މިއަދު ކުރިއަށްދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ނަމަވެސް މި މައްސަލަތަކާއި ގުޅޭ އިތުރު މަޢުލޫމާތު ދެވެން ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ބުނާ ދެ މައްސަލައަކާއި ގުޅިގެން ޖުމްލަ 4 މީހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގއ.ވިލިނގިލިން ހައްޔަރުކުރި މީހަކާއި، އައްޑޫ ސިޓީ ފޭދޫން ހައްޔަކު ކުރި ތިން މީހެކެވެ.

ވޯޓުލާ ސަހަރައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންގެންދާ ފުލުހުން މަޢޫލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވަރަށް އަމާންކަމާއި އެކު ވޯޓުލުން ކުރިއަށް އެބަ ދެއެވެ.

މިއަދުގެ އިންތިޚާބުގައި ޖުމްލަ 386 ކެންޑިޑޭޓުން ބައިވެރިވެއެވެ.