ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ކައިރީ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މާލެއާ 1412 ކިލޯ މީޓަރު ދުރުން، ފޯޅަވަހި ކައިރިއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެ ބިންހެލުން އައިސްފައި ވަނީ އިންޑިއާ ކަނޑުގެ 10 ކިލޯ މީޓަރު އަޑިން ރެކްޓާ މިންގަނޑުން 5.3 މެގްނެޓިއުޑް ބާރު މިނުގައެވެ.

ފޯޅަ ވައްސަކީ ރާއްޖޭގެ ދެކުނުގައި އޮންނަ އަތޮޅެކެވެ. އެ އަތޮޅުގެ ބޭނުން ކުރަމުން އަންނަނީ އެމެރިކާ ސިފައިންނެވެ. އެ އަތޮޅަކީ އެމެރިކާ ސިފައިންގެ ތަމްރީނުތަކަށް ބޭނުން ކުރާ އަތޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލިލީ

    ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ނޫން ދޯ

  2. މިލް

    މިރަށުގަ އޮވޭ ގައިމުން.