މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނާއި ހަމައަށް އައިއިރު ވޯޓު ލާފައިވާ މީހުންގެ އަދަދު އެއްލައްކަ އާއި ގާތް ކޮށްފިއެވެ.

އެގޮތުން، އިލެކްޝަން ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މެންދުރު 12:37 ހަމައަށް އައިއިރު، 94197 މީހުން ވޯޓުލާފައިވާ ކަމަށެވެ.

މީގެ ތެރެއިން 50772 މީހުންނަކީ ފިރިހެނުންނެވެ. އަދި 43425 މީހުންނަކީ އަންހެނުންނެވެ. ވޯޓު ލުމުގެެ ހައްޤު 264442 މީހުންނަށް ލިބިފައިވާ އިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވޯޓު ލުމުގެ ކަންކަން ވަރަށް އަމާންކަމާއި އެކު ކުރިއަށްދާކަމަށް، ވޯޓުލާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންގެންދާ ފުލުހުން މައުލޫމާތު ދެއްވައެވެ.

މިއަދު ކުރިއަށްދާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 386 ކެނޑިޑޭޓުން ވާދަކުރައްވައެވެ.