެނައި ނަމަވެސް މިކަމަށް މިހައި ދިގު މުއްދަތެއް ނުނަގާނެ." އޭނާ ވިދާޅުވިއެވެ.

ޓީޗަރުން ވަރަށް އަވަހަށް ހަމަވާނެ ކަމަށް ވިދާޅުވެ އަރަބިއްޔާ ސްކޫލުން މީގެ ކުރިން ވެސް އެތައް ތާރީޚްތަކެއް ވަނީ ދެއްވާފައެވެ.

ޓީޗަރުން މަދުވުމުގެ ސަބަބުން ކޮންމެ ދުވަހަކު އަރަބިއްޔާގެ އެތައް ކްލާހެއް ކެންސަލް ކުރަމުން ގެންދާ ކަމަށް ބެލެނިވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަނިފަކްސާ

    ދޭތެރެ ޖެއްސުން ނޫންކަމެއް މި "ވަޤުތު" ނޫހުގައި ނޯވޭ. ކީއްކުރާނީ އެފައިސާ މިފައިސާގެ ފަހަތުން ވިއްޔާ ދޯ؟؟؟ ހިތްވަރު ހުރިއްޔާ މިކޮމެންޓް ޖަހާލަދެއްޗޭ.

    2
    4
  2. ބެލެނިވެރިޔާ

    އަންނަ ހަފްތާގައި އަރަބިއްޔާ ސްކޫލަށް ހުރިހާ ޓީޗަރުން ހަމަވާނެކަމަށް ވިދާޅުވެ އަނެއްކާވެސް އަރަބިއްޔާސްކޫލުން ޓީޗަރުންގެ މައްސަލާގައި އިތުރުދޮގެއް ހަދާފި. މިދޮގު ހަދަން މަޖުބޫރުވަނީ ރައީސް އޮފީހުގައި އެއުޅޭ ބޯގަޅި ޒާހިރު ހަދާދޮގުގެސަބަބުން.

    3
    1
    • Anonymous

      މިސަރުކާރަކީ މުސައިލަމަތުލް ކައްޒާބުގެ މި ޒަމަނުގެ ވަރޝަން

  3. ޒުހުރާ

    ދޮގެއް ހަދާލާފަ ބުނާނެ ހަމަކޮށްލާނަމޭ.