މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ނުކުންނަ ނިސްބަތް ބޮޑުތަނުން މަދުވެއްޖެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 13:00ގައި މަޖިލީސް އިންތިހާބަށް ވޯޓުލުމަށް ނުކުތް މީހުންގެ ނިސްބަތަށް، މިއަދުގެ އެހެން ގަޑިތަކާ އަޅާ ބަލާ އިރު، ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ.
Sorry, it’s 1300hrs update https://t.co/fNfxfzCMv8
— Ahmed Shareef (@ShareefRangondi) April 6, 2019
އިލެކްޝަންއިން ދަނީ ކޮންމެ ގަޑިއަކު އެއްފަހަރު ވޯޓުލާ މަރުކަޒުތަކަށް ވޯޓުލާން ދިޔަ މީހުންގެ އަދަދުތައް އިނގޭ ގޮތަށް ސްޓޭޓަސްތައް އަންގަމުންނެވެ. އެންމެ ފަހުން ވޯޓިންގ ޕްރޮގްރެސް ލިސްޓުގައި ބުނެފައިވާގޮތުގައި، 13:00 ގައި ވޯޓުލާފައި ވަނީ އެއް ލައްކަ ސާޅީސް ހަ މީހުންނެވެ.
މިހާތަނަށް 62.17 ޕަސެންޓް މީހުން ވޯޓުލާފައެއް ނުވެއެވެ.
ބެލެވޭގޮތުގައި ގިނަ ބަޔަކު ވޯޓުލާން ނުގޮސްގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް އިލެކްޝަންއިން އެދެމުން ދަނީ ވީހާވެސް އަވަހާ ވޯޓުލާ ނިންމާލުމަށެވެ.
ބަލަމޮޔަޔާ. ހޫނުގަދަވެގެނެއްނޫން މިގަޑީގައި މީހުންމަދުވީ. އެއީ މެންދުރުނަމާދުވަގުތު. އެވަގުތު ދާމީހުންމަދުވާނެ. އީސީ މީހުން ނަމާދު ނުކުރިއަސް ނަމާދުކުރާމީހުންގިނަވާނެ.
ރިޔާސީ އިންތިހާބު ގާއި މީހުންނެރުނީ އޮޅުވާލާ ބޮލަށް ޗިޕްޖަހާއިގެން އަނިޔާއޭ ވައްކަމޭ ކިޔާގެން މަޖިލިސް އިންތިހާބުގެ އެއްދުވަސް ކުރިން އެގުނީ 1.8 ބިލިޔަނަށް ވީގޮތެއް ނޭގުނު ވާހަކަ ބަންދުކަޑާ ގުނާ 100 ދުވަހުގެ ތެރޭގަ އަރުވާލިވަރުމިއީ ﷲ އީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވޭ ياﷲ މިވެރިންގެ މަކަރުވެރި ރޭވުންތަކުން މިގައުމުގެ މުސްލިމް އަހުންނާއި އުހްތުން ސަލާމަތް ކުރަށްވާފާދޭވެ އާމީން
އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.
ވޯޓުން ވައްކަންކުރާ ބަޔަކަށް ވޯޓްލާކަށް ނެތީމެވެ...
ވޯޓުލާން ގިނަބަޔަކު ނުގޮސްގެން އުޅެނީ އީސީގެ އިޚްލާޞް ތެރިކަމެއް ނެތްކަން އިނގޭތީ. ކިތައްމެ ބަޔަކު ވޯޓު ލިޔަސް ނަތީޖާ ނެރޭނީ އީސީ ޝަރިއްޕެއަށް ރިލޯޑް ކުރާ މީހުން އެދޭގޮތަށް ކަން އިނގޭތީ.
ޥޯޓުލާންނުދަނީ ހޫނުގަދަވެގެންނެއްނޫން ސަބަބަކީ އިލެކުސަނުގައި ތިހުންނަ ސަރީފުގެ އިހުލާސް ތެރިކަންނެތީމަ ބުރަމަސައްކަތުން މަންމަ ދަރިންކޮޅު ނިންދަވާފަ އަދިބައްޕަ މަހައްނުގޮސް ހުރެފަ ވޯޓުލީމަ ސަރީފު މިހުރާކަމަކީ ރިލޯޑުކުރާމީހުންގެ އަވާގައި ޖެހި އެއަށްބަދަލު ގެނެސް ބޭނުންގޮތަކަށް ވޯޓު އަނބުރާލަނީ ދެންކިހިނެއް ވޯޓުލާހިތްވާނީ އެއަށްވުރެ މާރަނގަޅު ވޯޓުލާންނުދިއުން.
ނުފުއްބަބެލަ މަ ބޭނުންއިރަކު ވޯޓުލާން ދާނި
ވޯޓް ލާން ނުދަނީ ހޫނުގަދަވެގެން ނެއްނޫން.. ވޯޓް ލާން ނުދަނީ އިންސާފު ވެރި އިންތިހާބެއް ކަމުގައި ރައްޔިތުން ގަބޫލެއްނުކުރޭ.. ހަމަ ކަމާ އެކު ކެމްޕެއިން ކުރުމުގެ ފުރިސަތު ލިބިދީފައި ނުވޭ.. އިދކޮޅު ފަރާތްތަކު ގެ ބައްދަލުވުން ތަކައް ހުރަސް އަޅަފައިވަނީ .ވަޒީފާ ގެ ބިރު ދައްކާ ބަޔަކު ވަޒީފާއިން ވަކި ކޮއްފަ ވަނީ. މިހާރު އީސީ، ޕޮލިސް އަދި އެމްއެންޑީއެފް އަދި އެޗްއާރުސީއެމް ގަ އެތިބިބަ މީހުން ތިބެގެން ބާއްވާ އެއްވެސް އިންތިހާބެއް އިންސާފުވެރި ވެދާނެ ކަމައް ގަބޫލު ކުރުމަކީ އިންސާނާ ދުވަހަކުވެސް މަރުނުވާނެ ކަމައް ގަބޫލުކުރުން ފަދަ ކަމެއް
އީސީ ޝަރީފަށް ހަލާކުހުރި އާމީން