ދިވެހި ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ކޯޓުތަކާއި ސަލާމަތީ ބާރުތައް ހިމެނޭގޮތަށް ދަޢުލަތުގެ އެކިއެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ރިޝްވަތު ދީ، އެތަންތަނުގެ މަސައްކަތްތައް ބުރޫ އަރުވާފައިވަނީ ދުރާލައި ރޭވިގެންކަން ސާފުކުރެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިހެން ވިދާޅުވެފައިވަނީ ފެބުރުވަރީ އެއްވަނަ ދުވަހުގެ އަމުރާ ގުޅިގެން ފުލުހުން ތަޙުޤީޤުކުރި މައްސަލަތަކަށް ދައުވާކުރުމަށް ފޮނުވުމާ ގުޅިގެން، މިއަދު އެއޮފީހުން ނެރުއްވި ބަޔާނެއްގައެވެ.

މި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރުގެ އެނދުގެ ގޮދަޑި ދަށުން 350،000 ރުފިޔާ ފެނިފައިވާކަމަށާއި އޭނާގެ ކޮޓަރިތެރެއިން ވިލާ ޝިޕިންގ ކުންފުނީގެ އެމްޑީ، އިބްރާހީމް ސިޔާދު ޤާސިމް ސޮއިކޮށްފައިވާ ސިޓީއެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އެސިޓީއިން އެނގޭ ގޮތުގައި ސަރުކާރު ވައްޓާލުމުގައި ބައިވެރިވި ބައެއް ފަރާތްތަކަށް ބޭރު ޤައުމުތަކުން ޕްރޮޕަޓީ ގަންނަން 2.4 މިލިޔަން ޑޮލަރު ދީފައިވާކަން އެނގޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ޕްރޮޕަޓީތައް ހުރި ޤައުމުތަކަށް، އެތަންތަން ބަލަން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި އެޑްމިނިސްޓްރޭޓަރު ދިޔަކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި، ޕްރޮޕަޓީތަކާ ގުޅުން ހުރި ފަރާތްތަކާ މި ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް މި ބަޔާނުގައި ވިދާޅުވެފައިވަނީ އޮންނަ އުސޫލުތަކާ ޚިލާފަށް، އޭރު ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި އަޙުމަދު އަރީފުވެސް، ފެބުރުވަރީ އެކެއްގެ އަމުރަށް ބާރު ލިބޭ ގޮތަށް ކަންތައްތަކެއް ކޮށްފައިވާކަމަށެވެ.

އެގޮތުން، އަރީފް ބޭނުންވާ ވަކި ބަޔަކު ހޮއްވަވާ، އެކި ތަންތަނުގައި ތިއްބެވި އެކި ފުލުހުން އެއްތަނަކަށް ގެނެސް، އޮޕަރޭޝަނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެކެއް ފެބުރުވަރީގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގައި ދައުވާ ކުރައްވަނީ އުއްތަމަ ފަނޑިޔާރު، ފަނޑިޔާރު އަލީ ހަމީދު، އެޑްމިނިސްޓްރޭޓާ ހަސަން ސައީދު، ކުރީގެ ރައީސް މައުމޫން އަބްދދުލް ޤައްޔޫމް، ފާރިސް މައުމޫން، އަބްދުﷲ ރިޔާޒު، އަބްދުﷲ ސިނާނު، އިލްޙާމް އަޙުމަދު، ކުރީގެ ސީޕީ އަޙުމަދު އަރީފު، ޔުމްނާ މައުމޫނުގެ ފިރިކަލުން ނަދީމް އަދި ވިލާ ޝިޕިންގެ އެމްޑީ އަދި ޤާސިމްގެ ދޮށީ ދަރިކަލުން ސިޔާދަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    ޕީޖީ ބިޝާމް ވަނީ ނަގޫ ފިތިފައެވެ.

