މިއަދު ކުރިއަށްދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މޮނިޓަރ ކުރުމަށް ރާއްޖެ އައި ބޭރުގެ އެކި ފަރާތްތަކަށް، ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

މިކަމާއި ގުޅިގެން ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އީޔޫ، ފިލިޕީންސް، ޖަޕާން، ލީބިޔާ ފަދަ ޤައުމުތަކުން އިންތިޚާބު މޮނިޓަރ ކުރުމަށް ރާއްޖޭ ވަޑައިގަންނަވާފައިވާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާކަމަށާއި، އިންތިޚާބު ވީހާވެސް ރަނގަޅަށް ކުރިއަށް ގެންގޮސްދެއްވުމަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ވޯޓު ލުމުގެ ކަންކަން މިވަގުތާއި ހަމައަށް އައިއިރު، ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ބުނާ ދެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ވޯޓުލުމުގެ ކަންކަން އަމާންކަމާއި އެކު ކުރިއަށްދާއިރު، މި އިންތިޚާބުގައި ޖުމްލަ 386 ކެނޑިޑޭޓުން ވާދަކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިސްވޭއޭ

    މިހާތަނަށް ވޯޓު ލީ މީހުންގެ އަދަދު އެއްލައްކަ އަށް އެރުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އަދި މަޖްލީސް އިންތިޚާބު ތަކުގަިއ ވޯޓްސް ތައް އޮޅުވާނުލާ އިލެކްޝަންސް ކަމިޝަން އިން 2008 އިން ފެށިގެން މިއަދާއި ހަމައަށް އެކަން ކުރި ނަމަ މާލެ އޭރިޔާގައި ނުހުންނާނެ ކުއްޔަށް އުޅޭނެ އެކަކު ވެސް އަދި ފުރަމާލޭގެ ބިންވެރިންގެ ދަރިން ނުކިޔަވާ ލޭޒިހޮލިކް ކަންމަތީ ތިބޭ ތިބުމަށް ވެސް ނިމުމެއް އައިސް އެމެން ވެސް މަސައްކަތް ކޮށްގެން ދިރިއުޅުން ބިނާ ކުރާނެއޭ ފަތް ބޮއިގެން ފަތް ވިއްކާ ނަހަދާނެއޭ...