މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަވަހަށް ވޯޓުލާން ދިއުމަށް އިލެކްޝަން ކޮމިޝަނުން އެދިއްޖެއެވެ.

ވޯޓް ލާން ފެށިތާ ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާ އިރު ނިސްބަތުން ވޯޓުލާން ނިކުންނަ މީހުން އަދި މަދެވެ. އަދި މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަަކަށްވެފައި އަވަހަށް ވޯޓުލާން ދިއުމަކީ، ކިއުގައި ނުޖެހި ގަޑިއަށް ވޯޓުލުމުގެ ކަންކަން ނިމުމަށް ފަސޭހަވަގެން ދާނެ ކަމެކެވެ.

އިލެކްޝަން އިން ބުނީ، ވޯޓުލުމުގެ ކަންކަން އަވަހަށް ކުރިއަަށްގެންދަން އެދޭ ކަަމަށާއި، ކިއުގައި ޖެހިގެން ވޯޓުލުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތަށްވުރެ މިފަހަރު ފަސޭހަވެގެންދާނެ ކަމަށްވެސް އިލެކްޝަން އިން ބުންޏެވެ. ހޫނު ގަދަ ނަމަވެސް ފަހު ވަގުތާ ހަމައަށް ވޯޓުލާން މަޑު ނުކުރުމަކީ އިލެކްޝަންސްގެ އެންމެ ބޮޑު އެދުމެވެ.

މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވެފައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ވޯޓުލާން ނުކުންނަ އިރު، ކުޑައެއް ނުވަތަ ފެން ފުޅިއެއް ހިފައިގެން ނުކުތުމުން، ރަނގަޅުވާނެއެވެ.

މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުންނާއި އަމިއްލަ ގޮތުން 386 ކެނޑިޑޭޓުން ވާދަކުރެއެވެ.