ވޯޓްލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިހުރި ގޮތުން ވޯޓްގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ އެކެއް އިންސައްތަ މަރުކަޒު އެބަހުރި ކަމަށާޢި މަރުކަޒުތައް ވަރަށް ގާތުން އޮބްޒާވްކުރަމުން ގެންދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން ދެންމެ ނެރުނު ބަޔާނެއްގައެވެ. ނަމަވެސް އެވިދާޅުވާ މަރުކަޒުތައް ހުރީ ކޮންތަނެއްގައި ކަމެއް ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ޓްރާންސްޕޭރެންސީން ވިދާޅުވީ އިންތިޚާބްގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެތެރެއިން 99 އިންސައްތަ ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުމުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައި ވަނީ މި މަރުހަލާގައި ހާމަކުރާ މައުލޫމާތުތަކަކީ އިންތިހާބުގައި ވޯޓުލާން ފެށިވަގުތު ކަންކަން ހިނގާފައިވާގޮތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

"އިންތިޚާބުގެ ވޯޓުލުން ފެށިގެން ގޮސްފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމްތަކާއި އެކު ހާމަކަމާއި އޮމާންކަމާއެކުގައެވެ. ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން %76 މަރުކަޒުތައް ހެނދުނު 10:8 ގެ ކުރިން ހުޅުވިފައިވެއެވެ. އަދި %99 ވޯޓުލާ މަރުކަޒުތައް ހެނދުނު 00:9 ގެ ކުރިން ހުޅުވިފައިވެއެވެ.ވޯޓުލާން ފެށުނުއިރު، ޖުމްލަކޮށް ހުރިހާ މަރުކަޒުތަކުގައި އޮފިޝަލުން ހަމަޔަށް ތިބިކަން ފާހަގަކުރެވެއެވެ. ވޯޓުލާން ފެށުނުއިރު، %99 ވޯޓުލާ މަރުކަޒުތަކެއްގައި ވޯޓުލުމަށް ބޭނުންވާ ތަކެތި ހަމައަށް ހުއްޓެވެ. އަދި%99 ވޯޓުކަރުދާސް ވޯޓުލާން ފެށުމުގެ ކުރިން ގުނާ ހަމަކުރެވުނުކަން ފާހަގަކުރެވުނެވެ. އަދި ވޯޓުލުން ފެށުމުގެ ކުރިން %99 ފޮއްޓެއްވެސް އެތެރެ ހުސްކަން ޗެކްކޮށް ދައްކާފައިވެއެވެ." ބަޔާނުގައި ވެއެވެ.

ޓްރާންސްޕޭރެންސީން ބުނީ ވޯޓުލުން ފެށުނުއިރު ގިނަ ވޯޓް ފޮށިތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރެވިފައިވާއިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ އޮބްޒަރވަރުން %78 ވޯޓުލާ މަރުކަޒުގައި ތިބިކަމާއި، ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އޮބްޒަރވަރުން %33 ވޯޓުލާ މަރުކަޒުގައި އަދި ޖުމްހޫރީ ޕާރޓީގެ ކެނޑިޑޭޓުން %24 ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން ދާކަމަށް އެ ޖަމިއްޔާގެ އޮބްޒަރވޭޝަނުން ވަނީ ފާހަގަކޮށްފައި ކަމަށެވެ.

ވޯޓުލާން ފެށުނުއިރު، %81 ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަމަށް ޓްރާންސްޕޭރަންސީން ފާހަގަ ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ވޯޓުލުން ކުރިޔަށް ދާއިރު އަދި އޭގެ ފަހުންވެސް ސުލްހަވެރިކަމާއެކު ހަމަޖެހުން ގާއިމްކުރެވިފައި އޮތުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ބަޔާނުގައި ވެއެވެ.

ވޯޓުގުނުން ކުރިޔަށްދާއިރު އަދި ވޯޓު ގުނާ ނިމެންދެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮބްޒާވަރުން އެސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ޓްރާންޕޭރެންސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާސަރު

    ފިތުނަ ޕޭރަންޕސީ