މިއަދު ކުރިޔަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވޯޓު ލައްވައިފުއެވެ.

ޝަރީފް މީގެ ގަޑިއެއްހާއިރު ކުރިން ވޯޓު ލެއްވުމަށްފަގހ އޭނާގެ ޓްވީޓާ މެދުވެރިކޮށް އިނގިލީގެ ނިޝާން ފެންނަ ފޮޓޯއެއް އާންމުކުރައްވާ އެކަން ހާމަކުރައްވާފައިވާއިރު، އޭނާ ވަނީ ވޯޓުލާން ވަޑައިނުގަންނަވާ ބޭފުޅުން އެންމެ ފަހުވަގުތާއި ހަމައަށް މަޑުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު ވޯޓު ލައިފިން، ތިބޭފުޅުން ވޯޓު ލައްވައިފިންތޯ، ނޫން ނަމަ އަވަސްކުރައްވާ، އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ،" ޝަރީފް ކުރެއްވި ޓްވީޓުގައި ވެއެވެ.

މިއަދު ހެނދުނު 8:00 އިން ފަށައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާއިރު، މީގެ ކުރިން ވޯޓުލުމުގެ ސުންގަނޑި ހަމަވާ ވަގުތަކަށް ކަނޑައަޅާފައި އޮތީ ހަވީރު 4:00 އެވެ. އެހެން ނަމަވެސް ދާދި ދެންމެއަކު އީސީން ވަނީ ޤައުމީ ލަފާދޭ ކޮމެޓީގެ ލަފާގެ މަތިން މިއަދު ހަވީރު 6:00 އާއި ހަމައަށް ވޯޓުގެ ގަޑި އިތުރުކޮށްފައެވެ.

މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރެވިފައިވާއިރު، މިއަދު މެންދުރާއި ހަމައަށް ލައްކައެއްހާ މީހުން ވޯޓުލާފައި ވެއެވެ. ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 60 އިންސައްތަ މީހުން މިއަދު މެންދުރުފަހު 1:30 އާއި ހަމައަށް ވޯޓުލާފައި ނުވާކަން ވަނީ އެނގިފައެވެ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން ތިބިއިރު އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ

އެހެން އިންތިޚާބުތަކާއި ޚިލާފަށް މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ކުރިޔަސް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    ޝަރީފު ކޮބާތޯ ވޯޓުވަގު!؟

  2. ޓެކުސީ

    މަކަރުވެރި އިނގިލި މިއިނގިލީގެ ނިޝާނަކީ ކަރަޕުސަންނުގެ ލާމަސީލު ނަމޫނާއެއް މިއިނގިލިން އެތައްމިލިއަންރުފިޔާއެއް ވަނީ ހޯދާފަ ސަރީފުގެ އެއިނގިލި.

  3. ގަބުރޭ

    ތި އިގިލިން ފެންނަނީ ދެއްކުން ތެރިކަމާއި ކިބުރުވެރިކަމެވެ. ބަޔަކަށް މަގުދައްކާނަމަ ކަމެއް ފެށޭ ވަގުތު އެކަމެއް ކޮއް އެއީ ނަމޫ ނާ ކަމުގާއި ބެލެވި ދާނެއެވެ. ނަމަވެސް ނިމޭވަގުތު ކުޑަތަންވުމުން އިގިލީގަ ކުލައުގުޅާފަ ހުރިހާބޭފުޅުން އެންްމެ ފަހުވަގުތައް މަޑުނުކުރަށްވަން ބުނުމުން އެވަނީ ޖޯކަކަށް ދެއްތޯ އެންމެ އިސްމީހާ ނަމޫނާދައްކަން ބޭނުންނަމަ ފުރަތަމަ އެކަންކުރުމަށްފަހު އެހެން މީހުން ނަށް ނަސޭހަތްތެރިވުން ބުއްދިވެރި ގޮތަކީ