ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ އާދަޔާއި ހިލާފަށް ކުރު ޚިޠާބެއް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ދެއްވައިފިއެވެ. މިނިސްޓަރ މާރިޔާ މިއަދު ދެއްވީ ގާތްގަނޑަކަށް ދެމިނެޓްގެ ޚިޠާބެކެވެ.

މިއަދުގެ ޚިޠާބުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ އަލި ރަސްގެފާން ޝަހީދުވެގެން ދިއުމަށް މެދުވެރިވީ، ރައްޔިތުންގެ މެދުގައި ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުން ކަމަށެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޕޯޗުގީޒުންނާއި ދެކޮޅަށް ދީނާއި، ވަތަންގެ ހައްގުގައި ޖިހާދަކުރައްވާ އަލި ރަސްގެފާނު ޝަހީދުވި ދުވަހަަށެވެ. ޝަހީދުންގެ ދުވަހަކީ ގައުމުގެ އިސްތިގުލާލާއި، މިނިވަންކަން އަދި މާތްވެގެންވާ އިސްލާން ދީން ދިފާއު ކުރުމުގައި ގުރުބާންވެ ވަޑައިގެންނެވި ޝަހީދުންގެ ޒިކުރާ އާ ކުރާ ދުވަހެކެވެ.

މާރިއާ ވިދާޅުވީ، އަލި ރަސްގެފާނު ޝަހީދުވި ހާދިސާއަކީ އިބްރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށާއި، އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އެއިރުވެސް މިގައުމުގައި ތިބިކަން ތާރިހުން ބުނެދޭ ކަމަށެވެ.

"ތާރީހުން އެނގޭގޮތުގައި އަލި ރަސްގެފާން ޝަހީދުވެގެން ދިއުމުގައި މެދުވެރިވި ކަންތައްތަކަށް ބަލާއިރު، ދެންނެވެން އޮތީ ރައްޔިތުންގެ މެދުގައި ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައި ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނާދީފައިވާ އައްޔަސް އަނދިރިޔަސް ވަނީ އެއްވަރުކަމަށް ބުނެ ދިވެހިންގެ ބަޔަކު ފެތުރި ވާހަކަތައް ބަޔަަކަށް ގަބޫލުކުރެވުމުގެ ނަތީއްޖާއަކަށްވީ ދިވެހިންގެ ބަޔަކު ގައުމަށް ހިޔާނާތްތެރިވުން". މާރިއާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ކީރިތި މަހާރަދުންނަށް އޮޅުވާލާ ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރުކުރުވިކަމަށްވެސް މާރިއާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތް އެނގިވަޑައިގެންނެވުމުން އަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަންގެ ހައްގުގައި ދުޝްމަނުންނާއި ކުރިމަތިލުމަށެވެ.

"އެ ހަނގުރާމާގައި އެ ރަދުންނާއި ރަދުންގެ އަރިހުގައި ވަޑައިގަންނެވި ބޭފުޅުން ވަނީ ޝަހީދުވެވަޑައިގެންފަ". މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކޮށް، އަޅުގަނޑުމެން އިހްތިޔާރުކުރީ ވާދަވެރި ސިޔާސީ ޕާޓީތަކެއް ނިޒާމެއް ކަަމަށެވެ. އެއީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދޭ ނިޒާމެއްކަމަށް މާރިއާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިހްތިޔާރު ކުރި ނިޒާމަށް އަޅުގަނޑުމެން އެންމެންވެސް ބޯލަބައިހިނދު، އަޅުގަނޑުގެ އިލްތިމާސްއަކީ ސިޔާސީ ހިލާފުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވުން". މާރިއާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖަހާންގީރު

    މި ލާދީނޯ މީހުން ވަޠަނަށް ހެވެއް އެދޭނެތަ !

    28
  2. ހަސަން ނުވަވަނަ

    ދެއްކި ހުރިހާ ވާހަކައެއް އަމާޒުވަނީ މިވެރިންނަށް. ޔައުނީ މިހާރު ވެރިކަމުގައި ތިބި ވަގުންނަށް.

    28
  3. އިސްތިއުފާ

    ހިތާބު ކުރުވުން އެކަންޏެނޫން މާރިޔާގެ ވާހަކަތަކަށް ބަލާބަލަ. ތިމާމެން މިހުރިހާ ދުވަހު ގޮވޮގޮވުން ލެވިހަޅޭ. ކޮންބައެއް ޝަހީދުންގެ އަގުވައްޓާލީ ކޮންބަޔަ ނޮވެމްބަރު3ގެ އުދުވާން ގެނައީ އެކަމުގަ އިސްކޮށްތިބީ ޝަހީދު ހުސެން އާދަމްގެ އަގުވައްޓާލީ. ކާކު މިގައުމުގެ މިނިވަންކަން ނަގާލަން އިންޑިޔާ ސިފައިން މިތަންހިފަންޖެހޭކަމަށްބުނީ ކާކު ބުނީ އިންޑިޔާެިން މިގައުމު ހިފަންބޭނުންނަމަ ހިފިދާނެ އަހަރެމެން ކުރާނެ ކަމެނެތޭ ހިފިޔަސް ސިފައިންގެ އަގުވައްޓާލާ މަނީ މަނީ ޔެސް ސާރ އޭކިޔާ ސިފައިންނާ އެމީހުންގެ އާއިލާތަކަށް ބިރުދެއްކީ. މަކަރުވެރި ވާހަކަ ނުދައްކާ އިސްތިއުފާދީފަ އިންޑިޔާގެ ހެލިކޮޕްޓަރުގަ ނައްޓާލާ.