  2. ރައްޔިތުން

    މީހާގެ ވިސްނުމާއި ބުއްދިވެސް ނަގައި އެމަށްޗަށް ޝަރިޢަތް ކުރާ ދުވަސްވަރެއް - އިސާހިތަކު ތިޔަ ނިޒާމުގައި ކަސްތަޅުއެޅުވިގެން ދިއުން ގާތް - ގާޒީންނާއި ވެރިންގެ ވިސްނުމާއި ފިކުރު އަދި ބަސްބުނުމާއި ފެނުން ހިގައި ބިގާވުން މިހުރިހާ ކަމަކަށް ހުއްޓުން އައިސް ގާވުން އައުމަކީވެސް ވެދާނެ ކަމެއް - ނުހައްޤުން އަނިޔާ ލިބޭމީހުން ދުޢާއަކީ ނުހަރު ކަށަވަރު އެއްޗެއްކަމާމެދު ބިރުވެތިވޭ

  3. ޢަބްދުލްޙަމީދު އަޙުމަދު

    ކަން އޮތް ގޮތަށް މީހަކު އެއްޗެއް ބުނިއްޔާ އެއީ ނަގޫފިތުނީތަ؟ އެމްޑީޕީ މީހުންގެ ނަގޫ އަންނީގެ ފަިދަށުގަ ފިތިފަ އޮތޭ ކިއްޔާ މާ ތާހިރެއްނު. ކަލޭމެން ބުނާ ކޮތަށް އަމުރެއް ނެރުނީމާ އެއްކަލަ ހުދު ޖަނގިޔާވެސް އޯކޭވެއްޖެ. އެވަރު ބަޔެއް ތީ. ބަލަގަ ރޭވި ހުރިހާ ބަޣާވާތެއް، ރައީސް ޔާމީންގެ ޙިކުމަތުޢަމަލީގެ ސަބަބުން ޗޮކުން ދުއްވައިލީމާ ދެން ކަޑަވާނެކަން ވެސް އެނގޭ. ހިތަށް އެރިދޯ މިފަހަރު އަންނި އައިސް ރިޔާސީ އިންތިޚާބަށް ކުރިމަތިލަިގެން ހޮވޭނޭ. ހަނދާން ނައްތާލާ! މާތް ﷲ އެ ބަލާވެރިކަމުން މި ޤައުމު އަބަދުގެ އަބަދަށް ސަލާމަތްކުރައްވާށި!

    • ޟަމީރަތު

      އާމީން

  4. ކޮލެޖް

    ރާއްޖެތެރެ މީހާއަށް ބުނެލަން އޮތީ ނަގޫފިތުނީ ބިސާމެއްނޫނޭ ފިތުނުއެއްޗެއް ފިތުނު މީހުން އެތިބީ ޖަލަށްގަޅާލާފައޭ

  5. ހައްވަ

    ސިފައިންނާއި ފުލުހުންގެ ބައިގަނޑެއް ގޮވައިގެން އާޒިމާ ގޮސް ޕީޖީގެ ފޯނު އަތުލައި ބިރު ދައްކާލުމުން މިހާރު ތިޔަ ހަދަނީ ބާތިލުގެ މައޗަށް ބާތިލު. ދޫނިދޫ ރިސޯޓުގެ ބީޗް ބަންގެލޯ އިން އެބަހަނާއަޅާ.

  6. ތައިމޫރު

    ބިޝާމާ ދައްތާ ހީލަބަލަ...އަޅެ ހީލަބަލާ...

  7. ޙަފްޞާ / މާލެ

    ޙާޤީޤީ ކޮރޮޕްޝަންއާ ޙަޤީޤީ ރިޝްވަތު ކިތާބީ ޤަރީނާއާ ކިތާބީ ހެއްކާއެކު ފަޅާއެރުވިމީހާ މިފަހަރު މިވީ ނަގޫފިތިފަހުރިކަމަށް! ހަދަހަދައިގެން ވަހަކަތަކެއް އުފައްދާ ހާމަކުރިމީހާ ވެފައިވަނީ އަމީރަކަށް! ދިވެހިންގެ ޙާލަތު!

  8. ހައިހޫނު

    އިންސާނުންގެވެސް ނަގޫ ހުރޭތަ؟ ހިނދުކޮޅު އައިސްގެން ކިޔޭ ނުކިޔޭ އެގޭތަ؟

  9. މޫސާބެއްޔާ

    ހާދަ ލޯބި ބޭފުޅެކޭ!

    • ބިޝާމް

      ވަރަށް ދޯ. ދެރައީ ބަލާލަން ފިރިހެނެއްކަން ނުވަތް އަންހެނެއްކަންވެސް ނޭންގޭތީ

  10. ބިޝާމް

    މި ސަރުކާރު ވެއްޓޭނެކަން ޔަގީން އަދި އަޅުގަނޑު ( ބިޝާމް ) ޖަލައްލާނަކަންވެސް ޔަގީން.

  11. ފަޑިޔާރު

    ޢަނެއް ތިންފަޑިޔާރުން އޯކޭ ގާމު އެމީހުންވެސް ސޮއިކޮށްފަ އޮތެންނު