    27
    1
  4. Anonymous

    މާރިޔާއަށް ވިސްނެންފެށީތަ؟ ސަރުކާރުގައި މިތިބަ ގައްދާރުން އަމުދުން ބިރެއްނެތި ބޮޑެތި ދޮގުހަދާލާ މީހުންނަކީ، މި ދިވެހި ގައުމަށާ ރައްޔިތުންނަށް ކިންމެފަދަ ދެރައެއްވެސް ދީފާނެ ބައެއްކަން މިހާރު ގިނަ ދިވެހިން ގަބޫލުކުރޭ.

    27
  5. ރައްޔިތުމީހާ

    ކުރުކޮށް ފޮނިކޮށް

    6
    16
  6. އަހްމަދު

    ގައުމުގާ ފިތުނަ އުފައްދާ ގައުމު ހަލާކު ކުރާބަޔަކީތީ. ތިޔަނަސޭހަތް އަމިއްލަޕާޓީ ކުދިންނަށް ވަކިވަކިން ދިނުންއެދެން. ހަޔާތް ކުޑަ ކަމަކީވެސް ތިމާގެ އިއްޒަތާ ކަރާމާތަށް ލިބޭ އުނިކަމެއް. މަތީ މަގާމެއްލިބުނަސް ރައްޔިތުން ކުރިމަތީ އެއްވެސް އަގެއްނެތް.

    23
    1
  7. މާ

    ނޯ ޗޮއިސް އެހެންވެ ހިތާބު ދިނީ. ޖަސްޓް ފޯ ނޭމް ސޭކް

    25
    1
  8. ހަސަން ނ

    އެއްދުވަހެއްގެއެއްވަގުތަކުގައުމުހުޅުޖެހީ
    އަމިއްލައެދުމަށް

    21
  9. ހަސަން

    އެދުމުގެވާހަކަދައްކަންލަދެއްވެސްނުގަނޭތަ

    21
    1
  10. ބަރުގޮނު

    އެކަމަނާ މިނިސްޓަރަކަށް ވީފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައިވެސް ހެދުންކޮޅު ކުރުކުރެއްވިނޯންތޯ..؟؟ އެއީ ރާއްޖޭގައިވެސް ތުރުނުކުރައްވާ ކުރު ހެދުމެއް.

    25
    1
  11. ބިރުކުޑަ މާރިޔާ

    އިންޑިޔާ ލަސްކަރު ފެނިފަ ބޯ ގޮވިގޮތަށް އަދި ރަންގަޅުނުވެއި.

    21
    1
  12. ނުރަބޯ

    އޭތް ގުދޯގުދޯ ނުގޮވާ. ކަލޭމެން ރީނދޫ ޣައްދާރުންނަށްވުރެ އަމިއްލަ އެދުންބޮޑު ބައެއް އަދި މިފަސްގަނޑަކު ނެތް.

    24
    1
  13. ޅަބޭ

    ތީ އެއްގޮތަކައްވެސް ބޯހަމަޖެހޭ އަންހެނެއް ނޫން. މިހާރުވެސް އޮތީ އިންޑިޔާއައް ރާއްޖެ ވިއްކާލާފަ.

    20
    1
  14. ރަންނަ

    އާ އާ އެބަރަގަޅުވޭ އައްޔަސް އަދިރިޔަސް ވާނީ އެއްގޮތް ކަމަށް ބުނިފަދައިން މިއަދު ބުނަމުން މިދަނީ މިގައުމުގެ ވެރިކަމުގާއި ކޮންމެ މީހަކު ހުރިކަމު ގައި ވިޔަސް ރާއްޖޭގާއި އިސްލާމް ދީންއޮންނާނެއޭ ދެއްތޯ؟ މިއީވުމާށް ވުރެ ނުވުން ގާތްގޮތެއް މިވީ ކުޑަދުވަސް ކޮޅުގާއިވެސް އެކަން ފާހަގަކުރެވިގެން ހިގައްޖެ ދެއްތޯ އައްޔާ އަދިރި އެއްގޮތް ނުވާނެކަން ސާބިތުވަމުން ދާނީ އެންމެ ފަހުން އަތުގާއި އޮތްއެތި ބީވާފަހުން ހޭއަރާނީ އޭ ރުން އޮންނާނީ ވާނެ ހައެތިވެފަ އަދިރީގެ ފުންވޭނުގަ ޖެހިފަ ހިތާދެކޮޅަށް ވެސް ފިތުރަތުގެ ނިންމެވުން ރަގަޅުކަމަށް އެބަ އެއްބަސް ވެ ވޭތާދޯ

    22
    1
  15. މިހާރު ނޫސް

    ޝަހީދުންގެ ދުވަހުވެސް ޝަހީދުންނަށް މަލާމާތް ކުރަން އޭނާއަށް އެނގުނީ. ރަނގަޅަށް ވިއްޔާ މީނާ ވާނީ، އަލި ރަސްގެފާނު ޒަމާނުގައި ގައުމަށް ގައްދާރުވި މީހާގެ ދަރިފަސްކޮޅުން އައި މީހަކަށް

    26
    1
  16. ޝަހިދު

    3ނޮވެމްބަރުގަޝަހިދުވި19ދިވެހިންގެމަތިންހަނދާންނައްތާލިއެގަބައިވެރިވިޣައްދާރުންނަކިކޮންބައެއްކަންހަނދާންނެތިމަތަ ނުނިއެމިހުންގެނަންކިޔަންބިރުގަތިތަ

    16
  17. ރީނާ

    ދެންތިބޭ ފެލިފެލި ވަގު ބައިގަނޑު
    ސުޕާ މެޖޯ އެނެގީ.